ޖެކްލިން އާއި ސަލްމާން އެންމެ މުހިންމު ރޯލް އަދާކޮށްދޭ "ރޭސް 3" ގެ ލޯބީގެ މަންޒަރުތަކާއި އެހެނިހެން މަންޒަރުތަށް ތައިލެންޑްގެ ރީތިކަން ދައްކުވައިދޭ ފްލޯޓިންގ މާކެޓް ފަދަ ތަންތަކުގައި މިހާރު ނަގާ ނިމިއްޖެއެވެ.

މި ފިލްމްގެ ކުރިއަށް ދެން އޮތީ ފިލްމްގެ އެންމެ އުނދަގޫ އަދި އެންމެ ކަމުދާނެ މަންޒަރުތަށް ނެގުމެއެވެ. މި އެކްޝަން މަންޒަރުތަށް ނެގުމަށްޓަކައި މުޅި ފިލްމް ކުރޫ 10 ދުވަސް ވަންދެން ހޭދަކުރާނީ ތައިލެންޑްގެ ޖަންގަލީ ތަކުގެ ތެރޭގައެވެ. ޖަންގަލީތަކު ތެރޭގައި އޮންނާނީ ފިލްމްގެ ވިލަން ޖެކްލިން އާއި ސަމްލާން ހޯދަން ފަހާ ދުވާ މަންޒަރުތަކެވެ.

މިކަހަލަ ރޯލަކީ އަދި ޖެކްލިން އަށް މުޅިން އާ ރޯލްތަކެއް ކަމުން މީގެ 4 މަސްކުރިން އޭނާ ވަނީ ހާއްސަ ތަމްރީން ތަކެއް ހަދާފައެވެ. އަދި މި ފިލްމަށް ސޮއި ކުރި ހިސާބުން ޕާސަނަލް ޖިމް އިންސްޓްރަކްޓަރަކާއި އެކީގައި ގިނަ ވޯކްއައުޓްތަކެއް ވެސް ވަނީ ހަދާފައެވެ. ޖެކްލިން ވަނީ މި ފިލްމަށްޓަކައި ބޮކްސިންގ، ކިކް ބޮކްސިންގ އަދި ތައި ބޮކޮސިންގ ވެސް ދަސްކޮށްފައެވެ. އަދި މާސަލް އާޓްސްގެ އެތަށް ސެސަނެއް އޭނާވަނީ ނަގާފައެވެ.

ސަލްމާން ޚާންއަކީ ތަޖުރިބާކާރު އެކްޓަރެކެއެވެ. އަދި މި ފިލްމްގައި އޭނާ ދަނީ ޖެކްލިން އަށް ވަރަށް ބޮޑަށް އެހީތެރިވަމުންނެވެ، މި މަންޒަރުތަށް ނެގުމަށް ހަމަޖެހިފައިވަނީ ތައިލެންޑްގެ ވާޖިން ޖަންގަލީ ސަރަހައްދުގައެވެ. މި ފިލްމަށް މި ދެތަރިންވެސް ވަރަށް ބޮޑު އުންމީދުތަކެއް ކުރެއެވެ.

މި ފިލްމް ޑައިރެކްޓް ކުރަނީ ރިމޯ ޑީ ސޮއުޒާ އެވެ. އަދި ޕްރޮޑިއުސް ކޮށްފައިވަނީ ޓިޕްސް ފިލްމާއި ސަލްމާން ޚާން ފިލްމްސް އާއި ގުޅިގެންނެވެ. މި ފިލްމަކީ ރޭސް ސީރީޒްގެ 3 ވަނަ ފިލްމެވެ.