ބަރުދަން ލުއި ކުރުމަށް އެތައް މަސައްކަތެއް ކުރާ މީހުން އެބަތިއްބެވެ. ހާއްސަ ޑައިޓެއް ބޭނުން ކުރުމާއި، މޫދަށް ދިޔުމާއި، ދުވުމާއި ކަސްރަތު ކުރުމަކީވެސް ބައެެއް މީހުން ކުރާ ކަމެކެެވެ.

އެހެން ނަމަވެސް މިހާ ފަސޭހަކަމެއް ކޮށްގެން ބަރުދަން ލުއިކޮށްލެވިދާނެކަން މީގެ ކުރިން ނޭގެއެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ގިނައިން ކޮޅަށް ހުރެގެން ބަރުދަން ލުއިކޮށްލެވިދާނެއެވެ.

އެ ހޯދުންތަކުން ދައްކާގޮތުގައި، ހަގަޑިއިރު ވަންދެން ކޮޅަށް ކޮންމެ ދުވަހަކު ހުންނަނަމަ ބަރުދަން ވަރަށް ބޮޑަށް ލުއިވެ، ބަރުދަން އިތުރުވުން ދުރުކޮށްދެއެވެ.

އެމެރިކާގެ މޭޔޯ ކްލިނިކްގައި މަސައްކަތް ކުރަމުންދާ ޕްރޮފެސަރެއް ކަމަށްވާ ފްރެންސިސްކޯ ލޮޕޭޒް ޖިމްނޭޒް ހާމަކުރި ގޮތުގައި، ކޮޅަށް ގިނަ ވަގުތު ހުރުމުން ހަމައެކަނި ވިރެނީ ހަށިގަނޑުގައި ހުންނަ ސަރުބީ އެކަންޏެއް ނޫނެވެ. ބަރުދަން އިތުރުވުމުން ކުރިމަތިވާ އިތުރު މައްސަލަތައް ކަމަށްވާ ހިތުގެ ހިނގުން ލަސްވުމާއި، ސްޓްރޯކް ޖެހުމާއި، ޑައިބެޓީސް ފަދަ މައްސަލަތަކާއި ދުރުވެއެވެ.

މިގޮތަށް ކޮޅަށް ހުރެގެން ބަރުދަން ލުއި ކުރެވިދާނެކަމަށް ބައެއް ޕްރޮފެސަރުން ހާމަކުރާއިރު، އެއަށްވުރެ ފައިދާކަން ބޮޑި ހުރިތަނުގައި ކޮޅަށް ހުރުމުގެ ބަދަލުގައި ކުޑަކޮށްނަމަވެސް ހިނގާލުަކީވެސް ފައިދާ ކުރާނެ ކަމެކެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރިން ހެދިފައި ހުރި ދިރާސާތަކުގައި ހާމަކޮށްފައިވާ ގޮތުގައި، މާގިނައިން އިށީންދެ އިނުމަކީ ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ. އަދި މީހާ ބަނޑެއް ލައި ފަލަވާންެވެސް ދިމާވާ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު