އިންޑިއަން އައިޑޮލް 10 ވަނަ ސީޒަން އިން ފެށިގެން ދިޔަ ރެނޫ ނަގަރްގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލްފައި ފަރުވާދެމުން އެބަ ދެއެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ހާލު ގޯސްވީ އޭނާގެ ލޯބިވެރިޔާ ރަވީ އަމިއްލަ އަށް މަރުވި ހަބަރު ލިބިގެންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ޖޫން މަސް ތެރޭގައި އޭނާ ވަނީ ރަޖަސްތާނުގައި އޭނާ ދިރިއުމުންދާ ގެއިން ފިލައިގެން ގޮސް ލޯބިވެރިޔާ އެކު ދިރިއުޅެމުން ފަށާފައެވެ.

ރެނޫގެ ބައްޕަ މީގެ ކުރިން ވަނީ ރަވީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. އެއީ އޭނާގެ ދަރިފުޅު ކޮންޓްރޯލްކޮށްގެން ގެންގުޅޭ ކަމަށް ބުނެއެެވެ.

އަދި މީގެ ދުވަސްކޮޅެއް ކުރިން ދެ މީހުން އެނބުރި އެ މީހުންގެ ގެއަށް ގޮސްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެެވެ. އަދި އެ މައްސަލާގައި ދެ މީހުންގެ ބަޔާންވެސް ނަގާފައި ވެއެވެ.

https://www.instagram.com/p/B8Xv7HXn4FT/?utm_source=ig_embed

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި، ރަވީ އަމިއްލައަށް މަރުވެފައި ވަނީ މިިދިޔަ ބުދަ ދުވަހު ޒަހަރު ބޮއެގެންނެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންވެސް ފެށިއެވެ. އެހެން ނަމަވެސް އޭނާ ވަނީ މަރުވެފައެވެ.

އެ ހަބަރު ރެނޫއަށް ލިބުމުން، އޭނާއަށް ޝޮކެއް ޖެހުނެވެ. އަދި އޭނާ ފެއިންޓް ވިއެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަވީ އަކީ މީހަކާއި އިނދެގެން ދެ ކުދިންވެސް އޮންނަ މީހެއް ކަމަށް ވެއެވެ.