މިދިޔަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު، ޕާކިސްތާނުގެ ކަސޫރު ސިޓީ އިން ރަހުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަންސާރީ މަރާލީ އެވަގުތު ޖިންނި އަވަލާފައި ހުރުމުން ކަމަށް އޭނާގެ ގާތިލް، އިމްރާން އަލީ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ އިމްރާން މިގޮތަށް ބުނެފައިވަނީ، އެ މައްސަލައިގައި ދެވަނަ ފަހަރަށް އޭނާ ހައްޔަރުކޮށް، އޭނާ އާއި ދެކޮޅަށް ހެކި ހޯދައި މައްސަލައިގެ ތަހުޤީޤަށް ސުވާލުކުރުމުންނެވެ. އެގޮތުން އޭނާ ކުރިންވެސް ހުންނަނީ ޖިންނި އަވަލާފައި ކަމަށާއި، އެކަމުގެ ސަބަބުން ކުޑަކުދިން ރޭޕްކޮށް މަރާލުމަށް އާދަވެފައިވާއިރު، އެއީ އޭނާ ގަސްތުގައި ކުރާކަމެއް ނޫން ކަމަށް އިމްރާން ބުނެފައި ވެއެވެ.

ޒައިނަބްގެ ގާތިލް އިމްރާން

ޒައިނަބުގެ ހަށިގަނޑު ފެނުނީ، ކަސޫރު ސިޓީގެ ކޮޓް ރޯޑުގައި ހުރި ކުނިގޮނޑެއްގެ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނުއިރު އެކި ވަރުގެ އަނިޔާ ދީފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ އެކި ތަންތަނުން ފެންނާން ހުއްޓެވެ.

ޒައިނަބު ރޭޕްގެ ޝިކާރައަކަށް ހަދައި މަރާލީ، އޭނާ ޤުރުއާން ކްލާސް ނިންމާފައި ގެއަށްދިޔަ މަގުމަތީގައި ރަހީނުކޮށްގެންނެވެ. އެމަންޒަރު ފެންނަ ވީޑިއޯއެއް މީގެ ކުރިން ޢާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކާއިއެކު ހިނގާފައި އޭނާ ދާ މަންޒަރެވެ. އިމްރާން ފަހުން ބުނެފައިވާގޮތުގައި، ޒައިނަބު އޮޅުވާލީ، އުމްރާވުމަށް މައްކާއަށް ގޮސްތިބި އޭނާގެ މައިންބަފައިންގެ ގާތަށް ގެންގޮސްދޭނެ ކަމަށް ބުނެއެވެ. މައިންބަފައިން ނުފެންނަތާ ގިނަ ދުވަސްވެފައި ވުމުން އެމީހުނާއި ބައްދަލުކުރަންދާން ދިއުމަށް ޒައިނަބު ހުރީ ވަރަށް ބޭނުންވެފައެވެ. އެހެންކަމުން ފަސްޖެހުމެއް ނެތި ގާތިލާއި އެކު ޒައިނަބު ދިޔައީއެވެ.

ޒައިނަބް ގޮވައިގެން އިމްރާން ހިނގާފައިދާ މަންަޒރު ފެނެނަ ވީޑިއޯއިން ނަގާފައިވާ މަންޒަރެއް

ޒައިނަބު ރަހީނުކޮށްގެން ދިޔަ މަގުމަތީގައި ވެސް އޭނާ ރޭޕްކޮށްލުމަށް ވިސްނައިގެން ހުރި ކަމަށާއި، އެގޮތުން އެ ޢަމަލު ހިންގުމަށް ރަނގަޅު ފުރުސަތެއް ކުރިންވެސް ހޯދަމުން ދިޔަ ކަމަށް އިމްރާން ބުނެފައި ވެއެވެ. ޒައިނަބު ރަހީނުކޮށްގެން ދިޔަ މަގުމަތީގައި އެންމެ ފުރަތަމަ މިސްރާބު ޖެހީ، ޒައިނަބުގެ ގެއާއި އެއް ކިލޯމީޓަރު ދުރުގައި ހުރި ކުނިގޮނޑެއްގެ ތެރޭގައި އޭނާ ރޭޕްކޮށްލުމަށް ކަމަށް އިމްރާން ބުނެފައި ވެއެވެ. ނަމަވެސް އެ ސަރަޙައްދުގައި ބަޔަކު ތިބުމުން ކައިރީގައި ހުރި ހަދަމުންދިޔަ އިމާރާތަކަށް ވެއްދުމަށްފަހު އެ ތުއްތު ކުއްޖާ ރޭޕްކޮށްލީ ކަމަށް އިމްރާން އެއްބަސް ވެއެވެ.

އިމްރާން ބުނެފައިވާގޮތުގައި، އޭނާ ވަނީ ތިން ގަޑިއިރުވަންދެން ޒައިނަބު ރޭޕްކޮށް އޭނާއަށް ތަޙައްމަލް ނުކުރެވޭނޭފަދަ އެތައް އަނިޔާއެއް ދީފައެވެ. އަދި ޒައިނަބުގެ އާއިލާއަކީ އޭނާގެ އަވައްޓެރިން ކަމުގައި ވުމާއި އެކު، ގެއަށްދާން ދޫކޮށްލައިފި ނަމަ ފަހުން ބޭޒާރު ވެދާނެ ކަމަށްޓަކައި، ކަރުގައި ހިފައި ހާސްކޮށްލައިގެން މަރާލީ ކަމަށް ރަހުމުކުޑަ އިމްރާން އިއުތިރާފުވިއެވެ.

ޒައިނަބު އޭނާގެ ބައްޕަ އާއި އެކު

ޒައިނަބުގެ ހަށިގަނޑު ފެނުމަށްފަހު ކުރިއަށްގެންދިޔަ ޓެސްޓްތަކުން އެނގުނު ގޮތުގައި، އޭނާގެ ކަރުގެ ކަށިތަކުގައި ވެސް ވަނީ ރެސްލާފައެވެ. އަދި އޭނާ މަރާލާފައި ވަނީ ވަރަށް އިހާނެތި ގޮތަކަށް، ގިނަ ވޭންތަކެއް ތަޙައްމަލް ކުރަން ޖެއްސުމަށްފަހުކަން ހާމަވާ އެނޫންވެސް ހެކިތައް ހަށިގަނޑުގެ އެކި ތަންތަނުން ފެނިފައި ވެއެވެ.

ޒައިނަބު މަރާލުމަށްފަހު އެއްލާލާފައި

މުޅި ދުނިޔެ ސިއްސުވާލި މި ހާދިސާއަށްފަހު މިއަދު އިމްރާން ވަނީ އިންސާފުގެ ކުރިމައްޗަށް ގެނެވިފައެވެ. މިހާރު އޭނާއަށް މި މައްސަލައިގައި މަރުގެ ޙުކުމް އިއްވާފައިވާއިރު، އެ ޙުކުމް އިއްވާފައި ވަނީ މީހަކު ވަގަށް ނެގުމާއި، ރޭޕް ކުރުމާއި، ގަސްދުގައި މީހަކު މަރާލުން އަދި ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތު ވެގެންނެވެ.

ޒައިނަބަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއް

ޕާކިސްތާނުގައި ފަހަކަށް އައިސް ރޭޕް ކުރުން ޢާންމުވެފައި ވާއިރު، ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެތައް ހާދިސާއަކާއި އިމްރާނާއި ގުޅުމެއްވާކަމަށް މީގެ ކުރިން ބެލެވުނުއިރު، އޭނާ ވަނީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހަތް ކުއްޖަކު ރޭޕްކޮށް މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮރުޖިންނި

    އެއޯކޭ އިއްމަ. ކަލޭ މަރާ ޖައްލާދުވެސް ހުންނާނީ ޖިންނިއަވަލާފަކަން ހަމަ މަށަށް ޔަގީން. އެއީ ޖައްލާދުގެ ކުށެއްނޫން. ކުރިންވެސް ޖައްލާދު އަވަލައިގެން ހަމަ ކަލޭކަހަލަ ކަންބަޅި މަރާފަހުންނާނީ

  2. ނަޝީތު

    އެއީ ގާޒީގެ ކުށެއްނޫން ހުކުމް އިއްވީ.. އެއީ މީހުން އަވަލީމާ.. ސޮރީ

  3. އަޒޫ

    ކުޑަކުދިން ރޭޕްކުރުމަށް ޖިންނި އަވަލާފައި ހުރި މީހެއްތާ ތިއީ........

  4. ޢާއިޝާ

    ހަހަ.....އަދިކިރިޔާތަ ތިއެނގުނީ ޖިންނިއެއް އަވަލާފަ ހުރިކަން؟؟؟؟ތިދައްކަނީ ހިނިއަންނަ ޒާތުގެ ވާހަކަ...!!!ހަތްކުދިން ރޭޕްކޮށް މަރާލީވެސް ތިބުނާޖިންނިއެއް އަވަލާފަ ހުރެގެންދޯ...!!ބޯހަލާކު....

  5. ޒައިނަބުގެ ބޭބެއެއް

    ބަލަ ކަލޭއަށް ޖިންނި އަވަލާފަ ހުއްޓަސް ޒައިނަބު ޤުރްޢާން ކިޔަވައިގެން ހުރި ވަޤުތު އަތްވެސް ނުލެވުނީސް ޖިންނި ކަލޭ ގައިތެރެ ވާނަމަ! ދެން ކޮން އުޒުރެއް ދައްކާކަށް! ޒައިނަބްގެ ހައްޤުގައި މަރާ! މަރަށް މަރު!

    • މީނަ

      އެނަ އަނައަށް ނޭނގޭނެ ދިވެހިން ލިއުނަސް

      • މުހައްމަދު

        އޭނަ އަށް ނޭނގުނަސް ދެން ތިބި ދިވެހިންނަށް އެނގޭނެ ނުން

  6. ނުރަބޯ

    ހޫނ އެހެންވެގެންދޯ ކަލޭ ޖެހިގެން އައިދުވަހު ތުނބުޅިބާލައިގެން ސިފަބަދަލު ކުރަން އުޅުނީ......؟؟؟

  7. ޖިންނި

    ޖިންނި މޮޔަވެފަ ހުންނައިރު ކުރެވޭކަންތައް ތިމާއަށް އެނގޭނެތަ؟

  8. އަހުމަދު

    ތިކަހަލަ ކާފަރު ޖިންނި އަވަލާފަ ތިބޭމީހުން ރަނގަޅުވާނީ އަވަހައް މެރިއްޔާ.....
    ދަންޖެއްސުމައް ވުރެ ރަނގަޅުވާނީ ކުދި އަނިޔާދީ މެރިށްޔާ ކަންނޭންގެ....

  9. ޖިންނި

    ދެން އެބުނާ ޖިންނިވެސް ހައްޔަރު ކުރަން ފެނޭ. އިބިލީސް ދައްކާ ވާހަކަ...