ދިޕިކާ ޕަދުކޯން އެންމެ ފަހުން ފެނިގެން ދިޔަ ފިލްމް ޕަދްމަވާތްއިން ލިބުނު ކާމިޔާބަށްފަހު ދުނިޔޭގެ މަޝްހޫރު ތަރިންގެ ލިސްޓުގެ ތިން ވަނައަށް ޖެހިލައިފިއެވެ.

އެންމެންގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ ބަތަލާ އަދި ހޮލީވުޑްގެ އަރަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާގެ ވައްޓާލުމަށްފަހު ދިޕިކާ އެ ލިސްޓުގެ ތިން އަށް ޖެހިލިއިރު، މިހާރު ޕްރިޔަންކާ އޮތީ އެ ލިސްޓުގެ އަށް ވަނާގައެވެ. މިދިޔަ ހަފްތާގައި ޕްރިޔަންކާ އޮތީ އެ ލިސްޓުގެ ފަސް ވަނާގައެވެ. އަދި ދިޕިކާ އޮތީ އަށް ވަނާގައެވެ.

މިހާރުވެސް އެ ލިސްޓުގެ އެއްވަނާގައި އޮތީ ޑްވޭން ޖޯންސަން ''ދަ ރޮކް'' އެވެ. ޑްވޭން އެ ލެވެލްގައި ހިފަހައްޓާފައި އޮންނަތާ ހަތް ހަފްތާ ވެއްޖެކަމަށް ނޫސްތައް ބުނެއެވެ.

ދިޕިކާ އެ ލިސްޓުގެ ގަދަ ތިން ވަނައިގައި ހިމެނޭއިރު، އަންނަ ހަފްތާ ނިމޭއިރު، ދިޕިކާގެ ލެވެލް ބަލާލަމާ ހިނގާށެވެ.