ބޮޑު މަކުނެއް ދޫންޏެއް ކާލާ ބިރުވެރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި ވީޑިއޯ މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ފަރާތުން ބުނެފައިވަނީ ދޫނި ކާލާފައިވަނީ "ގޮލިއަތް ބާޑް އީޓާ" އެއް ކަމަށެވެ. އެގޮތަށް ވެއްޖެނަމަ އެ މަކުނު ވާނީ ދުނިޔޭގެ އެންމެ ބޮޑު މަކުނަށެވެ. އެހެން ނަމަވެސް ލިބްނިޒްގައި ހުންނަ ނަޗުރަލް ހިސްޓޮރީ މިއުޒިއަމްގެ ޖޭސަން ޑަންލަޕް ބުނެފައިވަނީ އެ މަކުނަކީ އެއީ "ޕިންކް ޓޯ ޓެރަންޓޫލާ" އެއް ކަމަށެވެ.

ވީޑިއޯ ފެނުމާއި އެކު ގިނަ ބަޔަކު ވަނީ އެއީ ބިރުވެރި މަންޒަރެއް ކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއީ ގަބޫލު ކުރަން ދަތި މަންޒަރެއް ކަމަށް ބުނެފައެވެ.

"މި ވީޑީއޯ އަސްލެއް ކަމަކަށް ނުބެލެވޭ. މިއީ އަސްލެއް ކަމަށް ވެއްޖެއްޔާ ދެން ދުވަހަކަުވެސް ބޭރަށް ނުދާނަން" ވީޑީއޯ ބަލާފައި އާންމުންގެ މީހަކު ބުންޏެވެ.

https://twitter.com/Darksidevid/status/1300823913207795712

މި ވީޑީއޯ 3.6 ލައްކައަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، މިހާރު ދުނިޔޭގެ ބޮޑެތި ވެބްސައިޓްތަކުގައި މި ވީޑިއޯ ވަނީ ދައުރުވާން ފަށާފައެވެ.

މިވީޑީއޯ އާއި ގުޅިގެން ޖޭސަން ބުނެފައިވަނީ ޓެރަންޓޫލާ އަކީ އާންމު ގޮތެއްގައި ދޫނި ކައި އުޅޭ އެއްޗެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަމަކާއި ދުވަހަކުވެސް ދެކޮޅެއް ނަހަދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓެރަންޓޫލާ އަކީ ދެކުނު އެމެރިކާގެ ސަރަހައްދުގެ ގަސްތަކުގައި ވަރަށް ގިނައިން ދިރިއުޅެމުން އަންނަ މަކުނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަބޫ

    އޫ އޫ!!!!!