އިންޑިއާގެ ނިއުދިއްލީގައި ދެމަފިރިއަކު، ފަގީރު ކުދިންނަށް ކިޔަވައިދޭން ފަށަފައި މި ވަނީ މަގުމަތީގައެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިދިން ފަހުން، އެ ކުދިންނަށް ކްލާސްތައް ނެގުމުގެ ކަންކަން މަގުމަތީގައި ކުރިއަށް ދަނީ ގައިޑްލައިންތަކަށްވެސް ފޮލޯ ކުރަމުންނެވެ.

އެގޮތުން އެ ކުދިން ކްލާސްތަކަށް ހާޒިރުވާން ޖެހެނީ މާސްކް އަޅައިގެންނެވެ.

އުމުރުން ހަތަރު އަހަރާއި 14 އަހަރުގެ މި ކުދިން ކޮންމެ ދުވަހަކުވެސް އެ މީހުން ދިރިއުޅެމުންދާ ކޯރު ސަރަހައްދުން ދިގު ދަތުރެއްކޮށްފައި ފޮތާއި އެއްޗެހި ހިފައިގެން ކިޔަވަން ދެއެވެ. މި ކުދިންގެ ކްލާސް ރޫމަކީ މަގުމަތީގެ އެއް ފަރާތުގައި ހިޔާވެފައި އޮންނަ ދިމާލެވެ.

އެތަނުގައި މި ކުދިންނަށް ހިލޭ ކިޔަވައިދެމުން ދަނީ ހިސާބު، ސައިންސް، އިނގިރޭސި އަދި ފިޒިކަލް އެޑިއުކޭޝަން އެވެ. އެ ކުދިންނަށް ކިޔަވައިދިނުމުގައި ހަރަކާތްތެރިވަނީ ކުރީގެ އިންޑިއަން ޑިޕްލޮމެޓް އަކާއި، އޭނާގެ އަންހެނުންނެވެ.

މިކަން ފެށިގެން ދިޔައީ ވީނާ ގުޕްތާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ މެއިޑް ސްކޫލްތައް ބަންދު ކުރުމުން، ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އޭނާއާ ވާހަަކަދެއްކުމުންނެވެ. އެގޮތުން އެކުދިންގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމާއި، ގޭގައި އެއްވެސް ކަމެއް ނެތިފައި ތިބުމުން ދިމާވާ މައްސަލަތަކައި ގުޅޭގޮތުން ވާހަކަދައްކަން ފެށުމުންނެވެ. \

އެ ވާހަކަތައް އިވިފައި ވީނާ އާއި އޭނާގެ ފިރިމީހާ ފިރެންދްރާ މަގުމަތީގައި އެ ކުދިންނަށް ކިޔަވާ ދިނުމުގެ ކަންކަން ފެށީއެވެ. އެ މީހުން އެ މަސައްކަތް ސްކޫލްތައް ހުޅުވަންދެން ކުރިއަށްދާނެއެވެ.

ވީނާ ވަނީ އެ ކުދިންނަށް ކެޔެވުމަށް ބޭނުންވާ ސާމާނުއެއްޗެހި ގަނެދީފައެވެ.

"މި ކުދިންނަކީ ނެޓް ލިބޭނެ ކުދިންނެއް ނޫން، އެހެންވެ، ސްކޫލްތައް ބަންދު ކުރުމުން މި ކުދިންނަށް އޮންލައިން ކްލާސްތަކުގައި ބައިވެރި ނުވެވޭ. އެހެންކަމުން ސްކޫލްތައް ބަންދު ކުރުން މިއީ އެ ކުދިންގެ ކިޔެވުމަށް އެޅޭނެ ބޮޑު ހުރަހެއް". ވީނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާލާ

    އުގެނުމައް ވަކިތަނެއް ނެތެވެ.

    6
    3
  2. Anonymous

    މައުމޫނު އާ ޔާމީން ސަޅީ އެހެންވީމަ ގްރޭޑް7 ގެ ދަށަކު ލިޔަން ކިޔަން ނޭގޭ ކުއްޖަކު ރާއްޖެއަކު ނުހުންނާނެ ގެރި މޯދީ ގެރީގެ ކުޑަކަމުދާ ތަކެތި ބޯ ދިނުން ފިޔަވާ އޭނަގެ ރައްޔިތުންނަށް ކަމެއް ކޮށެއް ނުދެޔޭ ރާއްޖެއަށް އެހީވާން ނޫޅެ ތިމާ މީހާގެ ރައްޔިތުން ބަލަހަށްޓަާ . ރާއްޖޭގައި ކިތައްމެ މައުމޫނެއް ކިތައްމެ ޔާމީން އެއް ކިތަންމެ ބޮޑުތަކުރެއް ނޫކަށި ޒުވާނުންގެ ތެރޭގައުޅޭނެ ދިވެހިން ހޭލާ