ހަންގަނޑު ރަތްވުމަކީވެސް ކޮވިޑް-19 ގެ އަލާމާތަކަށް ވެދާނެ ކަމަށް ދިރާސާވެރިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން، ގިނަ އަދަދެއްގެ ވޮލެންޓިއަރުން ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމަވެފައިވާ ގޮތުން، މި ބަލި ޖެހުމުން ފެންނަ އާންމު އެހެން އަލާމާތްތަކެކޭ ވެސް އެއްފަދައިން ގިނަ ބަޔަކަށް ހަންގަނޑު ރަށްވުމުގެ މައްސަލަ އާއި ދިމާވެއެވެ.

ތިންލައްކައަށްވުރެ ގިނަ މީހުން ބައިވެރިކޮށްފައިވާ މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ 8.8 އިންސައްތަ މީހުންނަށް ހަންގަނޑު ރަށްވުމުގެ މައްސަލަތައް ދިމާވެފައި ވެއެވެ. އަދި މި މައްސަލަ ދިމާ ނުވަނީ ދިރާސާގެ ބައިވެރިންގެ ތެރެއިން 5.4 އިންސައްތަ މީހުންނަށެވެ.

ހަމަ އެހެންމެ މި ދިރާސާގެ ބައިވެރިންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަށް ފެނުނު ފުރަތަމަ އަލާމާތަކީ ހަންގަނޑު ރަތްވުމެވެ. އަދި 21 އިންސައްތަ މީހުންނަށް ކޮވިޑްގެ އެހެން އަލާމާތްތައް ފެނުނު ފަހުން ހަންގަނޑު ރަތްވުމުގެ މައްސަލަ އާއި ދިމާވެފައިވާކަން ދިރާސާއިން ހާމަވެފައި ވެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ކޮވިޑް-19 ޖެހުމުން ހަންގަނޑު ރަތްވުމުގެ އަލާމާތްތައް ފެންނަ މީހުންނަށް، ކުއްލިއަކަށް ހަންގަނޑުގެ އެކި ތަންތަން ރަތްވުމާއެކު އުފުލިފައި ހުރުން ނުވަތަ ހިރުވުމާއެކު ހަންގަނޑު ރަތްވާން ދިމާވެދާނެ ކަމަށެވެ.

ކޮވިޑް-19 ގެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަރުގައި ރިއްސުމާއެކު ކެއްސުމާއި، ގަދަޔަށް ހުން އައުމާއި ވަސްދުވުމާއި ރަހަލުން ގެއްލުންފަދަ އަލާމާތްތަކެވެ. ނަމަވެސް ކޮވިޑް-19 ޖެހޭ އެންމެންނަށް މި ހުރިހާ އަލާމާތްތައް ނުފެނިވެސް ހިނގައިދާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.

"ބައެއް ހާލަތްތަކުގައި ކޮވިޑް ޖެހުމުން އެންމެ އަލާމާތެއް ވެސް ފެނިދާނެ. އެގޮތުން ހަންގަނޑު ރަށްވުމަކީ ވެސް މިގޮތުން ފެންނަ ހަމަ އެކަނި އަލާމާތަކަށް ވުމަކީ ވެދާނެ ކަމެއް. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވަގުތުން ކޮވިޑަށް ޓެސްޓުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުޙިންމު،" ދިރާސާގެ އިސް ތަޖުރިބާރަކު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު