ހިންދީ ޑްރާމާތަކުން މަޝްހޫރުވެގެން އައި ތަރި މޯނީ ރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެެެއެވެ.

މޯނީ އަންނަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ދުވަސްތައް ދައްކުވައިދޭ ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ހިއްސާކުރަމުންނެެވެ. މޯނީ މިއަދު ހެނދުނު ވެސް ވަނީ އޭނާގެ އިންސްޓަގްރާމުގައި ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.

https://www.instagram.com/p/CFj9FopJiLM/?utm_source=ig_embed

މޯނީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާ ރާއްޖެ އަތުވެފައި ވަނީ، މީގެ ދެދުވަސް ކުރިންނެވެ.

މޯނީ ވަނީ އިންޑިއާގެ ބައެއް ޑްރާމާތަކުގައި ލީޑްރޯލް ކުޅެފައެވެ. އޭނާ އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ "ނާގިން 2"ގެ ލީޑްރޯލުން ފެނިފައިވާ ތަރިއެވެ.

މިހާރު މޯނީ އަންނަނީ ބައެއް ފިލްމުތަކުގައިވެސް ހަރަކާތްތެރުވަމުންނެވެ.

ނާގިނަ ޝޯއިން އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ އެވެ. އަދި މޯނީ ވަނީ ނާގިންގެ ދެެ ސީޒަނެއްގައި މަސައްކަތް ކޮށްފައެވެ.

މޯނީ ބޮލީވުޑަށް ނުކުމެފައި ވަނީ ޑްރާމާތަކުގައި މަސައްކަތްކުރާތާ އެތައް ދުވަހަކަށްފަހު ބޮލީވުޑުގެ މަޝްހޫރު ތަރި އަކްޝޭ ކުމާރްއާއެކު ފިލްމު "ގޯލްޑް". އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންނި

    ހާދަ ލޯތްބޭ ކަލާ ، ފުރަތަމަ ފެނިލުމުންވެސް މިހިތުގެ ވިންދު އަވަސްވެގެން ދިޔަކަން މޯނީ އަށްއަންގަން ވަރަށްބޭނުންވެޔޭ.

    9
    17
  2. Anonymous

    ދެން ދާންވީނު އޭނަ ކަ އިރި އަށް.މަނުވާނެ ދެރަ އެއ އް

    13
    3
  3. ލޭޑީ

    ހާދަ ފާހަގަ ކުރެވޭ މީހުންގެ ތެރޭ ދެއްކޭ ނުބައި މީހުންގެ މޫނުމަތީގަވާ މައުސޫމު ރީތިކަން ގެއްލޭކަން. ފާފަތަށް ކަންނޭގެ ދޯ؟ މޫނު ހަދާފަ ހުންނަގޮތުން ހީވޭ ނުބައި ހިނިގަނޑެއް ފޮރުވިފަވާހެން ނޫނީ ހިތާމަ އާ ރުޅިވެރި.. ކިތަންމެ ވަރަށް މޭކަޕް ކުރިޔަސް އެކަމެއް ނުފޮރުވޭ😅ޝައިތާނު ވަސްވާސްދީ ހައްދާނެ ތިމާ ވަރެއް ނެތްކަމަށް. ކިރިޔާވެސް ބާބީ ބުއްދާ އާ ވަށްތަރުވާހެން ހީވަންޏާ އޯކޭ ދޯ ލޮލް. ޝައިތާން ލެވެލް ކޮންފިޑެސް ދެން. ހާދަ އުފަލެއްވޭ ދޯ އެހެން މީހުން ބަލަބަލާފަ ކޮމެންޓް ކުރީމަ ލޮލް ލޯބި ތަ އެލިބެނީ ލޮލް ލޮލް. ކައްވަޅަށް ތިރިކުރީމަ އެޔެއް މާ ސާފުވާނެ. އެންމެން އެއްވައްތަރު ވާން އުޅޭ ޒަމާން. ކޮޕީ ކުރަން ބޭނުން ވިއްޔާ މާރަނގަޅުވާނެ ރަނގަޅު ރީތި މީހުން އުޅޭ އެބަ. މާޝާﷲ 😘

    16
    12
  4. ރީދޫރާނީ

    މޯނީ ފުރަތަމަ ފެނުނީ ކިއުކީ ސާސް ބީ ކަބީ ބަހޫ އިން ތުލްސީ ފަހުން ބަލާ ބޮޑު ކުރާ ކުއްޖާ ގެ ރޯލުން އެއީ 2003 ކަން ނޭގޭ

    11
  5. ޝާނީ

    އަނެއްކާ ހަރުފައަކަށް ބަދަލުވެދާނެ ރިސޯޓު ކުދިން ބަލައިގެން އުޅޭތި

    9
    1