މަޝްހޫރު ބޮލީވުޑްގެ ތަރި، ޓީވީ ޕްރެޒެންޓަރ އަދި ފެޝަން ޑިޒައިނަރ މަންދިރާ ބެޑީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

މަންދިރާ ރާއްޖެ އައިސްފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ މަޝްހޫރު މަންޒިލެކެވެ.

https://www.instagram.com/p/CFjginTgCTo/?utm_source=ig_embed

މަންދިރާ ވަނީ އެ ރިސޯޓުގައި ޗުއްޓީ ހެދަކުރާކަން ހާމަކޮށް ވީޑިއޯއެއް ވެސް އިންސްޓަގްރާމް ގައި އާންމުކޮށްފައެވެ. އެ ވީޑިއޯގައި މަންދިރާ ބުނަނީ ރާއްޖެއަށް އައުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށާއި، ރިސޯޓުން ދޭ ކެއުމާއި، އެތަނުގެ ހިތްފަސޭހަކާމާއި މެދު އޭނާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

https://www.instagram.com/p/CFlv-0rA4IP/?utm_source=ig_embed

މަންދިރާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ޓީވީ ސީރީޒް "ޝާންތީ"ގެ ލީޑް ރޯލުންނެވެ.

ދެން އޭނާ އަށް އެންމެމަގުބޫލްކަމެއް ލިބިފައި ވަނީ ޕްރެޒެންޓަރެއްގެ ގޮތުގައެވެ. އެގޮތުން އައިސީސީ ކްރިކެޓް ވޯލްޑްކަޕްގައި އޭނާ ވަނީ ޕްރެޒެންޓުކޮށްފައެވެ.

އެންމެ ފުރަތަމަ މަންދިރާ ފެނިގެން ގޮސްފައިވާ ބޮލީވުޑްގެ ފިލްމަކީ "ދިލްވާލީ ދުލްހަނިއާ ލޭޖައިނގޭ" އެވެ. އެ ފިލްމްގެ ޕްރީތީ ސިންގ ގެ ރޯލުން އޭނާ ފެނިގެންދިޔައިރު، މިދިޔަ އަހަރުވެސް އޭނާ ވަނީ މަލަޔާލަމް އަދި ތަމިލް ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިލްޕާ

    މަންދިރާ އަކީ ސަޕޯރޓިންގ ތަރިއަކަށް ވެސް ނުގުނޭވަރު މީހެއް ދެން ކޮންތާކުންބާ އެވަރަށްލާރި ހޯދަނީ...؟