ކޮވިޑް-19 ރައްކާތެރިކަމުގެ ގައިޑްލައިނާއި ހިލާފުވުމުން ތުރުކީގެ މަޝްހޫރު ކައްކާ ސޯލްޓް ބޭއި ދާދި ފަހުން ހުޅުވި ރެސްޓޯރެންޓް ބަންދުކޮށްފި އެވެ. އެމެރިކާގެ ބޮސްޓަން ސްޓޭޓްގެ މަސަޗޫސިޓްސް ސިޓީ ގައި އޭނާ ހުޅުވި މި ރެސްޓޯރެންޓް ބަންދުކޮށްފައި ވަނީ މި ރެސްޓޯރެންޓުގައި ގައިދުރުކަން ނެތުމާއި މާސްކު ނާޅާ މީހުން ގޮސްތިބޭކަމުގެ ގިނަ ޝަކުވާތަކެއް ކޮށްފައި ވަނިކޮށެވެ.

ނުސްރަތުގެ ރެސްޓޯރެންޓް ބަންދުކޮށްފައިވާ ނޯޓިސް

ސޯލްޓް ބޭއި ނުވަތަ ނުސްރަތުގެ ސްޓީކްހައުސް ރެސްޓޯރެންޓް ބަންދުކޮށްފައި ވަނީ އެތަން ހުޅުވިތާ ހަފްތާއެއްވެސް ނުވާނީސް އެވެ. ނުސްރަތުގެ ވަރަށް ގިނަ ރެސްޓޯރެންޓުތަކެއް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުރި އިރު އޭގެ ތެރެއިން ދެ ރެސްޓޯރެންޓް ނިއުޔޯކްގައިވެސް ހުރެ އެވެ.

https://www.instagram.com/p/CFTrodUlOER/?igshid=17gbmketfqs21

ބައެއް މީޑިޔާތަށް ރިޕޯޓްކުރާ ގޮތުގައި އެ ރެސްޓޯރެންޓު ދޮށުގައި އެކި ފަހަރުމަތިން ގައިދުރުކަމެއް ނެތި ކަސްޓަމަރުން ކިޔު ހަދައިގެން ތިއްބާ އެ ސިޓީގެ ލައިސެންސިންގ ބޯޑުގެ އިންސްޕެކްޓަރުންނަށް ވަނީ ފެނިފައެވެ. އަދި މި މައްސަލައާއި ގުޅިގެން ލައިސެންސިންގ ބޯޑުން ވަނީ ދެ އަޑުއެހުމެއް ބާއްވަން ތާވަލް ކޮށްފަ އެވެ.

ނުސްރަތްއަކީ އިންސްޓަގްރާމްގެ ބޮޑު ސެލެބްރިޓީއެކެވެ. އޭނާގެ ފޮލޯވާސްގެ ގޮތުގައި 30.3 މިލިއަން މީހުން ތިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު