ޓިކްޓޮކްއަކީ ދިވެހިރާއްޖޭގައި ވެސް އެންމެ ގިނަ ބަޔަކު ބޭނުން ކުރާ މީސްމީޑިއާގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެކެވެ. ރާއްޖޭގައި ވެސް ޓިކްޓޮކް ކުޅޭ މީހުންނާއި ޓިކްޓޮކް ބަލާ މީހުންވެސް އެބަތިއްބެވެ. އެ މީހުންގެ ހުނަރުވެސް އާއްމުންނަށް ވަރަށް ކަމުދެއެެވެ. ޓިކްޓޮކްގައި މަޝްހޫރުވި ބައެއް ތަރިން މިހާރު ވަނީ ފިލްމީ ދާއިރާއަށްވެސް ނުކުމެފައެެވެ.

ބައިނަލްއަގުވާމީގޮތުން ބަލާ ނަމަ ޓިކްޓޮކްއަކީ މުނިފޫހިފިލުވުމުގައި އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ.

އެހެންކަމުން ޓިކްޓޮކްގައި ވެރިފައިވުމަކީ އެއީ ފާހަގަކޮށްލެވޭ ކާމިޔާބެކެވެ. އާއްމުކޮށް ޓިކްޓޮކްގައި ވެރިފައި ކުރަނީ އެކި ދާއިރާތަކުން މަގްބޫލްކަން ހޯދާފައިވާ ފަންނާނުންނާއި ހުނަރުވެރިންނެވެ. ދެން ޓިކްޓޮކްގައި ވެރިފައި ކުރަނީ އެ މީހަކަށް ލިބޭ ވިއުޒް އާއި ފޮލޯވަރުންގެ އަދަދަށް ބެލުމަށް ފަހުގައެވެ.

ރާއްޖޭގައި ޓިކްޓޮކްއިން ވެރިފައި ކުރި ފުރަތަމަ ބަޔަކަށް ބަތަލާ މަރިޔަމް އައްޒަ އާއި ބަތަލް އަލީ ސީޒަން މިވަނީ ވެފައެވެ.

ސީޒަންގެ އެކައުންޓް އިއްޔެ ވެރިފައިވި އިރު އައްޒަގެ އެކައުންޓް ވެރިފައިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިކަމާއި ގުޅޭގޮތުން އައްޒަ "ވަގުތަށް" ބުނީ، ޓިކްޓޮކް ވެރިފިކޭޝަން ލިބުމުން އުފާވާކަމަށެވެ.

" އެކޮޅުން މެެސެޖްކޮށްފައި އިންނަތާ ގިނަ ދުވަސްވެއްޖެ. އެހާބޮޑަށް އެކޮޅުން ގުޅީމަ ހީކުރީ ފޭކަކަށް ވެދާނެ ކަމަށް. ފޯލް ނުވާނަމޭ ހިތާ ހުރީ. ހުއްޓާ ސީޒަން އަށްވެސް އެކޮޅުން މެސެޖުކޮށްފަ އިނދެގެން ވާހަކަދައްކާފަ ބުނީ ރަނގަޅުހެންނޭ ހީވަނީ. ފުރަތަމަ ހުރީ ޔަޤީންނުވެފަ."

އައްޒަ އާއި ސީޒަން އާއި ދެ މީހުންނަކީވެސް ޓިކްޓޮކްގައި އެހާ އާއްމުކޮށް ހަރަކާތްތެރިވާ ފަންނާނުންނަށް ނުވާއިރު ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ގިނައިން ޓިކްޓޮކް ކޮންޓެންޓް ހެދުމަށް މަސައްކަތް ކުރާނެ ކަން އައްޒަ ފާހަގަކުރިއެވެ.

"ޓިކްޓޮކް ރެގިއުލާކޮށް ނުކުޅެވޭ. ވިސްނަން ކުޑަކޮށް އިތުރުކޮށްލަން ޓިކްޓޮކްގައި އުޅޭ ކުދިންނަށް ރިކުއެސްޓް ކުރީމަ ފެށީވެސް. އެކުދިން ބުނޭ ޓިކްޓޮކް ކުޅެން. އެކަމަކު އެއްކުއްޖަކަށް ޓައިމްދީފަ އަނެއް ކުއްޖަކަށް ނުދެވިފަވާނެތީ އެހާ ބޮޑަކަށް ނޫޅެވޭ. " އައްޒަ ބުންޏެވެ.

ސީޒަން "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އޭނާގެ އެކައުންޓް ވެރިފައިވުމުން އޭނާ އަށް ތަރުޚީބުދޭ މީހުންގެ ފަރާތުން ލިބުނު ކޮމެންޓުތައް ރަނގަޅުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

" ޓިކްޓޮކް އެހާ ނޫޅެން. އެހާ ބޭނުންކުރާ އެއްޗެއް ވެސް ނޫން. އަސްލުގަ ރާއްޖޭގަ ފިލްމު ކުޅޭ އެއްވެސް މީހެއް ނެތް އެކްޓިވް ކޮށް ނޫޅޭކަންޏޭގެ ކުރިންސުރެ ކުޅޭ މީހުން. މި ފަހުން ފިލްމު ކުޅެން ކެށި ކުދިން އުޅޭ. ރިއެކްޝަން އެކަމަކުވެސް ވަރަށް ޕޮޒިޓިވް. " އޭނާ ބުންޏެވެ.

އައްޒަގެ ޓިކްޓޮކްގައި 13000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އޭނާގެ އެއް ވީޑިއޯއަށް ލައްކައަކަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ. އަދި ސީޒަންގެ 5000އަށް ވުރެ ގިނަ ފޮލޯވަރުން ތިބި އިރު އޭނާގެ ބައެއް ވީޑިއޯތަކަށް 30،000އަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ރާއްޖޭގައި ޓިކްޓޮކްގައި ފުރަތަމަ ވެރިފައިވި ބަޔަކަށް ......... މި ދެ މީހުން ހާދަ ފަހަރަކު ވެއްޓޭނެތާދޯ!

    17
  2. ޕިސް

    ޑެވިލް ❤️

    13
    7
  3. ޗަކަ ބޭ

    ތީ ތި މީހުން ގެ އެޖެންޑާއި ގުޅި ފުރިހަމަ ނުކުރެވި އޮތް އެއްކަން

    17
    2
  4. އަލިބެއްޔާ

    ޣާފިލް ކަމުގައި ތިބި މީހުންނޭ!!! ވިސްނާށެވެ. ދުނިޔެ އަކީ ވަގުތީ ތަނެކެވެ. ވަގުތު ބޭކާރު ނުކުރާށެވެ. ހެޔޮ ޢަމަލު ގިނަކޮށް، ހެޔޮ މަގުގައި އުޅެން މަސައްކަތް ކުރާށެވެ. ދެއްކެން އުޅޭ މީހުން ދެއްކެން ބޭނުން ނުވާނެހެން ކަންތައްވެ ދިއުމަކީވެސް ކުޑަ ވަގުތުކޮޅެއްގެ ކަމެކެވެ.

    39
  5. ބޯހަލާކު

    މި އެއް ވުރެ ރަނގަޅު ވާނެ ގުރްއާން އައް ވަގުތހު ހުސްކުރިޔަސް މި މީހުން

    38
    2
  6. ީހިޔާލު

    މަ ކުރިންވެސް ވަރަށް ހިތަން އަރާ އަޅެ މިިިިިިި އުޅޭ ފިލްމު ކުޅޭ މީހުން އެ މީހުންގެ އަބިން ނޫނީ ފިރިން ހިލޭ އަންހެނުންނާ ނޫނީ ފިރިހެނުންނާ ގައިގޯޅިވާ މަންޒަރު ބަލަން އެމީހުންނަށް ކުޅަދާނައީބާވައޭ.. ލާރި މޮޔަވިިިިޔަސް މީ ދެން ބޮޑު ވަރު...ހައްގުތެދެއް މި ބުނީ ފިލްމު އިންޑަސްޓރީ ގައި މަސަކަތް ކުރާ މީހަކާ ކައިވެނި ކުރާކަށް މަ ދުވަހަކުވެސް ބޭނުމެއް ނުވޭ..

    26
  7. އެއްކަލަ ގޮލާ

    އެގޮތަށް ނަން ލިޔާ މީހުންނަށް ވެރިފައި ދޭނެ ކަމެއް ނެތް. ކިހާ ހުތުރު ދިވެހިންނަށްވެސް.

    14
    1
  8. ރާނާ

    ތިޔަ އޮތީ ހު ކުރު ހައްޖެއް ލިބިފަ ދެން އަތްޖަހާ މިނޫން ދުވަހެއް އޮތް ކަން ހަދާންވޭބާ އޭ ހިތަށް އަރާ

    4
    1
  9. މާހުނބުޅުބޭ

    ތީނެ ސުރުޚީއެއް