ލަޔަން ކިންގު ކާޓޫނަކީ ވަރަށް ގިނަ ބަޔަކު ބަލާފައިވާ ކާޓޫނެކޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ބެލުންތެރިން ގަޔާވާ ގޮތަށް އުފައްދާފައިވާ މި ކާޓޫނަކީ އެތައް ބައެއް އެންމެ ބަލާ ހިތްވާ ކާޓޫނަށް ވެގެންދިޔަ އިރު 1994 ގައި ޑިޒްނީ އިން އުފެއްދި މި ކާޓޫނަށް ލިބުނު ތަރުހީބާ އެކު ޑިޒްނީ އިން ވަނީ އެ ކާޓޫނަށް ބިނާކޮށް އަސްލާ އެއްގޮތަށް ފިލްމެއް ވެސް ހަދައިފައެވެ. އެގޮތުން 2019 ވަނަ އަހަރު ރިލީޒް ކުރި މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެ ކުންފުނިން މިހާރު މިވަނީ އެ ފިލްމާ ގުޅިގެން އޭގެ އޭގެ އިތުރު ފިލްމު އުފައްދަން ނިންމައިފައެވެ.

މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ދަ ލަޔަން ކިންގުގެ އާ ފިލްމުގެ ސްކިރިޕްޓުވެސް މިހާރު ވަނީ ޑްރާފްޓު ކުރެވިފައެވެ. މި ސްކިރިޕްޓަކީ މިދިޔަ އަހަރު ނެރުނު ލަޔަން ކިންގުގެ ސްކިރިޕްޓު ވެސް ލިއުނު ޖެފް ނެދަސަންގުގެ ސްކިރިޕްޓެކެވެ. މިދިޔަ އަހަރުގެ ނެރުނު ލަޔަން ކިންގް ފިލްމަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ފައިދާއެއް ލިބުނެވެ.

https://twitter.com/barryjenkins/status/1310973073353400320?s=21

ލަޔަން ކިންގުގެ އާ ފިލްމު ވެސް ފެނިގެންދާނީ މިދިޔަ އަހަރުގެ ފިލްމު ފަދައިން އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ވަރަށް ހަގީގަތާ އެއްގޮތަށެވެ. މި ފިލްމު ނެރޭގެ ދުވަހެއް އަދި ހާމަކޮށްފައިނުވާ އިރު މި ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ފިލްމު ވެގެންދާނީ ޖެންކިންސް ގެ ދެވަނަ ޑިޒްނީ ފިލްމު ޕްރޮޖެކްޓަށެވެ.

އަލަށް ނެރޭ ލަޔަން ކިންގް ފިލްމުގައި ކުރީގެ ހަނދާންތައްވެސް ހިމަނާނެ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިކަން ވެގެންދާނީ ފިލްމަށް ލިބޭ އިތުރު ފުރިހަމަ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު