ފޭސްބުކާއި ޓްވިޓާއަކީ ހަމައެކަނި މީޑީއާ ޕްލެޓްފޯމްތަކެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވެސް އެކަމަކުން އަސަރު ފޯރު ކުރުވާ ކަމަކެވެ. މީހުން ގަޔާވާ ކަންތައްތަކާއި ގަޔާނުވާ ކަންތައްތަކާއި އަދި އުޅުން ވެސް ބިނާވެފައި އޮންނަނީ މި އެޕްލިކޭޝަންތަކަށެވެ.

އިންޑިއާގައި ފޭސްބުކާއި ޓްވިޓާގެ މިސްރާބު މިހާރު ބަދަލުވެފައިވަނީ ސިޔާސީ ދާއިރާއަށެވެ. ސިޔާސީ ފަރާތްތަކުން ފަތުރަން ބޭނުންވާ ތެދު، އަދި ދޮގު ޚަބަރުތައް ފެތުރުމަށާއި މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މި އެޕްލިކޭޝަންތައް ބޭނުން ކުރާކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ޕާލިމެންޓު ކޮމިޓީން ވަނީ އިންޑިއާގެ ފޭސްބުކު ހެޑް އަޖީތު މޯހަންއާއި ސުވާލުކޮށްފައެވެ. ނަމަވެސް އަދި މިކަމާ ގުޅޭގޮތުން ފޭސްބުކްގެ ބަހެއް ނުލިބެއެވެ.

އިންޑިއާގައި މިދިޔަ އަހަރު އޮތް އިންތިހާބާ ދިމާކޮށް، ކޮންގްރެސްއާއި ގުޅުންހުރި 700 ޕޭޖަސް ފޭސްބުކުން ވަނީ ފޮހެލައިފައެވެ.. އަދި އޭގެ އިތުރުން ބީޖޭޕީއަށް ތާޢީދުކުރާ 15 ޕޭޖެއް ވެސް ވަނީ ފޮހެލައިފައެވެ.

އިންޑިއާގެ ފޭސްބުކުގެ ކަންތައްތައް ބަލައި ޗެކު ކުރާ އެޖެންސީގެ ގިނަ ފަރާތްތަކަކީ ވެސް ސިޔާސީ ކޮންމެވެސް ފަރާތަކާއި ގުޅުން އޮންނަ މީހުންކަމަށް ވެސް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

މީސް މީޑިއާ ބޭނުން ކޮށްގެން މީހުން ދެކޭ ގޮތާއި ޢަމަލު ކުރާގޮތް ބަދަލު ކުރެވޭނެއެވެ. ފޭސްބުކް އަދި ޓްވިޓާ ފަދަ އެކައުންޓުތަކުގައި ކުރާ ޕޯސްޓުތަކުން މީހުން ދެކޭގޮތް ދެނެގަނެ، އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު