ބޮލީވުޑްގެ އެކްޓަރު ސަނާ ޚާން ފިލްމު ކުޅުން ހުއްޓާލައި، ބުރުގާ އަޅައިފިއެވެ. ސަނާ ވަނީ ބުރުގާ އަޅައިގެން ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

އުމުރުން 33 އަހަރުގެ ސަނާ އަކީ "ވަޖާ ތުމް ހޯ" އާއި "ޖެއި ހޯ" ފަދަ ފިލްމުތައް ކުޅެފައިވާ ބަޠަލާއެކެވެ. ތަފާތު ފަސް ބަހަކުން 50 ފިލްމެއްގައި އޭނާ މިހާތަނަށް އެކްޓް ކޮށްފައި ވެއެވެ. ފިލްމީ ދާއިރާ ދޫކޮށްލި ސަބަބު ބަޔާންކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި އޭނާ ބުނީ ފިލްމީ ދާއިރާއާ ދުރަށް ދަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ މަޤުޞަދުގައި ކަމަށެވެ.

ސަނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ބުނީ އިންސާނުން ދުނިޔެ އަށް އައުމުގެ މަޤްޞަދަކީ ފައިސާ އާއި މަޝްހޫރުކަމެއް ނޫނެވެ. ފައިސާ އާއި މުއްސަނދިކަން ހޯދަން އޭނާގެ އެއްވެސް ޝައުގުވެރި ކަމެއް މިހާރު ނެތް ކަމަށާއި ބޭނުން ވަނީ ހަމަހިމޭން ދީނީ ކަންކަމަށް ލޯބިކުރާ ދިރިއުޅުމެއް ހޯދަން ކަމަށް ސަނާ ބުންޏެވެ.

ސަނާ ބުނީ އޭނާ އަށް ދިމާވަމުންދިޔަ ކަންކަމުގެ ސަބަބުންނާއި ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުގެ ސަބަބުން ހޯދި މައުލޫމާތު އޭނާ އަށް ވަނީ އިސްލާމްދީނުގެ އިތުރު ވަރަށް ގިނަ މައުލޫމާތުތައް ލިބިފައެވެ. އެހެންކަމުން މިހާތަނަށް ދިރިއުޅެމުން އައި ގޮތައް ބޮޑު ބަދަލެއް ގެންނަން ނިންމީ ކަމަށް ސަނާ ބުންޏެވެ. ސަނާ ވަނީ އޭނާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ދުވަސްތަކުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ.

https://www.instagram.com/p/CF6rTKbAlbj/

ސަނާގެ ބައްޕަ އަކީ މެލޭޝިއާ މީހެކެވެ. އޭނާގެ މަންމަ ނިސްބަތްވަނީ އިންޑިއާގެ މުމްބާއީ އަށެވެ. ސަނާގެ މައިންބަފައިންނަކީ ވެސް މުސްލިމުންނެވެ. ސަނާ އުޅެބޮޑުވީ އިންޑިއާގެ މުމްބާއީގައެވެ.

2005 ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ސަނާ ވަނީ ފިލްމުގެ އިތުރުން ޓީވީ ޝޯތަކާއި ވަރަށް ގިނަ އިސްތިހާރުތައް ވެސް ކުޅެފައެވެ. ބިގް ބޮސްގެ ހަވަނަ ސީޒަނުން ވެސް އޭނާ ފެނިގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަމްދު

    اَلْحَمْدُ لِلّٰهِ‎ الله أكبر

    63
    1
  2. hus.....

    Alhamdhu lillah

    47
  3. އުފާ

    އަލްހަމްދުﷲ ، މާޝާﷲ،

    55
  4. މުންކޮ

    💯💜💙

    37
  5. Anonymous

    اَلْحَمْدُ لِلّٰهِ‎ الله أكبر

    25
  6. ާއަހަރެން

    ޢަލްޙަމްދުލި އްލާހް.. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް މި އުޅޭ ދިވެހި ފިލްމު ކުޅެން އޮރިޔާމުން އުޅޭ ކުދިން ކޮޅަށް ވިސްނޭނީ ކޮންދުވަހަކުން ބާ؟

    11
  7. ޔެލޯ ފީވާ

    އުތެމަ ބައިގަނޑަށް ހަޖަމެއް ނުވާނެ

  8. ލދނ

    ލާދީނީ ބައިގަނޑަކަށްވެސް ހަޖަމެއް ނުވާނެ

  9. ޔުޝް

    اَلْحَمْدُ لِلّٰهِ‎ الله أكبر

  10. މީރާއަލިފް

    އަލްހަމްދުﷲ ، މާޝާﷲ،