ފްލޮރިޑާގައި ހަރުފަ ހިފައި އުޅޭ ދެ މީހަކު ބޮޑު މާސިންގާ ދިގު ހަރުފައެއް ހިފައިފިއެވެ.

އެއީ ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތަންއެކެވެ. އެ އަންހެން ޕައިތަންގެ ދިގުމިނުގައި 18.9 ފޫޓް ހުންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިއީ ރެކޯޑެކެވެ. މީގެ ކުރިން ރެކޯޑް ކުރެވިފައި ވަނީ 18.8 ފޫޓުގެ ދިގު މިނުގެ ހުރި ޕައިތަންއެއް ހިފައިގެންނެވެ.

ރަޔާން އައުސްބާން އާއި އޭނާގެ ރޫމްމޭޓް ކެވިން ޕަވްލިޑިސްއަށް އެ ޕައިތަން ހިފާފައި ވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެ މީހުންނަކީ އެކުގައި ހަރުފަ ހިފުމުގައި އުޅޭ ބައެެކެވެ. އެ މީހުންގެ ވަޒީފާއަކީވެސް އެއީއެވެ. އެ މީހުންނަށް އެކަން ކޮށްގެން މުސާރަވެސް ދެއެވެ.

އެ މީހުން މަސައްކަތް ކުރަމުން ދަނީ ސައުތް ފްލޮރިިޑާ ވޯޓް މެނޭޖްމެންޓް ޑިސްޓްރިކްޓް އެންޑް ފްލޮރިއާ ފިޝް އެންޑް ވައިލްޑް ލައިފް ކޮންޒަވޭޝަން ކޮމިޝަންގައެވެ. އެތަނަކީ ފްލޮރިޑާގެ ޕައިދަން އެލިމިނޭޝަން ޕްރޮގްރާމް ހިންގާ މީހުންނެވެ.

"ހުކުރު ދުވަހުގެ ރޭ ދަންވަރު އަހަރުމެން އެއޮަށް ބޮޑު ހަރުފަ ހިފާފައި ވަނީ، އެވާގްލޭޑްސްގެ ފެންގަނޑެއްގެ ތެރެއިން. އަހަރެންނަށް އެ ވަރުގެ ހަރުފައެއް އަދި މިހާތަނަށް ނުފެނޭ، އަހަރެން އެއަށް އެޕްރޯޗްކުރިއިރުވެސް، ހުރީ ބިރުން އަތް ތުރުތުރުލާވަރު ވެފައި". އޭނާ ލިޔެފައި ވެއެވެ.

އެ ހަރުފައިގެ ބަރުދަނުގައި 47 ކިލޯ ހުރި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    އަޅޭއެހެންތަ؟ ދެންޕްލީސް... އާއި....

    16