ނުރައްކާތެރި ކޮވިޑް-19 އާއި ހަނގުރާމަ ކުރަމުން ދަނިކޮށް ކޯމާއަކަށް ލި އަންހެނަކު އެއްމާބަނޑު ދެކުދިން ވިހައިފި އެވެ. އުމުރުން 32 އަހަރުގެ ޑެނިއަލް މާޓިން ނުވަ ހަފްތާގައި ނޭވާލާން އުނދަގޫ ވުމުން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އޭނާ ކޮވިޑަށް ޓެސްޓު ކުރުމުން ވަނީ ނަތީޖާ ފައްސި ވެފައެވެ. އެއާއި އެކު އޭނާގެ ހާލަތު ގޯސްވުމުން ޑޮކްޓަރުން ވަނީ އޭނާ ކޯމާ އަކަށް ލާފަ އެވެ.

ޑެނިއެލް ކޯމާއަކަށް ލާފައި ވަނީ އޭނާގެ ފިރިމީހާ 32 އަހަރުގެ ބްރާޔަން ގްރީން އަށް ނާންގަ އެވެ. އަދި ކުއްލިއަކަށް ޑޮކްޓަރުންނަށް ޑެނިއެލް ކޯމާއަށް ލާން ޖެހުނީ ޑެނިއެލް އާއި ދަރިފުޅުގެ ރައްކަލަކަށް ކަމަށް އެފަރާތުން ބުނެއެވެ. ޑެނިއެލް އެއްމާބަނޑު ކުދިންނަށް ބަލިވެ އިންކަން އެނގުނީ އޭނާ ކޯމާއިން ހޭލި ފަހުންނެވެ.

ޑެނިއެލް ކޯމާގައި 10 ދުވަސްވަންދެން އޮތުމަށް ފަހު ހޭލީ އޭނާ އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުކަމުގެ އުފާވެރި ހަބަރާއި އެކު އެވެ. އަދި މި ހަފްތާގެ ކުރީކޮޅު އޭނާ ދެކުދިން ވިހާފައިވާއިރު މިއީ އެ އާއިލާއަށް ލިބުނު ނަސީބެއް ކަމަށް ބްރާޔަން ދެކެއެވެ. އެމީހުންގެ މިހާރު 7 ކުދިން އެބަ ތިއްބެވެ. އެމީހުން އެންމެ ފަހުންވިހި ދެކުދިންނަކީ ދެ އަންހެން ކުދިންނެވެ. އެކުދިންނަށް ކިޔާފައިވާ ނަމަކީ އޭވާ އާއި އެމީލިއާ އެވެ.

އޮކްޓޯބަރު 7 ގައި ޑެނިއެލް އެއްމާބަނޑު ދެކުދިން ވިހާފައިވާއިރު މިހާރު އެކުދީން ތިބީ ގޭގައި އާއިލާގެ އެހެން ކުދިންނާއި އެކީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޙޫ

    މަށަށް ވެސް އެއްމާބަޑު 2 ކުދިން ލިބޭނަމަ ވަރަށް އުފާވާނެ.ހުރިހާ މީހުންވެސް ދުޢާ ކޮއް ދީ....