ޒަމާނާއި އެކު ދުވަހަކަސް ވުރެ ދުވަހެއް ފޯނުތަކާއި އެ ނޫންވެސް އީޖާބީ އުފެއްދުންތަކަށް ދަނީ ކުރިއެރުން ލިބެމުންނެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެޕަލް ގަޑިއެއް ނުވަތަ އައިފޯނަކުން ޖައްވުގައި ވިހަ ގޭހެއް ނުވަތަ ހަށިގަނޑަށް ނުރައްކާވެދާނެ ފަދަ ކުނޑިއެއް ހުރި ނަމަ އެކަން އަންގާދޭނެ ކަމަށް ބެލެވެން ފަަށައިިއެވެ.

އެޕަލް އިން ދަނީ ލޭޒަރ އާއި ސެންސަރ ބޭނުންކޮށްގެން ވައިގެ ތެރޭގައިވާ ކަންކަން ދެނެގަންނަން މަސައްކަތް ކުރަމުންނެވެ. ވަޔަކީ ދިރިއުޅުމުގެ މުހިންމު ބަަޔަކަށް ވާއިރު، ވައިގެ ސަބަބުން ނުރައްކާވުމަކީ ވެދާނެ ކަމެކެވެ. ޚާއްސަކޮށް އާ މާހައުލަކަށް ދާ ނަމަ އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެއީ ވައިގެ ޒަރީއާއިން ނުރައްކާތެރި ބައްޔެއް ޖެހުން ނޫނީ ބަލިވުން އެއީ ފަސޭހައިން ކުރިމަތި ވެދާނެ ކަމަކަށް ވާތިއެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި ކާބޮން މޮނޮކްސައިޑް ޑިޓެކްޓަރސް އައި ގޭސް ޑިޓެކްޓަރ ފަދަ އާލާތްތައް ސްމާޓް ފޯނުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން މިހާރު ދަނީ ޕާތިކަލް މެޓަރ ސެންސަރ ބޭނުންކޮށްގެން ވައިގައި ހުންނަ ޕާޓިކަލްތައް ސައްހަކަމާއި އެކު ދެނެގަނެވޭނެ ގޮތް ހޯދަން މަސައްކަތް ކުރަމުންނެވެ.

އަދި ވައިގެ ސްޕީޑާއި، ލޭޒަރ ލައިޓްގެ އާލާތްތަކާއި އެކު ވަގުތުން ވަގުތަށް ވަޔަށް އަންނަ ބަދަލު ދެނެގަނެވޭނެ ގޮތް ހެދުމަށް ވެސް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަމައެހެންމެ އެހެނިހެން ގޭސްރަކާއި، ޕާޓިކަލްގެ ބަރުމިން ފަދަ ކަންކަން ދެނެގަނެ ވަށައިގެންވާ މާހައުލުގައި ނުރައްކަލެއް ވާނަމަ އިންޒާރު ލިބޭނެ ގޮތް މަގުފަހިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު އެކި އަލާތްތައް ޓެސްޓު ކުރަމުންދާއިރު މިއީ ގޭސް ދެނެގަންނަން އެޕަލްއިން މަސައްކަތް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2019އިގައި ވެސް އެ ކުންފުނިން ވަނީ މި މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު