ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ އަޖައިބު ކުރުވަނިވި ދޫންޏެއް ފެނިއްޖެއެވެ.

ޕެންސިލްވޭނިއާގެ އަވަށެއްގައި މަސައްކަތް ކުރަމުން އަންނަ ބައިލޮޖިސްޓުންތަކަކަށް ފެނުނު ރޯސް-ބްރެސްޓެޑް ގްރޮސް ބީކް ނަމަކަށް ކިޔާ ދޫނީގެ ފަރާތުން އާދަޔާ ހިލާފު ކަމެއް ވަނީ ފާހަގަވެފައެވެ.

ދޫނީގެ މޭމައްޗާއި ވިންޖް ޕިޓްގައި ފިޔާތޮށި ކުލަ ހުރިއިރު ކަނާތް ފަރާތު ފިޔަތަކުގައި ހުރީ ކަޅުކުލައިގެ ފަތްތަކެވެ. މި ދޫނީގެ ވާތްފަރާތު ފިޔަތަކުގައި ހުރީ އަންހެން ދޫނީގައި ހުންނަ ރީނދުލާއި މުށި ކުލައެވެ.

މި ދޫނި ހޯދި ބައިލޮޖިސްޓުންގެ ޓީމްގައި ހިމެނޭ އިސްވެރިޔާ އެނީ ލިންޑްސޭ ވިދާޅުވީ ގޮތުގައި މިކަން އެ ޓީމަށް ވެސްވީ ޝައުގުވެރި ކަމަކަށެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ދޫންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އޭނާއަށް މީގެ ދޫންޏެއް ފެނިފައި ވަނީ މީގެ 15 އަހަރު ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރުމެންގެ މުޅި ޓީމަށް ވެސް ލިބުނީ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެހާ ކައިރިން ބަލާލަން ލިބުނީމަ. މިއީ ދިރިއުޅުމުގައި އެއް ތަޖުރިބާކޮށްލަން ލިބޭނެ ކަހަލަ ކަމެއް،" އެނީ ލިންޑްސޭ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު