އަންނަ މަހުގެ 03 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކޮށް ދެވަނަ ދައުރަކަށް ރައީސް ކަމަށް ހޮވޭނެ ކަމަށް އެމެރިކާގެ ޓެލެވަންޖެލިސްޓް ޕެޓް ރޮބަޓްސަން ބުނެފިއެވެ.

ކްރިސްޓިއަން ބްރޮޑްކާސްޓިން ޔުނިވަސިޓީގެ ފައުންޑާ ޕެޓް ބުނީ ޓްރަމްޕް އެމެރިކާގެ ރައީސްކަން ދެވަނަ ދައުރަކަށް ހޯދާނެ ކަމަށާއި ނަމަވެސް އެއާއިއެކު ދެން ދުނިޔެ އާއި ކުރިމަތިވާނީ މާބޮޑު ބިރުވެރިކަމަކާއި ކަމަށެވެ. "މަދަނީ ހަމަޖެހުން ގެއްލިގެން ދާނެ، އަދި އިސްރާއީލާއި ދެކޮޅަށް ހަނގުރާމައެއް ފެށިގެންދާތަން ފެންނާނެ. އެއީ ދުނިޔޭގެ ނިމުން." ރޮބަޓް ބުންޏެވެ.

ރޮބަޓް ބުނީ ގެއްލުން ބޮޑު ހަނގުރާމައެއް ދުނިޔެ އާއި ބައްދަލު ކުރުމަށް ފަހު އަނެއްކާވެސް ދުނިޔެ އަށް ސުލްހަ އަންނާނެ ކަމަށާއި ދުނިޔެ ނިމިގެން ދާނީ ނުވަތަ ޤިޔާމަތް ދުވަސް އަންނާނީ އެހަނގުރާމައަށް ފަހު ދުނިޔޭގައި ސުލްހަ ގާއިމުވެފައި އޮއްވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެދާނެ ކަންތައްތައް ކަމަށް ލަފާކޮށް ރޮބަޓް މީގެ ކުރިން ދައްކާފައިވާ ބައެއް ވާހަކަތަކަށް ވެސް ސަމާލުކަން ލިބިފައި ވެއެވެ. މިއީ ދުނިޔޭގެ ނިމުން އަންނަނީ ކަމަށް އޭނާ ބުނި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މިހާރު އުމުރުން 90 އަހަރުގެ ރޮބަޓް 1970 ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ނިމުން އަންނާނެ ކަމަށް ބުނެ އެކިފަހަރު މަތިން ވާހަކަ ދައްކާފައި ވެއެވެ. އޭނާ ފުރަތަމަ ބުނީ 1982 ވަނަ އަހަރު ދުނިޔޭގެ ނިމުން އަންނާނެ ކަމަށެވެ. އޭގެފަހުން ދެން އޭނާ ބުނީ 2007 ވަނަ އަހަރު ދުނިޔޭގެ ނިމުން އަންނާނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރާނެ ކަމަށް ރޮބަޓް ބުނި ނަމަވެސް ޚިޔާލު ހޯދުމުގެ ވޯޓްތަކަށް ބަލާއިރު ޓްރަމްޕް އުޅެނީ ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަންއަށް ވުރެ މާބޮޑަށް ފަހަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެކަޝީވެގެންވޭ

    ޓްރަމްޕު ދެވަނަ ދައުރަކަށް ފެނިއްޖިއްޔާ ގެއްލުން ބޮޑު ހަނގުރާމައެއް ފެށުން ވަރަށް ގާތް..ޝައްކެއްނެތް އެއީ އީރާންގެ ވާހަކަ..އެމަރިކާ ކުށަކަށް އަރައިފިނަމަ އީރާން އިސްރާއީލުގެ އަރިކަށިބިންދާނެ.

    22
    • Anonymous

      އެހަގުރާމައަކީ ރޯމަނުންނާއި މުސްލިމުންގެ ފަހު ކުރިމަތިލުން.
      https://youtu.be/bwyJb1qaRRE

  2. ހަމްދާން އަހުމަދު

    އަޅުގަނޑު ވަރަށް ދެރަވޭ މިރާއްޖޭގައި ތަންދޮރު ނުދަންނަ މީހުން ގިނަކަމުން. .ވިސްނަންބޭނުމެއްވެސް ނުވޭ...މި ގަމާރުން ނަކަށް ނޭގެޔޭ އެމަރިކާ އަދި އީރާންގެ ހަނގުރާމައިގެ ނާމާންކަން..ދުލަކުން ބަޔާނެއް ނުކުރެވޭނެ..