ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި މަޝްހޫރު ލަވަކިއުންތެރިޔާ ހިލަރީ ޑަފް އާއި މެތިއު ކޮމާ، ދެ ވަނަ ކުއްޖަކަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ. ހިލަރީގެ އިންސްޓަގްރާމު މެދުވެރިކޮށް މިކަން ހާމަކޮށްފައިވާ އިރު މި ދެ މީހުންނަށް ފުރަތަމަ ކުއްޖަކު ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ދެ މީހުންނަށް ފުރަތަމަ ލިބިފައި ވަނީ ބެންކްސް ވައިލެޓް ނަމަކަށް ކިޔާ އަންހެން ކުއްޖެކެވެ.

ފޮޓޯ: ގޫގުލް

ހިލަރީ ޑަފް އާއި އޭނާގެ ކުރީގެ ފިރިމީހާ، މައިކް ކޮމްރިއޭގެވެސް އަށް އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.

އެމީހުންނަށް ލިބުނީ ލޫކާ ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.

ހިލަރީ އާއި މެތިއު ކައިވެނިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މީސްމީޑިއާގައި އޭނާގެ ހަޔާތުގެ ވާހަކަތައް ހިއްސާކުރަމުން ބުނީ އޭނާވެސް މަސައްކަތް ކުރަނީ ގޭގައި ހުރެގެން ކަމަށާއި ކޮންމެ ދުވަހަކުވެސް އެތައް ބައިވެރި ކަމެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކުދިން ސްކޫލަށް ފޮނުވުމާއި ގޭގައި ގެންގުޅޭ ޖަނަވާރުންނަށް ކާން ދިނުން ފަދަ ގޭގެ ހުރިހާ ކަމެއްވެސް ކުރަނީ އޭނާ ކަމަށް ހިލަރީ ބުނެފައި ވެއެވެ.

ބޮޑު ވިޔަފާރިވެރިއެއްގެ ގޮތުގައިވެސް ފާހަގަ ކޮށްލެވޭ ހިލަރީ ޑަފް ބުނީ އޭނާގެ ކުދިންގެ ފަރާތުން ބައިވަރު ކަންކަން ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ގަބޫލުކުރަން ދަތި މިންވަރަށް ކެތްތެރިވާން ވެސް ދަސްވެއްޖެ ކަމަށެވެ.

އުމުރުން 33 އަހަރުގެ ހިލަރީ ޑަފް އެންމެ މަޝްހޫރު ވެގެންދިޔައީ ލިޒީ މެކްގުއެރޭ ސިލްސިލާ އިންނެވެ. އޭގެ ފަހުން ގިނަ ފިލްމުތަކެއްގެ ލީޑު ރޯލުން ހިލަރީ ފެނިގެން ގޮސްފައިވާ އިރު އޭނާ ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި އެޖެންޓް ކޯޑީ ބެންކް، ޗީޕާ ބައި ދަ ޑޮޒެން އަދި އޭގެ ދޭއްގެ އިތުރުން ސިންދްރެއްލާ ފަދަ ފިލްމުތައް ހިމެނެ އވެ.

ކިޔުންތެރިންގެ ހިޔާލު