ބޮލުން އިސްތަށި ފޭބުމަކީ ކެއުމާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތާއި އަދި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މީގެ އިތުރުން ކަންކަމާ މާބޮޑަށް ވިސްނާ ފިކުރުކޮށް، ހާސްވާ ނަމަ ވެސް ބޮލުން އިސްތަށި ފައިބައެެވެ.

ކޮވިޑް-19 އާ ހެދި ފުރަބަންދުގައި ތިބެން ޖެހުމުން ވަރަށް ގިނަ ބަޔަކު އެކަމާ ''ސްޓްރެސް''ވުމުގެ ނަތީޖާއަކަށްވީ ބޮލުން އިސްތަށި ފޭބުން އިތުރުވުމުގެ ޝަކުވާތައް ގިނަވުމެވެ. ފުރަބަންދުގައި ތިބެން ޖެހުމުން އާމްދަނީ ހޯދުމުގެ މަގުތައް ހަނިވުމާއި، ވައިރަސްގެ ބިރުވެރިކަން ފަދަ ކަންކަމާ ގިނަ ބަޔަކު ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ބޮލުން އިސްތަށި ފޭބުމުން އާައްމު ވެފައިވެއެވެ.

އުޅެންޖެހޭ ބިޒީ ދިރިއުޅުމުގެ ސަބަބުން މިކަމާ އަޅައިނުލެވޭ ފަހަރު އާދެއެވެ. މިފަދަ ފަރާތްތަކުން އިސްތަށި ފޭބުން ހުއްޓުވުމަށް ގޭގައި މި ކަންތައްތައް ކޮށްލެވިދާނެއެވެ. މިއީ ވަރަށް ފަސޭހަ ކަންކަމެވެ.

އިސްތަށިގަނޑުގައި ކާށި ތެޔޮލުން

ކާށި ތެލުގައި އެކުލެވޭ އަޔަން އާއި ޕޮޓޭޝިއަމްގެ ސަބަބުން އިސްތަށިގަނޑު ދިގުވުމުގެ އިތުރަށް އިސްތަށި ފޭބުން ވެސް މަދުކޮށްދެއެވެ. ކާށިތެޔޮ ހޫނުކޮށްލުމަށްފަހު ބޮލުގައި އެ އުނގުޅަމުން މަސާޖުކޮށްލާށެވެ. ގަޑިއެއް ހާއިރު ފަހުން ދޮވެލާށެވެ. ނުވަތަ އެއްރޭ ވަންދެން ބަހައްޓާލައިށެވެ.

ފިޔާ ދިޔަ ބޭނުން ކުރުން

ފިޔަލުގައި ހިމެނޭ ސަލްފަގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ކޮށްދެއެވެ. ފިޔަލުގެ ދިޔަ އިސްތަށިގަނޑުގައި އުނގުޅުމަށްފަހު ގަޑިއެއް ހާއިރު ފަހުން ދޮވެލާށެވެ.

އިސްތަށިގަނޑުގައި ބިސް އުނގުން

ބިހުގައި ހިމެނޭ ސަލްފަ، އަޔޮޑިން، ޒިންކް، ޕްރޮޓީން އަދި ފޮސްފަރެސްގެ ސަބަބުން އިސްތަށި ފޭބުން މަދުކޮށްދެއެވެ. ބިހާއި އޮލިވް އޮއިލް އެއްކޮށްލުމަށްފަހު އިސްތަށިގަނޑުގައި އުނގުޅާ 20 ވަރަކަށް މިނިޓް ބަހައްޓާލައިފައި ދޮވެލާށެވެ.

ހީނާފަތް އެޅުން

ހީނާފަތަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. ހީނާފަތް ބޮލުގައި އެޅުމަށްފަހު އެ ހިކެންދެން ބަހައްޓާށެވެ. އޭގެ ފަހުގައި ރީތިކޮށް ދޮވެލާށެވެ. އިސްތަށިގަނޑު ވަރަށް ޗާލުވާނެއެެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަންނި

  ވަގުތު ހާދަ ރަނގަޅޭ ދެން ނުފައިބާނެ އެއްމެ އިސްތައްޓެއްވެސް.

  16
  4
 2. ހައްލަކީ

  އަސްލު މުޅި ބޯ އެއްކޮށް ބާލަންވީ.އޭރުން އިތުރަކަށް އެންމެ އިސްތައްޓެއްވެސް ނުފައިބާނެ..

  19
  2