ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހެ ކައްކަރު އާއި ލަވަކިޔުންތެރިޔާ ރޯހަން ޕްރީތް މިދިޔަ ހޮނިހިރު ދުވަހު ކައިވެނި ކުރި ޚަބަރާއެކު މުޅި މީސްމީޑިއާގައި އެ ދެ ތަރިންގެ ފޮޓޯތައް ކެނޑި ނޭޅި ދަނީ ދައުރުވަމުންނެވެ. އެކި ހިސާބުތަކުގައި ތަފާތު ރިސެޕްޝަންތަކެއް އެ ތަރިން ބާއްވަމުން ދާއިރު މީސްމީޑިއާގައި ނޭހާ އަށް ވަނީ ވަރަށް ބޮޑަށް މަލާމާތް ރައްދުވެފައެވެ.

އިންޑިއަން އައިޑޮލްގެ ތަރި ނޭހާ ކައްކަރު ރޯހަން އާއި ކައިވެނި ކުރީ އޮކްޓޯބަރު 24 ވަނަ ދުވަހުއެވެ. އޭނާގެ ކައިވެނީގެ އެކި ހަފްލާތަކަށް އެޅި ހެދުންތަކަކީ ޕްރިޔަންކާ ޗޯޕްރާ، ދިޕިކާ ޕަޑުކޯން އަދި އަނުޝްކާގެ ހެދުންތަކުގެ ކޮޕީއެއް ކަމަށް ބުނެ އާންމުން ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ނޭހާ އޭނާ ދިއްލީގައި ބޭއްވި ކައިވެނީގެ ހަފްލާއަށް ލާފައި ވަނީ ރަތް ކުލައިގެ ލެހެނގާއެކެވެ. އެ ލެހެނގާއަކީ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސަބަޔަސާޗީ ލެހެނގާ އާއި ދާދި އެއް ގޮތް ލެހެނގާއެކެވެ. އަދި އޭގެ ދޮޕައްޓާ އަދި ވަކިން ޕްރިޔަންކާގެ ލެހެނަގާ އާއި ވައްތަރެވެ.

ނޭހާގެ ރިސެޕްޝަންގައި ލީ ހުދު ލެހެނގާ ވައްތަރީ ދިޕިކާގެ ހުދު ރިސެޕްޝަން ހެދުމާއެވެ.

އަދި ނޭހާ ކައިވެންޏަށް ގުރްދުވާރާއަށް ދިއުމަށް ލީ ހެދުމަކީ އަނުޝްކާ ޝަރްމާގެ ކައިވެނީގެ ހެދުމާއި އެއްގޮތް ހެދުމެކެވެ.

ބޮލީވުޑްގެ މަޝްހޫރު މީހުން އަމިއްލަ ޑިޒައިންތަކާއި ތަފާޓު ޑިޒައިންތަކަށް ކައިވެނީގައި ހެދުން އެޅުމަށް ފޭނުން ވަރަށް ބޮޑަށް ބާރު އަޅައެވެ. އެހެން ނޫނީ މީޑިއާ އާއި މީސްމީޑިއާގައި ވެސް އެ މީހަކަށް މަލާމާތް ރައްދު ވުމަކީ މާ ދުރުގައި އޮންނަ ކަމެއް ނޫނެވެ. ނޭހާ އަށް މެދުވެރިވެގެން އުޅެނީ އެކަހަލަ ކަމެކެވެ.

ބައެއް މީހުން ވަނީ ނޭހާ ލަވަތަކުގެ ރީމޭކް ހަދަމުންގޮސް ކައިވެނީގެ ވެސް މެޝްއަޕެއް ހަދާފައިވާ ކަމަށް ބުނެފައެެވެ. އަދި ނޭހާގެ އަމިއްލަ ސްޓައިލް އެއް ނެތް ކަމަށް ބުނެ އޭނާ އަށް ވަނީ ޖޯކު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ފޮޓޯޝޮޕް

  ޢަނުޝްކާ ފޮޓޮއާ ވައްތަރު ފޮޓޯތީ ފޮޓޯޝޮޕް ކޮއްފަ. ރުލައްދަންދެން އެއްގޮތް ވިއްޔާ

  2
  1
 2. ހޯދާ

  ފޮޓޯގަ އަނުޝްކާމެން އިށީނދެގެން އިން ފޮޓޯ އަކީ އެޑިޓް ކޮށްފަ އިން ފޮޓޯއެއްކަން ހަމަ ނޭނގެނީބާ؟ އެފޮޓޯގަ ނޭހާއާއި ރޯހަން ގެ މޫނު އެކަނި ބަދަލުވެފަ ހުރީ

 3. އާޝޯޙު

  ކޮބާ މައްސަލައަކީ

 4. ކައި

  ނޭހާ ކިޔާފަހުރި ލަވަތައް ވެސް އެއީ ކޮޕީކޮށްފަ ނޫނީ ރީމޭކް. ދެން ވެޑިންޑްރެސް ކޮޕީ ނުކުރާނެ ސަބަބެއް ނެތް

 5. ލެ

  މިވެސް ދެން ހަބަރެއްތަ އަޅެފަހެ. ބޯހަލާކު