ގުގުރި ދެމުމަކީ އެއްވެސް މީހަކަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެެވެ. ނިދޭ ހިސާބުން ގުގުރި ދެމެން ފެށެނީ އަމިއްލަ މީހާ އަށް ގިނަ ފަހަރަށް އެކަން ނުވެސް އެނގިއެވެ. އެހެންކަމުން ގުގުރި ދަމާ މީހަކު ކުށްވެރިކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ގުގުރި ދަމަނީ ކީއްވެގެންތޯ ބަލައިރު މިއީ ނިދުމުގައި ދިމާވާ އުނދަނގޫ ނުވަތަ "ސްލީޕް އެޕްނިއާ"ގެ ސަބަބުން ވާކަމެެކެވެ. މި މައްސަލަ ފަލަ މީހުންނަށް ދިމާވުމުގެ ފުުރުސަތު ބޮޑެވެ. މީހުން ނިދާއިރު އާއްމުކޮށް އެއާވޭ ހަމަޖެހެއެވެ. އެކަމަކު ސްލީޕް އެޕްނިއާ ހުންނަ ނަމަ މަސަލްތައް ފިތެން މެދުވެރިވެއެވެ.

ނަތީޖާ އަކީ ކުޑަ ޖާގައެއްގެ ތެރެއިން ވައިިދިއުމެވެ. ގުގުރި ދެމެނީ އެހެންވެއެވެ. ގުގުރި ދެމުމުގެ ސަބަބުން ނޭވާ ލާން ވެސް އުނދަނގޫވާން މެދުވެރިވެއެވެ. އެހެންކަމުން ހަގީގަތުގައި ގުގުރި ދެމުމުން ދެން ހުންނަ މީހާ އަށް ވާ އުނދަނގުލަށް ވުރެ ގުގުރި ދަމާ މީހާ އަށް އެކަމުން އޮތް ނުރައްކާ މާ ބޮޑޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ބޮސްޓޮންގައި ކުރި ދިރާސާއެއްގައި ގުގުރި ދަމާ 20 މީހުން ބައިވެރިކޮށް، އެ މީހުންނަށް 2 ބޭހެއް ދީފައިވެއެވެ. މި ބޭހުގެ ސަބަބުން ބަލި މީހުންނަށް ރަަނގަޅު ބަދަަލެއް އައި ކަަމަށާއި، ގުގުރި ދަމާ މީހުންނަށް ދިން 2 ބޭހުގެ ތެރެއިން 1 ބޭހަކީ އޮޓޯމޮޒެޓައިން ކަމަށް އެ ދިރާސާ ކުރި ހޮސްޕޓަލުން ބުނެއެވެ.

ބަލި މީހުންނަށް ދިން ދެވަނަ ޑްރަގް އަކީ އޮކްސީބުޓީންއެވެ. މީގެ ތެރެއިން އެއްބޭހަކީ އެޓެންޝަން ޑެފިޝިއެންސީ ިސްއޯޑަރ ހުންނަ ކުޑަކުދިންނަށް ދޭ ބޭހެކެވެ. އަނެއް ބެހަކީ ކުޑަކަަމުދާން އުނދަނގޫވުމުންދޭ ބޭހެކެވެ.

މި ދެ ކޮމްބިނޭޝަން އެއްކޮށް ބޭހެއް އުފެއްދުމުގެ މަސައްކަތް މިހާރު ބޮސްޓަންގައި ދަަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެޝިން

    އަދީބު ބޭނުންކުރާ ކަހަލަ ޖަލުތަކަށް ނުކަތާ ބޮޑު މެޝިނެއް ގުޅަން ޖެހޭނީ