ނިދުމުގެ ކުރިން ޗީޒް ކެއުމުން 1،000 ޑޮލަރު ލިބޭނެ، ދިރާސާއެއްގައި ބައިވެރިވާން، ބައިވެރިން ހޯދަން ގޮދަޑި ރިވިއު ކުރާ ވެބްސައިޓަކުން ފަށައިފިއެވެ.

އެގޮތުން މި ދިރާސާގައި ބައިވެރިވާނެ ފަސް ބައިވެރިން ހޯދަން ވަނީ ނިންމާފައެެވެ.

ސްލީޕް ޖަންކީ ނަމަކަށް ކިޔާ ވެބްސައިޓްއަކުން ހަދާ މި ދިރާސާއަކީ ނިދުމުގެ ކުރިން ޗީޒް ނުވަތަ އެހެނިހެން ޑެއިރީ ގެ ބާވަތްތައް ކެއުމުން ބިރުވެރި ހުވަފެންތަކެއް ފެންނާނެ ކަމަށް އާންމުކޮށް ދެކޭތީ، އެކަމާ ގުޅޭގޮތުން ހަދާ ދިރާސާއެކެވެ.

"އަޅުގަނޑުމެން ވެސް ބަލަން ބޭނުންވަނީ، މިއީ ހަގީގަތެއް ނަމަ، ތަފާތު ޗީޒްތައް ބޭނުންކޮށްގެން މީގެ އަސަރު މީގެ ބޮޑުތޯ." އެ ކުންފުނީގެ ޕޯސްޓުގައި ވެއެވެ.

އެ ކުންފުނިން ބުނާގޮތުގައި މި ދިރާސާގައި ބައިވެރިވުމަށް ހޮވާ ފަސް ކުރަން ޖެހޭ ކަމަކީ އެމީހުންގެ ނިދި ޓްރެކްކޮށް، މުޅި ދުވަހު ނިދުމުގެ ކޮލިޓީ އާއި ހަކަތައިގެ ފެންވަރާއި ނިދުމުގެ ކުރިން ތަފާތު ޗީޒް ޕްރޮޑަކްޓްތައް ކެއުމަށްފަހު، ފެންނަ ހުވަފެންތަކާއި، ބިރުވެރި ހުވަފެންތަކުގެ އިވެލުއޭޝަން ރިޕޯޓް ފަދަ އެއްޗެހި ފޯރުކޮށްދޭށެވެ.

މި ދިރާސާ ތިން މަސް ދުވަހަށް ދެމިގެންދާނެއެެވެ. މި ދިރާސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ބަލައިގަތުން ކުރިއަށް ދަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.