ދައުރަކަށް ވުރެ ދައުރެއް މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު މަދު ކަމަށާއި، މިއީ ވިސްނާލަން މުހިންމު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު އޮތް ވިހި ވަނަ މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ، ދައުރަކަށް ވުރެ ދައުރެއް މަޖިލީހަށް އިންތިހާބުވާ އަންހެން މެމްބަރުންގެ އަދަދު މަދު ކަމަށެވެ. އެގޮތުން 93 ދާއިރާއަކަށް ބޭފުޅުން ކުރިމަތިލީއިރު، އެ ދާއިރާތަކުގެ ތެރެއިން އަންނެހެން ބޭފުޅުން ހޮވިފައިވަނީ ތިން ދާއިރާއަކަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލީހުގައި ތިބީ ހަތަރު އަންހެން މެމްބަރުންނެވެ. އަދި އޭގެ ކުރިން 18 ވަނަ އަހަރުގެ މަޖިލީހުގައި ތިއްބެވީ ފަސް މެމްބަރުން ކަމަަށާއި އޭގެ ކުރިން 6 އަންހެން މެމްބަރުން ތިބި ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެންނަށް ފާހަގަކޮށްލެވުނު އިރު ނަތީޖާގެ ތެރޭގައި 93 ދާއިރާއެއް އަންހެން ބޭފުޅުންގެ ތެރެއިން އަންހެން ބޭފުޅުން ހޮވިފަ ވަނީ އެންމެ ތިން ދާއިރާއިން. 90 ދާއިރާއަށް ވަނީ ފިރިހެން ބޭފުޅުން ހޮވިފަ. މީގެ ކުރީފަހަރު 4 އަންހެން ބޭފުޅުން، އޭގެ ކުރީ ފަހަރު 5 އަންހެން ބޭފުޅުން، އޭގެ ކުރީ ފަހަރު 6 ހޮވިފައިމިވަނީ. ފަހަރަކު އެއްބޭފުޅަކު މަދުވަމުން މިދަނީ. ގޮނޑީގެ އަދަދު އިތުރުވަމުން ދިޔަ ކަމަށް ވިޔަސް ވެސް." ފުއާދު ވިދާޅުވިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން ކުރިމަތިލެއްވި އިރު، ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ 326 ފިރިހެން ކެންޑިޑޭޓުން 43 އަންހެން ކެންޑިޑޭޓުންނެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ތިން ކެންޑިޑޭޓުންނަކީ

  • - މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު
  • - ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ފާތުމަތު ސައުދާ
  • - އަމިއްލަ ގޮތުން ހުރާ ދާއިރާއަށް ވާދަކުރެއްވި ޑރ. އަނާރާ ނައީމް

މިފަހަރު މި ބޭއްވުނު އިންތިހާބަކީ މިހާތަނަށް ތާރީޚުގައި ވެސް ބޭއްވުނު އެންމެ ކާމިޔާބު މަޖިލިސް އިންތިޚާބު ކަމަށެވެ. އޭނާ ވަނީ މި އިންތިހާބު އަމާންކޮށް ގެންދިޔުމަށް ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން މި އިންތިހާބުގައި މަދު ޝަކުވާތަކެއް ލިބިފައިވާކަން ފާހަގަކުރައްވާ ފުވާދު ވިދާޅުވީ، ވޯޓު އަލުން ގުންނަޖެހޭ ފަދަ ސީރިއަސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އައްބެ

    ދަރިންވިހާ އަންހެނުންގެ އަދަދު މަދުވާތީ ކީއްވެތޯ އެއްވެސް ބަޔަކު ކަންބޮޑުނުވަނީ. އަދި ދޮޑިދޯނިފަހަރާއި ރޭނުމާއި ވަޑާމުގެ މަސައްކަތުގައި އަންހެނުން ހަރަކާތްތެރި ނުވާތީ އަޅުގަނޑު ހާދަ ކަންބޮޑުވެޔޭ އެބަ.

    42
  2. އަބްދޫ

    އަންހެނުންނާއި ފިރިހެނުން ގާނޫނީ ގޮތުންހަމަހަމަ ވެފަ އޮތްއިރު .އަންހެނަކު ކަމުގާ ވިޔަސް ފިރިހެނަކު ކަމުގާ ވިޔަސް ރައްޔިތުންގެ ތާއީދު ހޯދުމުގަ ހުރަހެއްނެތް އިރު ތިމާއަށް ސަޕޯޓް ކުރާ ރައްޔިތުން ހޯދުމަކީ އެމީހެއްގެ އަމިއްލަ ސަހްސިއްޔަތާގުޅިފަ އޮތްކަމެއް. ފިރިހެނުންގެ އާބާދީގެތެރޭން ކިތައްފިރިހެނުން އެއްވެސް މަގާމަކަށް ކުރިމަތި ނުލާ ތިއްބެވިބާ؟ އެވާހަކަ ވިދާޅުނުވަނީ ކީއްވެ ؟އަންހެނަކަށް ސަޕޯޓްކުރާކަށް ރައްޔިތުންނަށް ދަވްލަތުން މަޖްބޫރު ނުކުރެވޭނެ.އަދި އަންހެނުންނަށް ގޮނޑި ހާްއްސަކުރުމަކީ ގާނޫނުއަސަސީއާއި ހިލާފު ވެ ރައްޔިތުންގެ ހަމަހަމަކަން ނަގާލުމާއި ނަސްލީ ތަފާތުކުރުން ނޫންކަމަކަށް ނުވާނެ.އަންހެނަކު ކަމުގާ ވިޔަސް ފިރިހެނަކު ކަމުގާވިޔަސް އެމީހަކު ހާސިލްކުރަން ބޭނުންވާ މަގާމަށް ވާސިލްވުމަށް ރައޔިތުންގެ ތާއީދު ހޯދާ ލިބިގަތުމަކީ އެމީހެއްގެ އަމިއްލަ ކަމެއް.އަހަރެން ފިރިހެނަކަށް ވެހުރެ މަގާމްތަކަށް ކުރިމަތި ނުލަނީ ރައޔިތުންގެ ތާއީދު ނަތީމަ.

    21
    1
  3. އަޅޭ

    ނުޖެހޭނެ ވިސް ނާކަށް ހަމަ ހަމަ ކުރަންޏާ ހަމަ ސިޔާސީ މަސައްކަތުގައި އުޅެގެން ކުރިއަށް ގޮސް ނިކުންނާ ނީ ދެން ވީ ތިހެން ކިޔާފަ ކޮންމެ ދާއިރާއަކަށް އަންހެން ގޮނޑިއެއް
    ދެން ބޮޑު ޖޯކެއް ތީ

    24
  4. ނޫޅެން

    ކިހިނެއްވީތަ ދެން؟ ރަނގަޅު ނޫނަަސް ހޮވަންވީތަ..ކޮންމެ ކަމެއް ފެމިނިސްޓް ކުރަން ނޫޅެބަލަ!

    27
  5. ރައްޔިތުން

    އާއިލީ ޒިންމާ ފުރިހަމައަށް ނެގުމަށް ދިވެހި ކަނބަލުންނަށް ލިބުނު ފުރްސަތުގެ ބޭނުންވހެޔޮގޮތުގައި ހިތްޕަވާނެކަމަށް އުންމީދުކުރަން.

    21
  6. އަބްދުﷲ

    ކޮން ކަމަކާ ވިސްނަން ޖެހެނީ... ކޮންމެވެސް އެއްޗެކޭ ކިޔާފައި އަންހެނުންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް އެއްވެސް ގޮނޑިއެއް ޚާއްސަ ކުރުމަކީ، ވަަރަށް ބޮޑު ތަފާތު ކުރުމެއް... އަންހެން ބޭކަނބަލުންވެސް ހަމަ ހުރިހާ ދާއިރާތަކަށް ވާދަކޮށްގެން ކުރި ހޯދަންވީ... އެއީ އެންމެ އިންސާފުވެރި ގޮތް.

    16
    1
  7. މިގުލް

    ތަމަޅަ ކޮމޭޑިއަން އަކާ ހާދަ ވައްތަރޭ

    12
  8. ސަން

    ނުޖެހެ ވިސްނާކަށް. އަމިއްލަ މަސައްކަތުން ހޮވުނު މީހަކު ހޮވުނީ. އެއީ ހަމަހަމަކަން

    20
  9. އިބްރާހިމް

    މަށަށް ފާހަގަވީ މިހިންތިހާބު ކާމިޔާބުކުރީހުސް އަންހެނުންގެބަނޑުން އުފަންވީ މީހުން!ހާދަހާވާބޮޑު ކާމިޔާބީއެކޭއެއީ އަންހެނުންނަށް!

  10. ޔ

    އަންހެނުންނަކީ ދަރިންބަލަންގޭގަތިބެންޖެހޭބައެއް. އަޅުގަނޑަކީވެސް އަންހެނެއް. ނިކަންބަލާލަބަލަމިހާރުބޮޑެތިވަމުންދާކުދިންގެއުޅުމާ އަޙުލާޤަށް. ދަރިންހަލާކުވަނީމަންނަބޭރުގައުޅޭތީ. ކުރިންމިރާއްޖޭގެއަންހެނުންނަކީގޭތެރޭގަދަރިންބަލަންތިބޭބައެއް. ކުރީގެކުދިންގެއުޅުންވެސްކިހާރަނގަޅު

  11. ޢިލެކްސަން

    ޙަމަ ހަމަ ކުރަން ފުއާދުވެސް މަގާމު ދޫކޮށްލަންވީ ނޫންތޯ ފުރަތަމަ

  12. ޏަނަ

    އަންހެނުން ވެސް ފިރިހެނުން ނެކޭ އެއްފަދައިން ހަމަ ހަމަ ކަމާާއެކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި. ނުހޮވުމުގެ މާނައަކީ ރައްޔިތުންގެ ތާްއިދު އެ މީހަކަށް ނެތޭ. އެއީ ރައްޔަތުންގެ ނިންމުން! އެ ނިންމުމަށް ގޮންޖަހައި ވަކި ކޮޅަކަށް މޮޅު ލިބުން މާ ރަނގަޅު ކަމަށް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން!

  13. ނަފީސާ

    ފުއާދު އާކާ ބެހޭކަމެއް ނޫންތީކީ އަދި ބެހެންޖެހޭކަމެއްވެސް ނޫން. އަންހެނުންވެސް އަމިއްލައަކަށް ކުރިމަތިލައިގެން ތާއީދުހޯދައިގެން ހޮވެންވީ އެހެން މީހުންނެކަެ އެއްގޮތަށއ. ވަކި ހުރަހެއްނެތް.

  14. Anonymous

    މިކަމުންވެސް އެނގިގެންދަނީ އަންހެނުންގެ ޙަޤީޤީ ވަޒަިފާއަކީ ދަރިން ތަރުބިއްޔަތުކުރުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުންކަން.
    ރަގަޅު މުޖްތަމަޢެއް ބިނާކުރެވޭނީ ހަރުދަނާ އަޚްލާޤު ރަގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރެވިގެން. އެކަމަށް އެންމެ އެކަށީގެންވާ ބަޔަކީ މަންމައިން

  15. އައްޔަރޭ

    ތި ވާހަކަ ދެއްކިޔަސް ވަކި ހައްލެއް ނުފެންނާނެ. ކޮންމެ ދާއިރާ އަކަށްވެސް އަންހެން ފިރިހެން ބޭފުޅުން ކުރިމަތިލާ. ރައްޔިތުން ވޯޓު ދެނި އެމީހުން ހޮވަން ބޭނުންވާ މީހާ. އިލެކްޝަންސް އިން އަންހެން ބޭފުޅުން ބޭނުންވިޔަސް ދާއިރާތަކުން ކުރިމަތިލާ އަންހެނުންނަކީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ނުވީމަ ނުހޮވަނީ. އެހެންނަމަވެސް، މުސްތަޤްބަލުގައި، އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެމްބަރުންތަކަކަށް މަޖިލިސް ތަޅުމަށް ހާޒިރުވެ އެމީހުންގެ އިޝޫސްތައް ރެޕްރެޒެންޓަރުންގެ ހައިސިއްޔަތުން، މަޖިލިސް އިން ވަކި މުސާރައެއް ނުނަގާ ގޮތަށް ހަމަޖެހިގެންދިޔައިމާ މަޖިލިސްގައި އަންހެނުން ގިނަވާނެ، ދާއިރާތަކުގެ ވާހަކަތައް ވެސް ދެއްކޭނެ، އެކަމަށް ވަކި ޖަލްސާތައް ތާވަލުކޮށްގެންވެސްމެ.
    "ހަމަ ބުނެލީ"

  16. ކޮރަލް

    100 އަށް ވުރެ މެމްބަރުން ގިނަ ވާއިރު މާބޮޑަށް ވިސްނަން ޖެހެ އެވެ.

  17. މައްތެންގޭއިނދިހެނާ ބައްތެއްލާ

    އިންތިޚާބު ވި އަންހެނުންގެ ޢަދަދު މަދުވެ ނުވަތަ އިތުރުވިޔަސް އެއީ އިލެކްޝަން ކޮމިޝަން ގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން. އެކަމާ ފުވާދު ކަންބޮޑުވެ އުޅުއްވާކަށް ނުޖެހޭ. އެ ޢަދަދު މަދުވީ ބަޔަކު ނުފޫޒު ފޯރުވައިގެން ކަމެއް އެނގެން އޮތީތޯ؟ މަދުވިޔަސް ގިނަވިޔަސް އެކަން ނިންމީ އަންހެނުންވެސް ހިމެނޭ ގޮތުން ރައްޔިތުން. މިރާއްޖޭގެ މެޖޯރިޓީ އަންހެނުން ތިޔަ ކަމަކާހެދި ކަންބޮޑުވެގެނެއް ނޫޅެ. އެމީހުންގެ ފިރިން، ފިރިހެން ދަރިން، ބޭބެ ނުވަތަ ކޮއްކޮ ނުވަތަ ބައްޕަ/ކާފަ މެންނަށް ފުރިހަމައަށް އިތުބާރު ކޮށްގެން އެމީހުންގެ ޙިމާޔަތުގަ އެތިބީ.

  18. މޫސަސް

    ދެބައިހަމަ ކުރަން ވީނު ކޮންމެ ފިރިހެނަކައް އަންްހެން މެމްބަރަކު ވެސް ހޮވަންވީ
    މަޖްލީހުގެ ރައީސް އާއި އަދި ނާއިބް ރައީސާ އަކުވެސް ހޮވަން މަޖްބޫރު ކުރަންވީ
    ޢެއިރުން ދޯ ހަމަހަމަ ވާނީ

    3
    1
  19. ދިރާގްސިމް

    މާ އަންހެނުން ވެގެން ނޫޅެބަ ގާބިލް ނޫންވީމަ އަންހެނުން ނުހޮވުނީ

    5
    1
  20. Anonymous

    ދިވެހިރާއްޖޭގައި އުފަންވާ ކުދިން މަދުވާތީ ކަންބޮޑު ނުވަނީ ކީއްވެތޯ ؟ 3 ގޮނޑި އަންހެނުންނަށް މަދެއްނޫން ކުދިން ވިހާ ރޭޓަށް ބަލާއިރު ! ފުއާދު ވެސް ދެކޮޅު ނުޖެހޭ ވާހަކަ ތިޔަ ދައްކަނީ ބޮޑު ފިރިހަނަކު !

  21. އަން

    އަންހެނުންނަށް ވެސް އޮތީ ކުރިމަތި ލެވޭ ގޮތައްދޯ. .. ދެން ކީއްކުރަންތަ ގަދަކަމުން ހޮވަންވީ؟؟ ރައްޔިތުން ދޯ ނިންމާނީ!

  22. މުހައްމަދު ސައީދު

    ތިޔަކަމަށް ވަރަށް ފަސޭހަ ހައްލެއް އެބަ އޮތް . އެއީ ޤާނޫނު އަސާސީއަށް ހަމަ ކުޑަ ކުޑަ އިސްލާހެއް ގެންނަންވީ . އެ އިސްލާހަކީ އިންތިޚާބުކުރެވޭ ކޮއްމެ ދާއިރާއަކަށް އަންހެނަކާއި ފިރިހެމަކު އައްޔަން ކުރުމަށާއި ، އެގޮތުން ކޮއްމެ ގޮނޑިއަކަށް ދެމަފިރިންނަށް ވާދަ ކުރެވޭ ގޮތް ނުވަތަ ފިރިހނަކު ކުރިމަތިލާނަމަ އޭނަޔާއެކު އޭނަގެ އަނބި މީހާ ނުވަތަ އޭނަ ގެ މައްމަ ، ނުވަތަ އޭނަގެ އަންހެން ދަރިއެއް ނުވަތަ އަންހެން ދަނބިދަރިއެއް ނުވަތަ ބޮޑު ދައިތަ ވާދަ ކުރާ ގޮތަށް ހަމަޖެއްސީމާ އެޖ\ކަން އެނިމުނީ . އޭރުން ހޮވޭނީ ދެމީހުން އެއްކޮށް . އޭރުން މަޖިލީހުގައި ދެބައި ހަމަވާނެ . އަވަސްކުރޭ .

  23. ވެކާ

    އިލެކުސަން ކޮމިސަންގަވެސް އަންހެނުން މަދު

  24. އަބްދޫ

    އަނާރާ ނައީމް ރައޔިތުންގެ މަޖިލީހުގެގޮނޑި ކާމިޔާބު ކުރެއްވީ ކިތައްފިރިހެނުންންާ ވާދަކޮށްބާ ؟ ރައްޔިތުންނަށް އެއީ ބޭނުން ބޭކަނބަލެއްކަން ދެއްކުނީމަ ގާބިލްކަން ހުރިމަށް ރައޔިތުންނަށް ފެނުނީމަ ވޯޓްދީ މަގާމަށް އެހުރީ އިންތިހާބު ކޮށްފަ. އެހެން ބޭކަނބަލުންވެސް ރައޔިތުބްގެއ ތާއީދު ހޯދުމަށް ތިމަގެ ހުރިގާބިލްކަންރައޔިތުންނަށްދައްކަނިކޮށް މަގާމް ހާސިލްކުރެވޭނެ. ތަބަކަކަށް ލާފަ ރައޔިތުންގެ މަޖިލީހުގެ މަގާމެއް އެކަކަށް ވެސް ނުދެވޭނެ.