ދ. އަތޮޅު މީދޫފުށީގައި ހިންގަމުން އަންނަ ސަން ސިޔާމް ވިލުރީފް ރިސޯޓް ނުވަތަ ސަން އަކުއަ ވިލުރީފަށް މީގެ އަހަރުތަކެއް ކުރިން އައި ފަތުރުވެރިއެކެވެ. އޭނާ އާއްމުކޮށް އެ ރިސޯޓަށް އަންނަނީ ފިރިމީހާވެސް ގޮވައިގެންނެވެ. މިއީ އެ ރިސޯޓު މުވައްޒަފުންނާއި ރިސޯޓަށްވެސް އެންމެ ހާއްސަ "މާމަ" އެވެ މި މާމަ އެ ރިސޯޓަށް މިހާރު 43 ފަހަރު އަތުވެއްޖެއެވެ. މިފަހަރު އައީ ފިރިމީހާއާ ނުލާ އެކަންޏެވެ.

އޭޕްރިލް 30 ވަނަ ދުވަހު އެ އަންހެން މީހާ ރިސޯޓަށް ދިއުމުން ކީ ހިތުން ފިލާ ނުދާނެ ވަރުގެ މަރުހަބާއެކެވެ. ޖަރުމަންވިލާތަށް ނިސްބަތްވާ ބާބެލް ގާޑް ރިޗާ ނަމަކަށް ކިޔާ އެ އަންހެން މީހާ އަށް ހޫނު މަރުހަބާއެއް ކިޔަން ދޯނިވެސް އޮތީ ރެޑީ ކޮށްފައެވެ. ސީޕްލޭންގައި މާމަ އެ ރިސޯޓާއި ހަމައަށް އައިއިރު، ރިސޯޓުގެ ފާލަމާއި ހަމައަށް އައި ދޯނީގައިވެސް ޖަހާފައި އިނީ "ވެލްކަމް ހޯމް މާމަ" މިހެންނެވެ. އޭނާ އިން ދޯނީގައިވެސް އިނީ ބޮޑު ގޮނޑީގައެވެ.

ވިލުރީފް ރިސޯޓުން އެ އަންހެން މީހާއަށް ހޫނު މަރުހަބާއެއް

އުމުރުން 74 އަހަރު ވެފައިވާ އެ މީހާ ރަަަށަށް އެރިއިރު ހުރީ ރަތް ކުލައިގެ ކަސަބު އެޅި ލިބާހެއް ލައިގެންނެވެ. އޭނާގެ ކަރުގައި ފައްޓަރުބައެއްވެސް އަޅާފައިވާއިރު، ތިރިން އަނދެގެން ހުރީ ކަޅު ކުލައިގެ ފޭއްޔެކެވެ.

ވިލުރީފް ރިސޯޓުން އެ އަންހެން މީހާއަށް ހޫނު މަރުހަބާއެއް

ކަރުގައި މާފަތި އެޅުވުމުން ރިސޯޓުގެ މުވައްޒަފުންނާއެކު އޭނާވެސް ދިޔައީ ނަށަމުންނެވެ. އޭނާ ދިވެހި ވަންތަ މަރުހަބާއެއް ކިޔާ މުޅި މޫނަށް ހިނިތުންވުން ގެނެސްދިންއިރު، ރިސޯޓުން ވަނީ އޭނާގެ 43 ވަނަ ދަތުރާއި ގުޅުވައިގެން ފޮޓޯ އާއި ވީޑިއޯ ނަގާފައެވެ. އޭނާގެ އެ ދަތުރަށް ހާއްސަކޮށް، ރިސޯޓް މުވައްޒަފުން ތިބީ މާމަގެ 43 ވަނަ ދަތުރު ޖަހާފައިވާ ޓީޝާޓްތައް ލައިގެންނެވެ.

އާއްމު ވެފައިވާ ފޮޓޯތަކުން ފެނިގެން ދަނީ އޭނާ އަރައިގެން ހުރި ބަގީގައިވެސް 43 ޖަހާފައިވާ ތަނެވެ. އޭނާގެ އަތުގައި މާބޮޑިއެއް އޮތްއިރު، ކަރުފައި އާއި ބޮލުގައިވެސް މާފަތި އަޅުވާފައި ވެއެވެ. އޭނާ ރިސޯޓް މުވައްޒަފުންނާއެކު ވަގުތު ހޭދަ ކުރާ ފޮޓޯތައްވެސް އާއްމު ކޮށްފައި ވެއެވެ.

@vilureeffamilyclub

We are so happy to welcome our MAMA for the 43rd time. Welcome home MAMA 🥰 #sunsiyam #vilureef #maldives #reunion #maldivesresorts

♬ original sound - Vilu Reef Family Club

ވިލު ރީފް ކްލަބުން މީގެ ދެ ދުވަސް ކުރިން ހިއްސާ ކުރި އެ ފޮޓޯތަކަށް ކޮމެންޓް ކުރަމުން ބާބެލް ވަނީ "ވަރަށް ބޮޑަށް ޝުކުރިއްޔާ" ލިޔެފައެވެ.

ވިލުރީފް ރިސޯޓުން އެ އަންހެން މީހާއަށް ހޫނު މަރުހަބާއެއް

"ހަގީގަތުގައިވެސް ވަރަށް މޮޅު، ވަރަށް ތަފާތު، ވަރަށް ހިތްހަމަޖެހޭ ފަދަ ހޫނު މަރުހަބާއެއް ކިޔާފައި ވަނީ، ހަގީގަތުގައިވެސް އެ ރިސޯޓުގެ ބައިވެރިއެއްގެ ގޮތުގައި ވުމަކީ ނަސީބެއް،". އޭނާ ލިޔެފައި ވެއެެވެ.

ވިލުރީފް ފެެމެލީ ކްލަބްގެ ޗެއާޕާސަން މުހައްމަދު ހަމީދް (ޕްރިންޓޭ) "ވަގުތު"އަށް ވިދާޅުވީ، މާމަ އަބަދުވެސް ވިލުރީފް ރިސޯޓަށް އަންނަނީ ފިރިމީހާ ގޮވައިގެން ކަމަށެވެ. އެހެން ނަމަވެސް ފަހު ދެ ފަހަރު ފިރިމީހާ އަށް އާދެވިފައެއް ނުވެއެވެ.

"މާމަ އެ ރިސޯޓަށް އަންނަ ދުވަސްތަކަކީ ރިސޯޓްގައި އެންމެ މަތީ ފެންވަރުގައި ފާހަގަ ކުރާ ހަރަކާތްތައް، މިހާރު އުމުރުން 74 އަހަރު ފުރި، ރިސޯޓަށް 43 ފަހަރު މިފަހަރު މިއީ.". އޭނާ ވިދާޅުވިއެވެ.

މިއީ ސަން ސިޔާމް ކުންފުނި އަދި ރާއްޖެއަށްވެސް އެންމެ ގިނައިން އަންނަ ފަތުރުވެރިންގެ ލިސްޓުގައި ހިމެނޭ ފަތުރުވެރިއެކެެވެ.

އެ އަންހެން މީހާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯގައިވެސް ހުރީ ރިސޯޓް މުވައްޒަފުންނާއެކު ނަގާފައިވާ ފޮޓޯއެކެވެ. މިކަމުންވެސް އެނގެނީ އޭނާއަށް އެ ރިސޯޓް ހާއްސަ ކަމެވެ. އެ ރިސޯޓަށް ދެވިފައިވާ ލޮތްބެވެ.

އޭނާ އެ ރިސޯޓަށް ކުރި ކޮންމެ ދަތުރެއްވެސް އެހާ ހާއްސަ ކަމަށް ދައްކައެވެ. އޭނާ ވަނީ 42 އަދި 41، 40، 39،28 ވަނަ ދަތުރުގައިވެސް ނަގާފައިވާ ފޮޓޯތައް އޭނާގެ ފޭސްބުކްގައި ހިއްސާ ކޮށްފައެވެ. އޭނާ 42 ވަނަ ފަހަރަށް ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރު ފަހު ކޮޅެވެ. އޭނާއަށް އެ ދަތުރުވެސް އެހާ ހާއްސަ ވެގެން ދިޔައީ ބޮޑު ގޮނޑީގައި އޭނާއަށް ކިޔުނު ހޫނު މަރުހަބާއިންނެވެ.

އޭނާގެ ކޮންމެ ދަތުރެއްވެސް އެހާ ހާއްސަ ކަމެއްގެ ގޮތުގައި އެ ރިސޯޓުން ފާހަގަކުރަމުންދާކަން ފާހަގަވެއެވެ. އޭނާއަށް ރިސޯޓުން ކިޔަނީ ހޫނު މަރުހަބާއެކެވެ. ރިސޯޓުން އޭނާއަށް ދިނީ އޯގާތެރިކަމާއި އަޅާލުމާއި ލޯއްބެވެ. އެ ހަނދާންތައް ދުވަހަކު ފިލައިގެން ނުގޮސް ކޮންމެ އަހަރަކު އެތައް ފަހަރަކު ރާއްޖެ އައިސް ދަނީ ހަމަ އެއް ރިސޯޓަކަށެވެ. ބާބެލް އާއި އޭނާގެ ފިރިމީހާގެ "ހޯމް ސްވީޓް ހޯމް"އަކީ ވިލުރީފް ރިސޯޓެވެ. އެ ރިސޯޓްގައި "މާމަ އެންޑް ޕާޕާ"އަށް ހާއްްސަ ވިލާ އެއް ޖަހާފައިވާ ބޯޑެއްވެސް ބަހައްޓާފައި ވެއެވެ. އެއީ މިދެމަފިރިން ރާއްޖެ އައިސް ތިބޭ ކޮޓަރިއެވެ. އެއީ އެ ރިސޯޓުގެ ބީޗް ވިލާ ވިތް ޕޫލް އެވެ

"ކޮންމެ ފަހަރަކުވެސް މާމަ ވިލާ ވޯޑް ބަދަލު ވާނެ ތަފާތު ގޮތަކަށް،". ހަމީދު ވިދާޅުވިއެވެ.

މާމަ އާއި ޕާޕަ އަށް ހާއްސަކޮށް އެ ރިސޯޓްގައި ހުންނަ ވިލާ

އެ މާމަގެ ފޭސްބުކް އެކައުންޓަށް ބަލާއިރު، މުޅިން ވެސް ހުރީ އެ ރިސޯޓްގައި އޭނާ ހޭދަ ކުރި ދުވަސްތަކުގެ ފޮޓޯތަކެވެ. އޭނާއާ ފިރިމީހާއެކު އެ ރިސޯޓްގައި ނަގާފައިވާ ފޮޓޯތައްވެސް މަދެއް ނޫނެވެ. އަރި ރިސޯޓުގައި އެ މީހުން ހާއްސަކޮށް އެކި ހަރަކާތްތައް މީގެ ކުރިންވެސް ބާއްވާފައި ވެއެވެ.

އެ ރިސޯޓަަށް ބާބެލްގެ ފިރިމީހާއަކީ ކާފައެވެ. ނޫނީ ޕާޕާއެވެ.

މާމާ ޕާޕާ އާއެކު އެންމެ ފުރަތަމަ ރާއްޖެ އައީ 1997 ވަނަ އަހަރުވެ. އެއިރު ރިސޯޓް އޮފިޝަލް ކޮށް ނުވެސް ހުޅުވައެވެ.

ރާއްޖޭގެ ރިސޯޓްތަކަށް މިގޮތަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައެވެ. ރިސޯޓްތަކަށް މިގޮތަށް އަންނަ ފަތުވެރިންވެސް ބުނާގޮތުން ނަމަ އެ މީހުންގެ އުފާވެރި މާހައުލަކީ މިއީއެވެ. އުފާވެރި މަންޒިލަކީވެސް މިއީއެވެ. އެ މީހުންގެ ހާއްސަ ގެއަކީވެސް މިއީއެވެ.

މާމަ އާއި ޕާޕާ އެ ރިސޯޓަށް ދިޔަ 40 ވަނަ ފަހަރު

ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު 51 އަހަރު ފުރިފައިވާއިރު، ރާއްޖޭގައި މިހާރު 170 އަށްވުރެ ގިނަ ރިސޯޓްތަކަށް ހިންގަމުން ދެއެވެ. ވިލުރީފް ރިސޯޓަކީ 1998 ވުޖުދޫވި ރިސޯޓަކަށް ވާއިރު، އެއީ ސިޔާމް ކުންފުނީގެ ފުރަތަމަ ރިސޯޓެވެ.

"އަޅުގަނޑުމެންގެ ހިތުގައި ވަރަށް ހާއްސަ ޖާގައެއް އެ ރިސޯޓަށް އެބައޮތް. ރިސޯޓް ހުޅުވި ފަހުން މިއަދާއި ހަމައަށްވެސް އައިރުން ފެށިގެން ތިބި ގިނަ މުވައްޒަފުންތަކެއް އެ ރިސޯޓުގައި ތިބިއިރު، އަހަރުން އަހަރަށް އެނބުރި އަންނަ ވަފާތެރި ފަތުރުވެރިންނަށް ފަހުރުވެރިކަމާއެކު މަރުހަބާ ކިޔަން،". އެ ރިސޯޓުގެ ޕޭޖްގައި ހިއްސާ ކޮށްފައިވާ މައުލޫމާތުގައި ވެއެވެ.

މި ރިސޯޓުން މީގެ ކުރިންވެސް ރިޕީޓާސް ގެސްޓުންނަށް ހާއްސަ އިސްކަމެއް ދީގެން ހަރަކާތްތައް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޭބީ ފާތުމާ

    މާމަޔަކަސް ރަލާއި އޫރުމަސް ލިބެންޏާ އަންނާނެ ދޯ

    21
    35
    • އާމިނާބީ

      އާނ އަމިއްލަ ވަތަނުން ރަލާ އޫރުމަސް ނުލިބިގެން އެއަންނަނީ.

      13
      1
  2. މަހުކޮެއްތު

    މުވައްޒަފުން އެހާ އުފާ ނޫންކަން އެބަ ފެނެއެވެ

    34
    5
  3. Anonymous

    މިހާރު ދެން ރާއްޖެ މިވަނީ ހަރުކަށި އިސްލާމީ ގައުމަކަށް ހެދުން އެޅުމުން ވެފައި! ކަސަބު ބޯ ވަޅާ ފޭޔާ ހުޅި މިހަރަކު ވ ނުފެންނާނެ! ބުރުގާ މިޙާރު އެއޗަކީ! މީހުން ކުރާ ނުބައި ކަންތައް ގިނަ ބުރުގާ އެޅިއަސް!

    20
    52