23:30

އެމެރިކާ އިން އިސްރާއީލަށް ދޭން ނިންމާފައިވާ ހަތިޔާރު ޝިޕްމެންޓް ނުދީ ލަސްކުރާނަމަ ހަމާސްގެ އަށްދަށުގައި ތިބި އަސީރުން މިނިވަން ކުރަން އުދަނގޫވާނެ ކަމަށް އިސްރާއީލުން ބުނެފި.

އެމެރިކާގެ ޑިފެންސް ސެކްޓަރީ ވަނީ ޔަހޫދީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސާލާފައިވާ ކަން އިސްރާއީލްގެ ސަރުކާރަށް އަންގާފަ. ޔަހޫދީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭތީ އެމެރިކާގެ ސަރުކާރަށް ވަނީ ގައުމުގެ އެތެރެއިންނާއި ގައުމުގެ ބޭރުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ

21:01

ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަށް އަލުން ފައިސާގެ އެހީ ދޭން ސްވިޒަލޭންޑުން ނިންމައިފި

20:09

20:02

ރަފާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ނައްޖާރު ހޮސްޕިޓަލް ބަންދުކުރަން ނިންމައިފި

ޣައްޒާގެ ދެކުނުގައި ހުންނަ ހޮސްޕިޓަލް ބަންދުކޮށްފައިވާ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބަޔާނެއް ނެރެފަ

މެޑިކަލް އެއިޑް ފޯ ފަލަސްތީން (މެޕް) އިން ބުނީ އަލް ނައްޖާރުގެ ވެރިޔާ ޑރ މަރުވާން ހޯމްސް ވިދާޅުވީ ހޮސްޕިޓަލް މިހާރު ނުހިންގަނީ ހުރިހާ ސްޓާފުން ހުސްކުރަން އަންގާފައިވާތީ ކަމަށް

މިއީ ރަފާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށް އެމްއޭޕީން ބުނޭ

"އޭގެ މާނައަކީ ރަފާގެ ސިއްހީ ނިޒާމު މިހާރު އޮތީ ހަމައެކަނި ކުވައިތު ހޮސްޕިޓަލް، އެއީ ގާތްގަނޑަކަށް 16 އެނދުގެ ކެޕޭސިޓީގެ އެންޖީއޯ ހޮސްޕިޓަލެއް. މަރްވާނީ ފީލްޑް ހޮސްޕިޓަލް، އެއީ ހަމައެކަނި ޓްރޯމާ ސްޓެބިލައިޒޭޝަން ޕޮއިންޓެއް. އަދި ހަމައެކަނި މެޓާނިޓީ ހޮސްޕިޓަލެއް ކަމުގައިވާ އަލް އެމެއިރާޓީ ހޮސްޕިޓަލް ދެން ހުރީ،" އެ ބަޔާނުގައިވޭ

19:52

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން 3 މަސް ދުވަސް ވައްދެން ހިސޯރުކޮށްފައި އޮތް ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލުން 3 ވަނަ ބޮޑު ކަށްވަޅެއް ފެނިއްޖެ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ މެޑިކަލް ޓީމްތަކުން ބުނެފި.

https://twitter.com/vaguthuonline/status/1788197159898173896?s=46&t=W8lP3UcpxFdmEgSSGyl0Kg

19:51

ހިޒްބުالله އިން އިސްރާއީލު ސިފައިންނާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދިން ކަމަށް ބުނެފި

ލުބުނާނުގެ ބޯޑަރު ކައިރީގައި ހުންނަ އިސްރާއީލުގެ ބިރާނިތު އަސްކަރީ މަރުކަޒަށް ކުރު ރާސްތާގެ ބުރްކަން ރޮކެޓެއް ފޮނުވާލައި ހަމަލާދީފައިވާ ކަމަށް ލުބުނާނުގެ ޖަމާއަތުން ބުނެފި

ހިޒްބުالله އިން ބުނީ ލުބުނާނުން ގެ ކްފަރު ޝުބާ ހިލްސޯގައި ތިބި އިސްރާއީލު ސިފައިންނަށް އަމާޒުކޮށްފައިވާ ކަމަށް

މީގެ ކުރިން އެ ޖަމާއަތުން ވަނީ ބޯޑަރުގެ ހުޅަނގު ސެކްޓަރުގައި އަލަށް ގާއިމްކުރި އިސްރާއީލުގެ ކޮމާންޑް ސެންޓަރަކަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނެފަ

18:18

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ގެތައް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަލާކުކުރަމުންދާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފި

 

18:01

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް ގެ ރަފަހް ބޯޑަރ ކުރޮސިން އެމީހުންގެ ބާރުގެ ދަށަށް ގެނައި ފަހުން މިހާތަނަށް ޣައްޒާ އަށް އެއްވެސް އެހީގެ ސާމާނެއް ވަދެފައި ނުވާ ކަމަށް އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ އިން ބުނެފި.

އދ ގެ ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ސުކޮޓް އެންޑަސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެހީގެ ސާމާނުތައް ވެއްދުން މެދެކެނޑިފައިވާ އިރު ރަފަހްގެ ބޯޑަރ ކުރޮސިން ސަރަހައްދަށް ޔަހޫދީންގެ އަސްކަރިއްޔާ އިން ދަނީ ވަރަށް ވަރުގަދަ އަށް ހަމަލާތައް ދެމުން ކަމަށް.

17:18

އަލްޝިފާ ހޮސްޕިޓަލުން ތިންވަނަ ބޮޑު ކަށްވަޅު ފެނިއްޖެ ކަމަށް ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނެފި

ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ ތެރެއިން މެޑިކަލް ޓީމުތަކަށް ތިންވަނަ ބޮޑު ކަށްވަޅެއް ފެނިފައިވާއިރު، މިހާތަނަށް 49 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފި

އަދި ހަށިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު އެތައް ބަޔަކު ހޯދޭނެ ކަމަށް އެ ޓީމުން އުންމީދު ކުރާ ކަމަށް އެ ބަޔާނުގައި ވޭ

މީޑިއާ އޮފީހުން ބުނީ މިހާތަނަށް ހޮސްޕިޓަލްތަކުގެ ތެރެއިން ޖުމްލަ ހަތް ކަށްވަޅު ފެނިފައިވާ ކަމަށް

16:10

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނިގެ ރައްޔިތުން ދިރިއުޅެމުންދާ ގެތައް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ހަލާކުކުރަމުންދާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފި

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހުޅަނގު އައްސޭރީގެ ޖެރިކޯ ސަހަރު ކައިރީގައި އޮންނަ އަލް ޖިފްޓްލިކް އަވަށުގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ 4 ގެ އެއް މުޅިން ސުންނާފަތިކޮށްލާފައެވެ. އަދި ނަބްލުސް ސަހަރު ކައިރީގައި އޮންނަ ފަރުސް ބެއިތް ދަޖަން އަވަށުގައި ވެސް ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެއެއް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ މުޅީން ސުންނާފަތިކޮށްލާފަ

މީގެ އިތުރުން ހުޅަނގު އައްސޭރީގެ ބެތަލަމް ސަހަރު ކައިރީގައި އޮންނަ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އަވަށެއް ކަމަށްވާ ބެއިތް ތައްމާރުގައި ހުރި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެއެއް ވެސް ވަނީ މުޅިން ސުންނާފަތިކޮށްލާފަ

މި ގެ ތައް ޔަހޫދީން ސުންނާފަތި ކޮށްލާފައި މިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނެގެވް އަވަށުގައި ހުރި ފަލަސްތީނުގެ ރައްޔިތުންގެ 50 ގެ އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށް ޔަހޫދީން އިއުލާން ކޮށްފައި ވަނިކޮށެވެ. ޔަހޫދީން ބުނަމުންދަނީ އެ ގެ ތަކަކީ ގަވާއިދާއި ހިލާފަށް އަޅާފައިވާ ގެތަކެއް ކަމަށް

14:30

ފާއިތުވި 24 ގަޑިއިރު ހުޅަނގު އައްސޭރީން 30 އަށްވުރެ ގިނަ މީހަކު ހައްޔަރު ކޮށްފި

14:29

ރަފާހުން ބޭރުކޮށްފައިވާ ރައްޔިތުން ޑިއާ އަލް ބަލާހުގެ ގޮނޑުދޮށުގައި ޓެންޓް ޖަހަނީ

13:58

ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ރަފާހުގައި 35 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

 

12:46

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް އަރައިގަތުން ގަތަރުން ކުށްވެރިކޮށްފި.

 

12:33

ރަފާހުގެ ގެތަކަށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުން

12:26

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ 8 އަހަރުގެ ކުއްޖަކު ޒަހަމްކޮށް، އެކުއްޖާގެ ފަރުވާއަށް ހުރަސް އަޅައިފި.

 

11:37

ނިރުބަވެރި އިސްރާއީލުން ޚާން ޔޫނިސްއަށް ދިން ހަމަލާއެއްގައި މީހަކު ޝަހީދު ކޮށްލައިފި.

11:37

ނިރުބަވެރި އިސްރާއީލުން ރަފާހަށް އަރައިގަތުމުން ގައުމުތަކުގައި ކުރިއަށް ގެންދާ މުޒާހަރާ

11:18

ރޭގެ ވަގުތެއްގައި ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ހިބްރޫންގައި ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން 7 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

11:18

އިސްރާއީލުގެ ބަޔަކު ނުކުމެ ހަނގުރާމަ ހުއްޓާލަން ގޮވާލައި، އިސްރާއީލުގެ ވެރިރަށް ޓެލް އަވިވްގެ އެންމެ ކާރުބާރު ބޮޑު ހައިވޭ ބަންދުކޮށްފި.

ހަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ އާއިލާގެ ފަސް މީހަކު އިތުރު ބަޔަކާއި އެކީ ނުކުމެ ހައިވޭ ބަންދުކޮށް ބުނެފައިވަނީ ހަމާސްއާއި އެކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އިސްރާއީލުން އަންނަން ޖެހޭ ކަމަށް.

11:15

އިސްރާއީލުގެ އަސްކަރިއްޔާއިން ގިނަ އަދަދެގެ ހަމަލާތަކެއް ލުބުނާނުގެ ދެކުނަށް ދީފި. ނަމަވެސް މި ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވޭ.

11:14

ފަހުގެ މައުލުމާތު

  • ޣައްޒާގެ ޒައިތޫން އަވަށުގެ އިމާރާތަކަށް ހަމަލާދީ، ފަލަސްތީނުގެ 7 މީހުންގެ އާއިލާއެއް ޝަހީދުކޮށްފި.
  • ފެން ޕަމްޕްތަކާއި، މުއާސަލާތީ ހިދުމަތްތަކަށް ބޭނުންވާ ތެޔޮ މިއަދު ހުސްވާނެ ކަމަށް އދ. ގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ.
  • އޭޕީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާއިން ވަނީ އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިވާ ބޮމުގެ ޝިޕްމެންޓެއް ލަސްކޮށްފަ.
  • އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ޑިރެކްޓަރ ބިލް ބާންސް މިއަދު އިސްރާއީލުގެ ބޮޑު ވަޒީރާއި ބައްދަލު ކުރަނީ.
  • ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަހާމާސްއިން ބަލައިގެންފި.

 

11:11

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބެތްލެހެމްގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން ފަލަސްތީނުގެ ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވަފާ ނޫހުން ރިޕޯޓް ކޮށްފި.

11:10

ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރިއްޔާގެ މަނަވަރަކަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ޑުރޯން ހަމަލާއެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި.

 

11:05

ގަލްފް ކަނޑުން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ޔަމަނުގެ ހޫތޫން ދިން ހަމަލާގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމެރިކާއިން ބުނެފި.

11:04

ހަތިޔާރު އުފައްދާ ކުންފުނިތަކުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި ދެކޮޅަށް މެލޭޝިއާގައި ކުރިއަށް ގެންދިޔަ މުޒާހަރާ

10:49

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، ފަލަސްތީނުގެ ޣައްޒާ އާއި މިސްރާއި ގުޅޭ ބޯޑަރުގައިވާ ރަފާހް ބޯޑަރ ކުރޮސިން ހިފުމުން، ތެޔޮ ހުސްވެ، ފެން ޕަމްޕްތައް މަސައްކަތް ކުރުން މިއަދު ހުއްޓޭނެ ކަމުގެ އިންޒާރު އދ. އިން ދީފި.

 

10:31

ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހެނީ ވަރަށް ނުރައްކާތެރި ޚިޔާލެއް ކަމަށާއު "މަރުވާނީ ކޮންއިރަކު ކަމެއް ނޭނގޭ ކަމަށް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މާކް ރަފާލޯ ބުނެފި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބުނީ ރަފާގެ އާބާދީ މިހާރު އެހެންތައްތަނަށް ބަދަލުކުރަމުން އަންނާތީ ޣައްޒާގެ ކުޑަކުދިންނަށް އިންސާނު އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް

ފަލަސްޠީނަށް ތާއީދުކުރާކަމަށް ބުނުމުން ގިނަ ދުވަސްތަކެއް ވަންދެން ޔަހޫދީންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ރަފާލޯ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް މައިގަނޑު ގޮތެއްގައި އިޚްތިޔާރު ދީފައި ވަނީ "ސަހަރާގެ ތެރޭގައި ނުވަތަ ތިބާގެ ގޭގައި މަރުވުން" ކަމަށް

09:49

ނިރުބަވެރިން ރަފާހަށް އެރުން ކުށްވެރިކޮށް ނިއުޔޯކް ސިޓީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި. ރިޕޯޓްތަކުން ބުނާ ގޮތުގައި ފުލުހުން ވަނީ 100 އަށްވުރެ ގިނަ މީހަކު ހައްޔަރު ކޮށްފަ.

09:47

ފަހުގެ މައުލުމާތު:

އިސްރާއީލް:

  • މަރާލި މީހުންގެ އަދަދު: 1،139
  • އަނިޔާވި މީހުންގެ އަދަދު: 8،730

ޣައްޒާ:

  • ޝަހީދުވި މީހުންގެ އަދަދު: 34،789
  • ޒަހަމްވި މީހުންގެ އަދަދު: 78،204

ހުޅަނގު އައްސޭރި:

  • ޝަހީދުވި މީހުންގެ އަދަދު: 498
  • ޒަހަމްވި މީހުންގެ އަދަދު: 4،950

 

09:34

ކެރީބިއަންގެ ގައުމެއް ކަމަށްވާ ބަހާމާސްއިން ވަނީ ރޭގެ ވަގުތެއްގައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފައި.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަހާމާސްއިން ބަލައިގެންފި

09:29

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން، ފަލަސްތީނުގެ ޣައްޒާގައި އާންމުން ދިރިއުޅެމުން ދިޔަ އިމާރާތަކަށް ހަމަލާދީ އެއް އާއިލާއެއްގެ 7 މީހަކު ޝަހީދުކޮށްލައިފި.

 

09:26

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް އެރުން މެކްސިކޯއިން ކުށްވެރިކޮށްފި

 

09:24

ސުލްހައިގެ މަޝްވަރާތައް މިސްރުގެ ވެރިރަށް ގާހިރާގައި މިއަދު ކުރިއަށްގެންދަން ރާވާފައިވާއިރު، އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ވެރިޔާ ބިލް ބާންސް މިއަދު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރަން އެ ގައުމަށް ދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ.

އެމެރިކާގެ ސީއައިއޭގެ ވެރިޔާ މިއަދު ނަތަންޔާހޫއާ ބައްދަލުކުރަނީ

************

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން 34،789 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހަމަލާތަކުގައި ޣައްޒާގެ އުތުރާއި މެދުތެރެ ވަނީ ސުންނާފަތިކޮށްލާފައެވެ. އެހެންވެ، ހަނގުރާމައިން ފިލަން ޣައްޒާގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެންމެ ދެކުނުގައި އޮންނަ ރަފާހްއަށް ގޮސްފައެވެ.

ރަފާހްއަށް އަރައިފި ނަމަ އިންސާނީ ބޮޑު ކާރިސާއެއް އުފެދި، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެދާނެތީ އެކަން ނުކުރުމަށް ގައުމުތަކުން އިސްރާއީލަށް ގޮވާލަމުން ދިޔަ ނަމަވެސް، އިސްރާއީލުން ވަނީ ރަފާހްއަށް އަރަން ނިންމައިފައެވެ. ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ދުވަހުން ދުވަހަށް ފުޅާކުރަމުން އަންނައިރު، އިއްޔެގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ޣައްޒާގެ އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަފާހު ހުސްކުރަން އަންގާފައެވެ.

ރަފާހް ހުސްކުރަން އެންގުމާއި އެކީ އެ ސަރަހައްދުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމީހުންގެ ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދުތަކަށް ދަތުރު ކުރަން ފަށާފައެވެ.

ރަފާހުގެ ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުވަމުން ދަނިކޮށް، ރޭގެ ވަގުތެއްގައި އިސްރާއީލުން ވަނީ އަސްކަރީ ޓޭންކަރުތަކުން ރަފާހަށް ވަދެގަނެފައެވެ. އަދި ޣައްޒާއަށް އެހީ ވެއްދޭނެ މައި ދޮރުތައް ބަންދުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ކާބޯތަކެއްޗާއި ފެނާއި ބޭހާއި ފިއުލް ނުވެއްދި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އދ.ގެ ހިއުމެނިޓޭރިއަން އެއިޑުގެ އޮފީހުން ވަނީ ބުނެފައެވެ.

ރޭގެ ވަގުތެއްގައި އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ ހަމަލާތަކެއް ވެސް ދީފައެވެ. މި ހަމަލާގައި މިހާތަނަށް 23 މީހަކު ވަނީ ޝަހީދުވެފައެވެ.

ނިރުބަވެރިންގެ ރަފާހަށް އަރައިގަނެ، އޮޕަރޭޝަން ފުޅާކުރުމާއެކު އެތަކެއް ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާގައި ނިރުބަވެރިން ހިންގަމުން އަންނަ ހަނގުރާމައިގެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު