ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަކީ މިހާރު ދެފުއްފެންނަ، ހާމަކަމާއެކު މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ތަނެއް ގޮތަށް ފާހަގަވެގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގެ ހާރިޖީ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޝާހިދު މިއަަދު ވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިނާއި ބައްދަލުކުރައްވާފައެވެ.

ހިސާބަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީން އައްޔަނުކޮށްފައިވާ މެންބަރެވެ. ޖޭއެސްސީގައި އޭނާގެ ދައުރު ނިމުމަކަށް އައުމާ ގުޅިގެން މިއަދު މެންދުރު އެ ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވަނީ، ނިމިގެން ދިޔަ ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމަށް އޭނާ އަދާކޮށްފައިވާ ދައުރާއި ކޮށްދެއްވާފައިވާ މައްސައްކަތަށް އަލިއަޅުއްވާލައްވާފައެވެ،

އެގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އެޅުނު އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ކޯޓުތަށް ޓެކްނޮލޮޖީއާ ރައްޓެހި ތަނަކަށް ހެދުމަށް ހިންގި ކޯޓް މޮޑެނައިޒޭޝަން ޕްރޮޖެކްޓްގެ ތެރެއިން އޮންލައިކޮށް ޝަރިއާތްކުރުން ތައާރަފްކުރުމާއި، ޝަރީއަތްތަށް މަހުޒަރުކުރުމަށް ކޯޓުތަކުގައި ސްޕީޗް ޓު ޓެކްސްޓް ބޭނުންކުރަން ފެށުމާއި، އިންޓަރގެރޭޓަޑް ކޯޓް މެނޭޖްމަން ސިސްޓަމް ގާއިމުކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ އަޑުއެހުންތައް އިންޓަނެޓުގައި ލައިވްކާސްޓްކުރުން ފަދަ ކަންކަން ފާހަގަކޮށްފައި ވެއެވެ.

އަދި، އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް ހިސާން ކުރި މަސައްކަތްތައް ފާހަގަކޮށް، 2018 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އަންހެން ފަނޑިޔާރުނގެ އަދަދު އިތުރުކުރެވިވާކަމާއި ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުން އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސަންތި މަރިޔަނބު

    ހިސާނު ކޮޔާ ހާދަ ދެރަފުޅުވެފަ.

    19
  2. އާދިލް

    ޟާހިދު ކޮބާތަ ކެމްޕޭއިން ތެރޭގަ ބޯމައްޗައް ލާއިގެން ގެންގުޅުނު ދޮގުދޮލަނގު ކުނިވެފުޅައެޅި އިރުވެސް ގެންގުޅުނީމެއްނު މިހާރު އޭތިކޮބާ ކީއްވެއެވާހަކަ ނުދައްކަނީ އާރެއްބާރެއް ނެތީމަ ބިރުންދޯ މުއިއްޒު ނުކުރާނެ ހައްޔަރެއް

    34
    1
  3. ހނހ

    ހިސާނު ނޫނީ އެމްޑީޕީ ކުރިކަމަކުން ނޫން ޖުޑިޝަރީ މިނިވަންވީކީ މުއީޒު ސަރުކާރުން ޖުޑިޝަރީޔައް އަތް ނުބާނާތީވެ. އެމްޑީޕީން ޖުޑީޝަރީ މިނިވަންކުރާށޭކިޔާފަ ހުސްދޮގުހެދީ އެކަން އިނގޭ ޔާމީނާ އަދީބާ ދެމީހުންނައް ކަންތައް ކުރިގޮތުން

    41
    1
    • ރާބެ

      ލަދުހަޔާތުގެ ކަންފުޅެއް ވެސްނެތީތަ އަޅެފަހެ ދެންވެސް މަޑުމަޑުން ހުރެވޭތޯ ބަލާބަލަ އަނގަ ފޭނުކޮއް ކަލޭ އެންމެ ބޭނުން ވެގެން އުޅޭ އެއްކަމެއް ނުން ރައިސްކަންތީ ދެން ތިރައިސްކަން ކަމު ނުދަންޏާ ޖަމިއްޔަތުލް ފަލާހުގެ ރައިސްކަން ހަމަޖެއްސޭތޯ ބަލާފާނަން

  4. ހަސަނުގެ ދަރި ލަތީފް

    ޙޭބަލި ވެދާނެ އެއްޗެއް ބުނާކަށް ނެތިން
    މިބައިގަނޑު ހީކުރަނީ ދިވެހިންނަކީ ގަމާރު ބައެއް ކަމަށްތަ

    38
  5. އަހަރެން

    ޝާހިދުމެން އަދިވެސް ލަދެއް ނުގަނޭދޯ ރައްޔިތުންގެ ކުރިމައްޗަށް އަރާކަށް. ދައުލަތް ހަނާއަރުވާލާގެން ތިހެން ތިބެވާހާ ހިނދަކު ޖޭސް އެސް ސީ އަށް ރައްޔިތުންގެ އިތުބާރު އޮތްކަމަށް ކަލޭމެން ބުނާނެ. ކަލޭމެންގެ ޝަރީއަތްތައް ފެށުމާއިއެކު ޖޭސްސީ ގެ އިތުބާރު ގެއްލޭނެ

    36
  6. ިޢަބްދޫ

    ޖޭއެސްސީ އިންވަނީ ފަނޑިޔާރުން ރަހީނު ކޮށްފަ.ޖޭއެސްސީން ވަނީ ފަނޑިޔާރުންނަށް ބިރުދައްކާފަ.ގާނޫނުއަސާސީގަ ބުނާ ފަނޑިޔާރުން ގެ މިނިވަންކަމަށް ޖޭއެސްސީން ވަނީ ހުރަސްއަޅާފަ.ގާނޫނުއަސާސީޢާއި ގާނޫނުގައި ވާގޮތަށް މައްސަލަ ނިން މަން ހުރަސްއަޅާފަވޭ.ހެއްކަކަށް ޔާމީނުގެ މައްސަލަ ފުދޭނެ ކަމަށް ދެކެން.

    9
    0
  7. ދޮނޭ

    އަނެއްކާ އަނެއްވާހަކަ.

  8. އަހުމަދު މުހައްމަދު

    ކާކު ޤަބޫލު ކުރަނީ ؟ އެބަޔަކު ރުހޭ މީހަކު ކުރާ ކޮންމެ ކަމެއް ރަނގަޅު ވަންޏާ ވާންވީ ؟ އަހަރެން ނުދެކެން އެތަނުގެ ބޭނުމެއް ވެސް އޮތް ކަމަކަށް.

  9. ޖެރީ

    ޑރ. އަފްރާޝީމް ޝަހީދު ކޮށްލީމަތަ ؟

  10. ލޮލް

    ސާހިދުގެ ތަލަހާ ބޮޑު ދޮގެއްދޯ އެހަދާލީ

  11. ލަކްނައު

    ތިޔައީ ދަތްތައް އެކަށް ވެރިފައިބާފަތިބި ހިޔަޅުތަކެއް.އަދިވެސްްް ދޮގު ދޮލަނގު ބޮލުން ބާލާކަށް ނުވޭތަ. ދިވެގިންނަކީިީ ގަމާރުންތަކެއްްް ކަމަށް ހީކުރެވުނީމަ،އިންތިޚާބުތަކުންްް ބަލިވީ؛

  12. ކިޔު

    އެމްޑީޕީން ކުރި ކަމަކީ ސިޔާސީ މީހުންހެ ނުފޫޒު ޝަރުއީ ދާއިރާއަށް ފަހިކޮށް ވަންނަގޮތަށް ގާނޫނުތައް ބަދަލުކުރީ. ގަވާއިދުތައް ހެދީ. ފަނޑިޔާރުން ފަޟީހައްކުރީ، ވަކޮކޮށް ބޭރުވާން މަޖުބޫރުކުރީ. ޝަރުއީ ދާއިރާ ތަމްސީކުކުރަން ތަންތަނަށް ދިޔައީ ރައްޔިތުން މަޖިލީހުގެ މެމްބަރު ހިސާނު !!
    ދެން މިނިވަންވިއްޔާ މިނިވަންވީ.!!

  13. ޙެހެހ

    ކޮބާ ތިބުނާ ރައްޔިތުންނަކީ !!!

  14. Anonymous

    ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހެޔުއެދޭ ފަރާއްތަކުން އެމްޑީޕީއަށް ހަދިޔާ ކުރި ފައިސާ ކޮބައިހޭ ، ޝާހިދު އިބޫ ނަޝީދު އަލީ ހާޝިމް އެކައުންޓު ފުރީޒު ކުރާށޭ އިލެކްޝަން ކޮމިޝަނުން އެމްޑީޕީ އާންމު މެމްބަރުން މިގޮވާލަނީ !

    7
    1
  15. ދޮންބެއްޔާގެހަސަނު

    ތާއީދު ކުޑަ ޕާޓީއެއްގެ އިތުބާރު ލިބުމަކީ އަދި ރައްޔިތުންގެ އިތުބާރު ލިބުމެކޭ ނުބުނެވޭނެ ދޯ. ޕީއެންސީ ފަރާތުން ބުނި ނަމަ ތަންކޮޅެއް ޤަބޫލުކުރަން ފަސޭހަވީސް. އެކަމަކު ރައްޔިތުންނަކީ ތިމަންނާ އޭ ހިތައް އަރައިގެން މިއުޅެނީ ތާއިދެއް ނެތް ބައިގަނޑެއް ލަދު ކޮބާ މީނަގެ

  16. މަތަރަސްމާ

    ބަލަ ނައިޓޭ މިހާރު ދޮގުދޮލަގާ ކާޕެޓާ ކޮންމެސް މައްސަލައެއްގައިޑީލުހެދީތަ؟ ދެންނައިޓޭ ގެއައްދުރުވޭ؟ސަރުއީސޯލިހުވިދާޅުވިގޮތައްބުރޯމިނިވަންވެއްޖެދެން ދޯފައިސާދޯ؟؟

  17. ޖުހާ

    އަންހެންހެން ފަޓިޔާރުން ކަލޭވެއްދީ ދެން މިނިވްން ވާނެ ތާ

  18. މަރުވާން

    ދިވެހި ރައްޔިތުން ކުރާނީ ކޮން އިތުބާރެއްތޯއެވެ. ބޭއިންޞާފުން 4000 ފްލެޓް ވަކިބަޔަކަށް ދޭން ނިންމައި ފްލެޓް ލިސްޓް ގެޒެޓްކުރި އެމް.ޑީ.ޕީ ސަރުކާރު އަދި ރާވައިގެން ރޯމާދުވާލު ކޮރޮޕްޝަނާއި ފަސާދަ ހިންގަމުންދިޔަ އެމް.ޑީ.ޕީ ސަރުކާރަށް ބާރު ލިބޭގޮތަށް ހުރި އެއްވެސް މުވައްސަސާއެއްގައި ރައްޔިތުންނަށް އިންޞާފާއި ހަމަހަމަ ކަމާއެކު ކަމެއް ކުރާނެ ކަމަށް ރައްޔިތުން ޤަބޫލެއް ނުކުރާނެ. ތިޔަ ޖުޑިޝަލް ސާރވިސް ކޮމިޝަންގައި ވެސް އޮތީ އެމް.ޑީ.ޕީގެ ބާރު. ރައްޔިތުންގެ ގިނަ ބަޔަކު ނުކުމެ އެމް.ޑީ.ޕީގެ ވެރިކަން ބަދަލު ނުކުރިނަމަ ބޭއިންޞާފުން ބޭނުންވި ބަޔަކަށް ދޭން ލިސްޓް ގެޒެޓްކުރި ފްލެޓްތަކާއި ރައްޔިތުންގެ މާލިއްޔާ ހުސްކޮށްލާ ޤައުމުގެ މިނިވަންކަން ވިއްކާލީހެވެ. މިވަރުގެ ބަޔަކު ރައްޔިތުންގެ ކުރިމައްޗަށް އަރާ ތިބެ މިދައްކަނީ ކޮން ވާހަކައެއްތޯއެވެ.