ވަރަށް ގިނަ ފަހަރު ވަރަށް އާދައިގެ ޖަވާބެއް ދޭން ޖެހޭ އަރަތަކުން ވެސް ވަރަށް ބޮޑަށް އޮޅުން އަރާ ރަނގަޅު ޖަވާބު ދޭން އުނދަގޫވާ ގޮތް މެދުވެރިވެއެވެ. މިއީ ވެސް ހަމަ އެފަދަ އަރަތެކެވެ.
ތޮފީގެ ދަށުގައި އޮތް ބުޅަލަކާ މެދު ހަދާފައިވާ މި އަރަތަކީ ބަލާބެލުމުން ވަރަށް އާދައިގެ އަަރަތެކެވެ. ނަމަވެސް މި އަރަތުގެ ރަނގަޅު ޖަވާބު ދެވެނީ މަދު ބަޔަކަށެވެ. އިކޮނޮމިކްސް އާއި މެތަމެޓިކްސްގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރެޝް ޓޯލްވޯކާ އޭނާގެ ޔޫޓިއުބްގައި "މައިންޑް ޔުއަ ޑިސިޝަންސްގެ" ދަށުން ޕޯސްޓް ކުރި މި ވީޑިއޯ އާއެކު ވަނީ ދިރާސާއެއް ކޮށްފައެވެ.
އެ ދިރާސާ އިން އެނގުނު ގޮތުގައި މި އަރަތް ފުރިހަމަ ކުރެވެނީ އެންމެ 36 އިންސައްތަ މީހުންނަށެެވެ.
މި އަރަތުން ފެންނަނީ ތިން ތޮފީގެ ދަށުގައި ތިން ބުޅާ އޮތް ތަނެވެ. އަދި އެ ތިން ކުރެހުމުގެ ތިރީގައި ތިން ސްޓޭޓްމެންޓް ދީފައިވެއެވެ.
ތޮފި 1: ބުޅާ އޮތީ މި ތޮފީގެ ދަށުގައި
ތޮފި 2: މި ތޮފީގެ ދަށުގައި ބުޅަލެއް ނެތް
ތޮފި 3: ބުޅާ އޮތީ 1 ވަނަ ތޮފި ދަށަކު ނޫން
މިއީ 3 ތޮފީގެ ދަށުން ފެންނަ ސްޓޭޓްމެންޓްތަކެވެ.
އެ އަރަތުގައި ބުނަނީ މީގެ ތެރެއިން ރަނގަޅު ސްޓޭޓްމެންޓަކީ އެންމެ ސްޓޭޓްމެންޓެއް ކަަމަށެވެ. އެހެންކަމުން ބުޅާ އޮތީ ކޮން ތޮތްޕެއްގެ ދަށުގައިތޯ ވަނީ ސުވާލުކޮށްފައެވެ.
ސުވާލުގެ ޖަވާބުތަކުގެ ގޮތުގައި ފަސް ހުށަހެޅުމެއް ވަނީ ހުށަހަޅައިފައެވެ. އެއީ
1) ބުޅާ އޮތީ ތޮފި 1ގެ ދަށުގައި
2) ބުޅާ އޮތީ ތޮފި 2ގެ ދަށުގައި
3) ބުޅާ އޮތީ ތޮފި 3ގެ ދަށުގައި
4) މަތީގައިވާ 3 އޮޕަޝަން ވެސް ރަނގަޅެއް ނޫން
5) އެކަށީގެންވާ ވަރަށް މައުލޫމާތެއް ނެތް
މި އަރަތުގެ ރަނގަޅު ޖަވާބު ހޯދާނެ ގޮތްވެސް ޓޯލްވޯކަ ވަނީ ހިއްސާކޮށްފައެވެ. ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން އެ ނިންމުމަކާއި މެދު ހަމަޖެހޭ ނަޒަރަކުން ވިސްނާލުން މުހިންމުކަން އޭނާ ފާހަގަކުރެއެވެ.
މި އަރަތުގެ ރަނގަޅު ޖަވާބަކީ ތޮފި އޮތީ ތޮފި 2ގެ ދަށުގައިކަމެވެ. ޖަވާބު ރަނގަޅު ހެއްޔެވެ؟ ޖަވާބު އައިގޮތް ހޯދަން މިި ލިޔުމުގައިވާ ވީޑިއޯ ބަލާލާށެވެެ.
މި ޖަވާބު ސަބަބަކީ މިގޮތަށް ޖަވާބު ދިނުމުން އެ ކުރެހުމާއި މެދު ދީފައިވާ ހުރިހާ މައުލޫމާތެއް ސައްހަވުމެވެ.
ގިނަ މީހުންނަށް ހީވަނީ ބުޅާ އޮންނާނީ ރަނގަޅު ސްޓޭޓްމެންޓެއް ލިޔެފައި އޮތް ތަނެއްގައި ކަމަށެވެ.
މި އަރަތުން ރަމްޒުކޮށްދޭ އިތުރުކަމެއްވެސް އެބަވެއެވެ. އެއީ އާދައިގެ ކަންކަމާއި މެދު ވިސްނާ އިރުވެސް ތެދު މައުލޫމާތުގެ ގޮތުގައި ޤަބޫލު ކުރަން ފަސޭހަ މައުލޫމާތު ޤަބޫލު ކުރުމުގެ ތޮބީއަތް އިންސަނުންގެ ކިބައިގައި ހުންނަ ކަމެވެ.
ތިމާއަށް ދިމާ ނުވާ ނޫނީ ދިމާވެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ވާހަކައެއް މީހަކު ކިޔާދިނުމުން ބަލައިގަންނަން މީހުން ދެކޮޅު ހަދާ ސަބަބަކީ މިއީއެވެ. އެހެންކަމުން މި އަރަތަކީ ވިސްނުމުގައި އަޅާ ކިޔުމުގެ ސިފަ ގެންގުޅޭ ތޫނު ފިލި މީހުން ދެނެގަންނަން ވަރަށް ރަނގަޅު އަރަތެކެވެ. ޚާއްސަކޮށް ތަހުގީގީ ނަޒަރަކުން ވިސްނާ މީހުން މި އަރަތް މެދުވެރިކޮށް ދެނެގަނެވޭނެއެވެ.
ބުޅާ އޮތް ތަނެއް ނޭނގިގެންތަ މިއުޅެނީ ؟؟
އިންސާނުން ވާތަންތަން ނޭނގިގެން މިއުޅެނީ މިހާރުވެސް..
ތި ޖަވާބު ނުބުނަނީސްވެސް އެނގޭ 2ކަން..މަގޭ ޖަވާބު ދިމާވިއްޔޯ؟؟؟🤣😁
މޮޅު އިނގޭ
އާން
ކާން ގަންނަ އެއްޗެއް އެކަމު އެއްނުއެކާ އެއީ ކޯއްޗެއް؟ މިއަރަތުގެ ޖަވާބު ދީބަލަ.
މިޖޯކެއް ނޫން ހަގީގަތެއް.ޖަވާބު އެނގިއްޖީޔާ ބުނާނެ އާން އެއީ ތެދެކޭ.
ތަށި
ތަށި ، ލޮލް
ތަށި
2ވަނަ ތަށީގައި ކަންނޭނގެ 😂😂😂