ވަރަށް މަދުން ނޫނީ ނުފެންނަ ކަޅު މިނިކާވަގެއް އިންޑިޔާއިން ފެނިއްގެ އެވެ.

'މެލެނިސްޓިކް ޓައިގާ' ގެ ނަމުން މަޝްހޫރުވެފައިވާ މިވައްތަރުގެ ސިންގާއެއް ފެނިގައި މިވަނީ ޖަނަވާރުންގެ ފޮޓޯނެގުމަށް އުޅުނު މީހަކަށެވެ. ތަޖުރިބާކާރުންނާއި ހަވާލަދީ އިންޑިޔާގެ ނޫހަކުން މައުލޫމާތުދޭ ގޮތުގައި މި ވައްތަރުގެ މިނިކާވަގު ފެންނާނީ ހަމައެކަނި އިންޑިޔާގެ އޮޑިޝާ އިންނެވެ.

ތަޖުރިބާކާރުން ބުނީ މަދުން ނޫނީ ނުފެންނަ މި ވަތްތަރުގެ 7 ނުވަތަ 8 މިނިކާވަގު ހޯދިފައިވާ ކަމަށެވެ.

މިލަނިސްޓިކަ ޓައިގާގެ ނަމުން ނަންދީފައިވާ މި މިނިކާވަގު އެހެން މިނިކާވަގުތަކާއި ތަފާތު ވަނީ މީގެ ގައިގައި ކަޅު ކުލަ ހުންނާތީ އެވެ. މި މިނިކާވަގުގެ ޖީން ޑިފެކްޓެއްގެ ސަބަބުން މި ބާވަތުގެ މިނިކާވަގުގެ ހަމުގެ ކުލަ ފޮރުވާލަދެނީ ކަޅު ކުލައި ބޯ ކެހެރިތަކުންނެވެ. މިހާތަނަށްވެސް މި ބާވަތުގެ މިނިކާވަގެއް ހަމައެކަނި ފެނިފައި ވަނީ އިންޑިޔާގެ ޖަންގަލި ތަކުންނެވެ،

މިނިކާވަގުގެ އާބާދީގެ 70 އިންސައްތަ މިނިކާވަގު ދިރިއުޅެނީ އިންޑިޔާގެ ޖަންގަލިތަކުގައި އެވެ. 2018 ވަނަ އަހަރު ނެރުނު ޓައިގާ ސެންސަސް ރިޕޯޓު ދައްކާ ގޮތުން މިލަނިސްޓިކް މިނިކާވަގުގެ އާބާދީވެސް ފާއިތުވި އަހަރުތަކުގައި މަދުވާކަމަށް ފާހަގަ ކޮށްފައި ވެއެވެ. އިންޑިޔާގެ އޮޑިޝާއިން އެންމެ ފުރަތަމަ މި ބާވަތުގެ މިނިކާވަގެއް ފެނިފައި ވަނީ 2007 ވަނަ އަހަރުއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއުއެއްގައި އިންޑިޔާގެ ވައިލްޑް ލައިފް އިންސްޓިޓިއުޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ބިވާޝް ޕަންޑަވް ބުނީ އިންޑިޔާގެ ސްޓޭޓްގައި މިހާރު ތިބިކަމަށް ބެލެވެނީ މިލަނިސްޓިކް މިނިކާވަގުގެ 7 ނުވަތަ 8 މިނިކާވަގެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. .

    ތިވާނީ މިނިކާވަގަކަށް.

    4
    1
  2. ފޮޓޯ

    ފޮޓޯ ނަގަން އުޅޭ މީހަކަށްވެ އޭނާ އެ ގެންގުޅޭ ކެމެރާ އެއްގެ ކޮލިޓީ ދޯ؟؟!!

    4
    1
  3. ހުސެންކޮއެ

    ނޫސްވެރިޔާއަށް މިނިކާވަގާ ސިންގާ އާ ވަކިކުރަން ނޭގުނީމަ، އަލުން ދާންވީ ޕްރީ ސުކޫލަށްހެން ހީވަނީ!!!

    4
    2
  4. ހަވާސާ އިބޫ

    އިންޑިޔާގެ ބޮޑުވަޒީރަކަށް މިހާރު ހުރި މޯދީއަކީވެސް މަދުންނޫނީ ނުފެންނާނެ އިސްލާމްދީނަށް ފުރައްސާރަކުރާ މުނާފިގެއް