އެމެރިކާގެ އިލިނޮއިސްގައި 51 އަހަރުގެ އަންހެނަކު އޭނާ އަށް މާމަ ކިޔާނެ ދަރިއަކު ވިހައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޫލީ ލަވިން ނަމަކަށް ކިޔާ އަންހެން މީހާ ނޮވެމްބަރ މަހުގެ 02 ވަނަ ދުވަހު ވިހާފައި ވަނީ އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅުގެ ދަރިފަނިން ހޯދި ކުއްޖެކެވެ. ޖޫލީ ސަރަގޭޓް މަންމައެއްގެ ދައުރު އަދާކޮށްގެން އޭނާގެ މާމަ ދަރިއަކު އުފަން ކުރުވީ އޭނާގެ އަންހެން ދަރިފުޅު ބްރިއާނާ ދަރިއަކު ހޯދަން ހަތަރު އަހަރު ވަންދެން ކުރި މަސައްކަތުން ވެސް އަލިމަގެއް ނުފެނުމުންނެވެ.

ބްރިއާނާ އާއި އޭނާގެ ފިރިމީހާ ވަނީ ހަތަރު އަހަރު ވަންދެން އައިވީއެފް މެދުވެރިކޮށް ދަރިއަކު ހޯދަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކުރެވުނު މަސައްކަތުން އެދެމަފިރިންނަށް ދަރިއަކު ނުލިބުމުން ދެން އެމީހުންނަށް އެހީވާން ވިސްނީ ޖޫލީއެވެ.

ޖޫލީ ވިހޭ ކުއްޖާ އަށް ދީފައިވާ ނަމަކީ ބްރިއާ ޖޫލިއެޓް ލޮކްވޫޑެވެ.

ޖޫލީ ވިހާފައި ވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެއީ ޑިއު ޑޭޓް ޖެހުމުގެ 10 ދުވަސް ކުރިން ބަނޑުގައި އޮތް ދަރިފުޅަށް ސިއްހީ މައްސަލައެއް ދިމާވުމުންނެވެ. ނަމަވެސް މިހާރު ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

ބްރިއާނާ ބުނީ ދަރިއަކު ނުވަމަސް ދުވަސް ވަންދެން ބަނޑުގައި ބާއްވައިގެން ބެލެހެއްޓުން އެއީ ބަޔާން ކުރަން ވެސް ނޭނގޭނެ ބޮޑު ބުރައެއް ކަން އޭނާ ގަބޫލު ކުރާކަމަށާއި އޭނާގެ މަންމަ އޭނާ އަށް ދަރިއަކު ހޯދައިދޭން ކުރި މަސައްކަތް ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

"އަހަރެންގެ މަންމަ ކޮށްދިން ކަންތަކަށް ޝުކުރު އަދާކުރުން އެއީ ކުރެވޭނެ ކަމެއް ނޫން. އެއަށްވުރެ މާބޮޑަށް ވެސް ހެޔޮ ކަމެއް މަންމަ އެކޮށްދިނީ." ބްރިއާނާ ބުންޏެވެ.

ބްރިއާނާ މީގެ ކުރިން އެތައް ފަހަރަކު ބަލިވެ އިނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ވަނީ ދަރިފުޅު ބައިގެން ގޮސްފައެވެ. އެއްފަހަރު އެއްމާބަނޑު ދެދަރިން ވެސް ވަނީ ބައިގެން ގޮސްފައެވެ.

ބްރިއާނާގެ އާއިލާ އިން ވަނީ އެމީހުން ދަރިއަކު ހޯދަން ކުރި މަސައްކަތް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެޕޯސްޓްތަކަށް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތުނިޔަ

    ބަނޑުއަޅާ ވިހޭމަ ވާނީ ހަމަ މަންމަޔަށް.

    34
    4
  2. ފަނީ

    އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅުގެ ދަރިފަނިން ހޯދި ކުއްޖެކެވެ. އަންހެން މީހާގެ ވެސް ދަރިފަނި ހުރޭ؟

    28
    2
  3. އަހުމަދު

    ނަސްލު އޮޅުވާ؛ލުން.... ބުއްދިވެރިން ކަމުގާ ދަޢުވާކުރާ މޮޔަބައެއް.

    22
    9
  4. ޣޯސް

    ބޮޑު ހަރާންކަމެއް. ދަނބިދަރީގެ ފަންޏޯ.

    7
    13
  5. ތުނިޔަ

    ވަރަށް ޝައުގުވެރި ކުރުވާ ސުވާލެއް އެބަވޭ. ޥިހާމީހާގެ ޖީންތަކުގެ އެއްވެސް އަސަރެއް މިދަރިޔަށް ވާނެހޭ. ށައިންޓިފިކަލީ ނުވާނެ.. ދެން އެހެންވީމަ ހިތުތެރޭ އުފެދޭ މައިވަންތަކަމުގެ އަރީޒާ އުފެދޭނެތޯ އަދި އެއީ ކޮންމިންވަރަކަށްތޯ... އިސްލާމް ދީނުގަ މިކަން ސައްހަވެގެންދާނެ ނަމަ އެ ގޮތަކީ ކޮބާތޯ.

    15
    3
    • މާހިރާ

      އިސްލާމްދީނުގައި، ކުއްޖަކު އުފަންކުރުވުމުގައި ތިންވަނަމީހެއްގެ ބައިވެރިވުމެއް ހުއްދަވެގެނެއް ނުވޭ.

      18
      4
      • އަލިބެއްޔާ

        ޖަވާބު ވަރަށް ފުރިހަމައެވެ.

  6. ޙަސެެނަަ

    މި ކަހަލަ ލިޔުން ލާފަ ދެން ގެވެށި އަނިޔާ އޭ ކިޔާ އަނގަ ނުހުޅުވާ.....

    12
    6
  7. Anonymous

    Mi kadaelhigen ziney... zineyge vaahakathah nuleyo..biruvethivey

    2
    1