2020 ވަނަ އަހަރަކީ އެތައް ގޮތަކުން ވެސް ތަފާތު އަހަރެކެވެ. އާދަޔާ ޚިލާފު އެތައް ކަމެއް ހިނގަމުންދާ އަދި ފެންނަމުންދާ އަހަރެކެވެ. މި ތަފާތު ކަންތަކުގެ ތެރެއަށް މިފަހަރު އިތުރުވީ ''ބެޓް ފިޝް''އެއް ކަނޑުއަޑީގައި އޭގެ ''ފިން'' ބޭނުން ކޮށްގެން ހިނގި ހިނގުމެވެ.

ކެރިބިއަންގެ ހޮންޑުރަސްގެ އުތުރަށް އޮންނަ ރަށެއް ކަމުގައިވާ ރޯޓަންގެ ''ފުރެންޗު ކީ'' ނަމަކަށް ކިޔާ ''މަޑް ޗެނަލް''އެއްގައި އާއްމުކޮށް ނުފެންނަ ބާވަތުގެ މަހެއް ކަމަށްވާ ''ޝޯޓް ނޯސް ބެޓް ފިޝް''އެއް ހިނގާ ވީޑިއޯ ކޮށްފައިވަނީ މިކީ ޗާރޓަރިސްއެވެ.

ކަނޑުގެ ދިރުންތައް ބަލައި ހޯދުމަށް ޝައުގުވެރިވާ މިކީ ބުނެފައިވަނީ ''ބެޓް ފިޝް'' ހިނގާ މަންޒަރަކީ އޭނާއަށް ފެނުނު އެންމެ އާދަޔާ ޚިލާފު އަދި ގަބޫލު ކުރަން ދަތި ކަންތައް ކަމުގައެވެ.

މި ވީޑިއޯގައި ދައްކައިދެނީ ''ބެޓް ފިޝް'' ވަރަށް މަޑުމަޑުން ވަރަށް ތަރުތީބުން އޭގެ ''ފިން'' ބޭނުން ކޮށްގެން ހިނގާ މަންޒަރެވެ. ''ބެޓް ފިޝް'' އާއްމު ގޮތެއްގައި ކައި އުޅޭ މަހާއި ކަކުނި ހޯދުމަށް މަޑުމަޑުން ޝިކާރަކުރަމުންދާ މަންޒަރެވެ.

އެހެން މަސްތަކެކޭ އެއްފަދައިން ''ބެޓް ފިޝް''އަކީ ވެސް ފަތާ މަހެކެވެ. އަވަހަށް އުޅެންޖެހޭ ހާލަތްތަކުގައި ''ބެޓް ފިޝް'' ވެސް ފަތައެވެ. ހިނގާފައި އުޅެނީ ވަރަށް މަދުންނެވެ.

މޫދުގެ ދިރުންތަކުގެ ތަޖުރިބާކާރެއް ކަމަށްވާ މިކީ ބުނެފައިވަނީ ''ބެޓް ފިޝް'' ހިނގާ މަންޒަރަކީ ވަރަށް މަދުން ނޫނީ ޑައިވް ކުރާ މީހުންނަށް ވެސް ފެންނަ އެއްޗެއް ނޫން ކަމުގައެވެ.

''ޝޯޓް ނޯސް ބެޓް ފިޝް''އަކީ ހަމައެކަނި ކެރިބިއަން ސަރަހައްދުތަކުގައި ދިރިއުޅޭ އެއްޗެއް ކަމަށް ވެސް މިކީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަކުނުބެ

    މަސް އުޅޭނީ ކަނޑުގައި، އެތަނުގައި އެމީހުން އުޅޭނެ ގޮތަކަށް އުޅެދާނެ އަދި ތަފާތު ގޮތެއް ފެނުމުގެ ފުރުސަތުވެސް އޮވެދާނެ.
    ނަމަވެސް އަހަރެން ހައިރާންވަނީ 80 ވަރަކަށް މަކުނު ޓައި އަޅުވާފައި ބައިތިއްބާ ކާންދީ ، ބޮޑު މުސާރަދީ އަދި އޮފީހެއްކަހަލަ ތަނެއްގައި ގެންގުޅޭތީ. މަކުނު އުޅެންޖެހޭނީ ޖަންގަލީގައި.

    31
    1
  2. ބަލާވެރިކަން

    ކޮބާތައް ވީޑިއޯ؟؟

    20
  3. މުޙައްމަދު

    އެހެން މަސްތައް ފީނަނީ. ފަތާ މަހެއް ނުދެކެން.

    10