އެޕަލް އިން މިއަހަރު ބާޒާރަށް ނެރުނު އައިފޯން-12 އަށް އެސްއެމްއެސް ނުލިބޭ ކަމަށް ބުނެ ބައެއް މީހުން ޝަކުވާ ކުރަމުން އެބަގެންދެއެވެ.

ޓްވިޓާގައި ބައެއް މީހުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ގުޅިގެން "ފޯބްސް" އާއި އެޕަލްގެ އުފެއްދުންތަކާއި ގުޅޭ މައުލޫމާތު ހާމަކުރާ "މެކްރޫމާސް" ގައި ބުނެފައި ވަނީ އެޕަލް އިން ނެރުނު އައިފޯން-12 އަށް އެސްއެމްއެސް ނުލިބިގެން ވަރަށް ގިނަ މީހުން އެކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

ބައެއް މީހުން އެސްއެމްއެސް އެއްގޮތަކަށް ނުލިބޭ ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ އެސްއެމްއެސް ލިބުނު ނަމަވެސް އެސްއެމްއެސް ލިބުނު ކަމުގެ ނޮޓިފިކޭޝަން އެމީހުންނަށް ނުލިބޭ ކަމަށެވެ. ބައެއް މީހުން ވަނީ ގްރޫޕް މެސެޖް ލިބުމުގައި ވެސް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން އަދި އެޕަލް އިން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް މީޑިއާތަކުން ބުނާ ގޮތުގައި އައިއޯއެސް އަޕްޑޭޓް އެއް ފޮނުވައިގެން އެޕަލް އިން މިމައްސަލަ ހައްލު ކުރާނެއެވެ. އެހެންކަމުން މިއީ އެޕަލް އިން އާފޯނުތައް ގަނެފައިވާ ފަރާތްތަކަށާއި އަދި ގަންނަން ތައްޔާރުވަމުންދާ ފަރާތްތަކަށް މާބޮޑު މައްސަލައަކަށް ނުވާނެއެވެ. މީގެ ކުރިން ވެސް އަލަށް ނެރޭ ފޯނުތަކުން މިފަދަ ކުދިކުދި މައްސަލަތައް ފާހަގަ ކުރެވެއެވެ. ނަމަވެސް އެޕަލް އިން އަޕްޑޭޓެއް ފޯނުތަކަށް ފޮނުވައިގެން މައްސަލަތައް ހައްލު ކުރެއެވެ.

އެޕަލް އިން މިއަހަރުގެ އޮކްޓޯބަރ މަހު ވަނީ އައިފޯންގެ ހަތަރު މޮޑެލް އެއް ދައްކާލާފައެވެ. މިހާރު އެހުރިހާ މޮޑެލްއެއްގެ ފޯނު ވެސް ވަނީ ބާޒާރަށް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ލޮކްޑައުން ގައި ހެދި ފޯނެއް. ލޮކްޑައުން ގައި މުވައްޒިފުން ވެސް މަސައްކަތަށް ނެރޭނީ ވަކި ޢަދަދަކަށް. ވީމާ މިކަމުގެ އަސަރު ފޯނު ހެދުމުގައި ކުރާނޭކަން ޔަޤީން.

    10
    1
  2. އ . ޖ . އ

    ތިޔަ ނޫން އައިފޯނެއް ނުނެރޭ