އެޕަލް ކުންފުނިން މި އަހަރު ނެރޭ އާ ފޯނުގައި ފޯން އަންލޮކް ކުރުމަށް ފިންގަޕްރިންޓް ސްކޭނާ އެއް ހުންނާނެ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

އެޕަލް ކުންފުނިން ނެރޭ އުފެއްދުންތަކުގެ މައުލޫމާތުތައް އެ އުފެއްދުމެއް ނެރުމުގެ ކުރިން ލީކުކޮށްލާ މީހުންގެ ތެރޭގައި ހިމެނޭ އެންޑްރިއު ގާޑިނާ ބުނީ އަލަށް ނެރޭ އައިފޯނުގައި ފޭސް އައިޑީގެ އިތުރުން ފިންގަޕްރިންޓް ސްކޭނާއެއް ވެސް ހުންނާނެ ކަމަށެވެ.

އެންޑްރިއު ލިޔެފައިވާ ރިޕޯޓުގައި ބުނާ ގޮތުން މިއަހަރު އެޕަލް އިން ނެރޭނީ އައިފޯން 13އެވެ. ނަމަވެސް އެހެން ފަރާތަކުން ބުނީ މި އަހަރު އައިފޯން 13 ނުނެރޭނެ ކަމަށާއި މިއަހަރު ނެރޭނީ އައިފޯން 12 ގެ އާ މޮޑެލް އެއް ކަމަށެވެ.

އެޕަލް އިން މީގެ ކުރިން ނެރެފައިވާ ފޯނުތަކުގައި ފިންގަ ޕްރިންޓް ޖަހައިގެން ފޯނު އަންލޮކް ކުރެވޭ ގޮތް ހުރިއެވެ. ނަމަވެސް ފަހުގެ ފޯނުތަކުގައި ފޯނު އަންލޮކް ކުރެވެނީ ފޭސް އައިޑީ ނުވަތަ ޕާސްވޯޑެއް ބޭނުންކޮށްގެންނެވެ.

މީގެކުރިން 2019 ވަނަ އަހަރުގައިވެސް އައިފޯނުގެ ސްކްރީނުގައި ފިންގަޕްރިންޓް ސްކޭނާއެއް ހުންނާނެ ކަމަށް އަޑުފެތުރުނެވެ. ނަމަވެސް އެކަމެއް ހަގީގަތަކަށް ވެފައި ނުވެއެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ބްލޫމްބާގް މާކް ގާމަން އާއި ދަ ވޯލް ސްޓްރީޓް ޖާނަލްސް ޖޯންނާ ސްޓާން ވަނީ އެޕަލް އިން އައިފޯން 13 ގައި ފިންގަޕްރިންޓް ސްކޭނާ އެއް ބެހެއްޓުމަށް ޓެސްޓުތައް ހަދާކަމަށް ބުނެފައެވެ.

ފޭސް އައިޑީ ބޭނުންކޮށްގެން ފަހުގެ އައިފޯން އަންލޮކް ކުރުމަށް މިހާރު ވަނީ ދަތިކަމަކަށް ވެފައެވެ. އެއީ ކޮވިޑާ ގުޅިގެން މާސްކު އަޅަން މަޖުބޫރު ވެފައިވާތީއެވެ. އެޕަލް އިން ފޭސް އައިޑީ އަދި ފިންގަޕްރިންޓް ބޭނުންކޮށްގެން ފޯނު އަންލޮކް ކުރެވޭނެ ގޮތް ހެދުމުން ވަރަށް ގިނަ ފަރާތްތަކަށް ފަސޭހަ ވެގެންދާނޭ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިސްވަޖީހު

    ތިދެ ން ވަރަށް މޮޅުވީ. ޢެހެ ން ހުރިހާ ފޯ ނަކު ން އަޅުވާ ބާކޮށް މުސްކުޅިވީމާ އެޕަލް ފޭ ނުނ ންނ ނަށް އެލިބު ނީ

    1
    3
    • ހަސަނު

      ހެހެ. ވާނުވާ ނޭންގުނަސް ކޮމެންޓް ކޮއް ނަގަން ވާނެ.

      1
      1