ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވެވަޑައިގަތުމަށް ކުރައްވާ މަސައްކަތް ކިތަންމެހާ ވެސް ބުރައެވެ. ރެއާއި ދުވާލު ނުނިދާ ހޭލާ ހުރެގެން ވެސް މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެއް ވެސް ދިޔައެވެ. އުމުރު ދުވަހު ކުރެއްވި މަސައްކަތުން ކާމިޔާބީއަކާ ހަމައަށް ދެވޭ މެމްބަރުންނާއި ދެތިން މަސް ކުރިން ކެމްޕެއިން ފަށައިގެން ކާމިޔާބު ކުރައްވާ މެމްބަރުން ވެސް އެބަތިއްބެވިއެވެ. މަޖިލިހުގެ މެމްބަރު ކަމަށް ހޮވެން، އެ ބޭފުޅުން ބޭނުން ކުރައްވަނީ ވަރަށް މޮޅު "އުކުޅެކެވެ".

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ހުރިހާ މެމްބަރުން ވެސް ކުރެއްވީ ބުރަ މަސައްކަތެކެވެ. އެ މަސައްކަތަށް ފަހުގައި އެ މެމްބަރުން މި ދުވަސްކޮޅު ބޮޑަށް އުޅުއްވާނީ "އަރާމު" ކުރެއްވުމުގައެވެ. އާއިލާ އާ އެކުގައި ވަގުތުތައް ހޭދަ ކުރެއްވުމުގައެވެ. މިދިޔަ ދުވަސްތަކުގައި އާއިލާ އާ އެކީގައި އެހާ ގާތުން މަސައްކަތް ކުރެއްވިފައި ނެތީމައެވެ. އެހެން ބައެއް ބޭފުޅުން ވިޔަފާރީގެ ކަންކަމުގައެވެ.

ދަނގެތި ދާއިރާގެ އިންތިހާބީ މެމްބަރު އަބުޅޯ ރަށަށ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ.

އެކަމަކު، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ރަޝީދު (އަވަސް އަބުޅޯ) ވަރަށް ތަފާތެވެ. އިންތިހާބުވީ ގިނަ މެމްބަރުންނާ ހިލާފަށް އަބުޅޯ ފެނުނީ ދާއިރާގެ ފަސް ރަށަށް ވެސް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު ބައްލަވަން ފެއްޓެވި ތަނެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހު ބޭއްވެވި ބައްދަލުވުމަށް ފަހު، ވަގުތުން ވަގުތަށް ލޯންޗަށް އަރާ ވަޑައިގެން ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވިއެވެ. އަވަސް އަބުޅޯ މިވަގުތު ގެންދަވަނީ ފަސް ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވަމުންނެވެ.

ދަނގެތި ދާއިރާގައި ހިމެނޭ ފަސް ރަށަކީ އދ. ދަނގެއްޗާއި އދ. ދިގުރަށާއި އދ. އޮމަދޫ އާއި އދ. މަންދޫ އާއި އދ. ދިއްދޫ އެވެ. މި ރަށްތަކުގެ ތެރެއިން ދިއްދޫއަކީ ރާއްޖޭގައި ނިސްބަތުން އެންމެ މަދުން މީހުން ދިރިއުޅެމުން އަންނަ ރަށެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި

މަޖިލިސް އިންތިހާބުގައި އަވަސް އަބުޅޯ އަށް ލިބިވަޑައިގެންނެވި ކާމިޔާބީ ވަރަށް ހާއްސައެވެ. އަބުޅޯ އާ ވާދަކުރެއްވީ ވަރަށް ވަރުގަދަ ޝަހްސިއްޔަތުންތަކަކާއެވެ. އެ ޝަހްސިއްޔަތުންނާ ބަލާފައި އަބުޅޯއަކީ އާދައިގެ ބޭފުޅެކެވެ. އެމްޑީޕީގެ ފަރާތުން ނުކުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަދި އެންސްޕާގެ ކުރީގެ ސީއީއޯ ރުގިއްޔާ މުހައްމަދެވެ. ރުގިއްޔާ މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.

އަބުޅޯ އާ އެންމެ ބޮޑަށް ވާދަކުރެއްވި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މައުމޫން އަބްދުލް ސަމަދު (މާމްބެ)އެވެ. މައުމޫނަކީ ޔާމީންގެ ފުރިހަމަ ތާއީދާ އެކުގައި މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އަބުޅޯ އިންތިހާބު ކާމިޔާބު ކުރެއްވީ 975 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުލީ މީހުންގެ %49.37 މީހުންނެވެ. އަބުޅޯ އާ އެންމެ ކައިރިން ވާދަކުރެއްވި މައުމޫނަށް ލިބިވަޑައިގެންނެވީ 551 ވޯޓެވެ. އަދި ރުގިއްޔާ އަށް ލިބިވަޑައިގެންނެވީ 435 ވޯޓެވެ.

ދަނގެތި ދާއިރާގެ އިންތިހާބީ މެމްބަރު އަވަސް އަބުޅޯ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. ---

މަޖިލިސް ކެމްޕެއިންގައި ސޯލިހް ވަނީ އެއާ ޓެކްސީގައި އޮމަދޫ އަށް ވަޑައިގެން ފަސް ގަޑިއިރު ކެމްޕެއިން ކުރައްވައިފައެވެ. އެކަމަކު، އެ ރަށުން ވެސް މެޖޯރިޓީ ވޯޓު ހޯއްދެވީ އަބުޅޯއެވެ. އަބުޅޯ އަށް ތާއީދު ކުރެއްވި ސިޔާސީ ލީޑަރުންގެ ތެރޭގައި ރައީސް ޑރ. މުއިއްޒާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ގާސިމް ވަނީ ދަނގެއްޗަށް ވަޑައިގެން އަބުޅޯގެ ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވައިފައެވެ.

އަދި އަބުޅޯގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް ގިނަ ވަޒީރުން ވެސް ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވިއެވެ.

އިންތިހާބުގައި ލިބިވަޑައިގެންނެވި މޮޅާ އެކުގައި އަބުޅޯ އަވަސްވެގަތީ ދާއިރާގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރެއްވުމުގައެވެ. މިއީ އިންތިހާބީ މެމްބަރެއްގެ ފަރާތުން ވަރަށް ނުފެންނާނެ މަންޒަރެކެވެ. އަދި އެހެން މެމްބަރުން ވެސް މިކަމުގައި ނަމޫނާ އަކަށް ބަލައިގަންނަން ޖެހޭ ކަމެކެވެ.

"އަޅުގަނޑު ކެމްޕެއިންގައި ގޭގެއަށް ދިޔައީމަ ބުނީ ހޮވުނީމަ ދެން ނުފެންނާނެއޭ. އެހެންވެ އެކަން އެގޮތަށް ނުވާނެ ކަން އަޅުގަނޑު މި ސާބިތުކޮށް ދެނީ. އަޅުގަނޑު ބޭނުން ވަނީ ހޮވުނީމަ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން. ހަގީގަތުގައި މިއީ ރައްޔިތުން ކުރި ބުރަ މަސައްކަތް،" އަބުޅޯ ވިދާޅުވިއެވެ.

ދަނގެތި ދާއިރާއަށް އަވަސް؛ އެންމެ ވަރުގަދަ ކެންޑިޑޭޓު، ތަފާތު ދައްކާނެ!

އަބުޅޯ ވިދާޅުވި ގޮތުގައި ދާއިރާގެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭގެއަށް ގޮސް އެމީހުންނާ ބައްދަލު ކުރައްވަން ފެށީމަ ގިނަ ބަޔަކަށް ލިބެނީ ހައިރާން ކަމެކެވެ.

"އެމީހުން ހީކޮށްގެން ތިބީ އަޅުގަނޑެއް ދެން ނާންނާނެއޭ. އެކަމަކު ހޮވުނު ފަހުން ކުއްލިއަކަށް ރަށަށް އައީމަ އެމީހުން ތިބީ ވަރަށް އުފާވެފައި. އަނެއްކާ އެންމެ އުފާވީ ކޮންމެ ގެއަކަށް ހެން ވަކިން ޒިޔާރަތްކޮށް އެމީހުންގެ ހާލު އަހުވާލު ބަލައި ހެދީމަ،" އަބުޅޯ ވިދާޅުވިއެވެ.

އަބުޅޯ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ދަނގެތި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި މަޖިލިހުގެ ތެރެއިން ކުރެއްވެން ހުރި މަސައްކަތްތައް ކުރައްވައި ދަނގެއްޗަށް ކުރިއެރުން ގެނެސް ދެއްވާނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވައެވެ.

"އަޅުގަނޑަށް ވޯޓު ދިން މީހުންނާއި ވޯޓު ނުދިން މީހުންނާ މެދުގައި ވެސް ތަފާތު ނުކޮށް ހަމަހަމަކޮށް އަޅުގަނޑު މަސައްކަތް ކުރާނީ. އިންތިހާބު އެ ވަނީ ނިމިފައި، ދެން ކުރަން ހުރި މަސައްކަތް ގިނަ. ރައްޔިތުންނާ ގުޅިގެން އެ މަސައްކަތް ކުރެއްވުމުގައި ދެމި ހުންނާނަން،" އަބުޅޯ ވިދާޅުވިއެވެ.

އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވެސް ފާހަގަ ކުރެއްވި އެއް ކަމަކީ މަޖިލިހުގައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އަދި މަޖިލިހަކީ ނަތީޖާ ނެރެދޭ ތަނަކަށް ހެއްދެވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އަދި މެމްބަރުން، ރައްޔިތުންނަށް ހިދުމަތް ކުރައްވާ އިރުގައި ވަކި ފިކުރަކަށް ނޫނީ ކުލައަކަށް ނުބެލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސްގެ އުންމީދީ މެސެޖް: ގުޅޭނެ، މިއީ ވަކި މެމްބަރެއްގެ ރައީސެއް ނޫން!

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ގަބުޅި ކަތީބު

    މިކަހަލަ ބުރާންތީން މި ހޮވެނީ މަޖިލީހައްވެސް ރަށު ކައުންސިލް ތަކަށްވެސް....މަޖިލިސް މެންބަރުން ނަކީ ކޮންކަމެއް ކުރަން ޖެހޭބައެއް ކަންވެސް ނޭންގޭ މީހުން....

    29
    70
    • ދަނގެތި މޯޑް

      އަބުޅޯއަކީ ވަރަށް މީހުންނަށް އަބުދުވެސް ރަނގަޅު މީހެއް، އަދި ކުރިއަތް އޮތްތާނގަ ރަނގަޅު ބަދަލެއްފެންނާނެ ކަމަށް ޤަބޫލުކުރަން!!

      10
      9
  2. ލުއްޗާާ

    އަވަސް ވަރެއް ނޯންނާނެ

    32
    11
  3. ބުލް ބުލް

    އުންމީދު ކުރި ކަހަލަ މެންބަރެއް ލިބުނީތީ ޝުކުރު ކުރަން

    44
    10
  4. މެނޭޖަރ

    ކިހާވަރަކުން ދާނެބާ..

    47
    12
  5. އޭނާ

    މެންބަރުގެތިއަލުންއެއްކަމެއް ޔަގީންވެއަޅުގަނޑައް. އެއީ ތިބޭފުޅާއަކީ ތިބޭފުޅާއައްކަމެއްކޮއްދިން މީހެއްގެމަތިން ހަނދުމަވާބޭފުޅެއްކަން. އެއީރަނގަޅުސިފައެއް މީހުންނާގުޅޭބޭފުޅެއްކަން މަނިކުފާނުހޮވުމުގެ ސިއްރަކީވެސްއެއީ. މަރުހަބާ

    42
    5
  6. ކަނބުރޭ

    ކައުންސިލަރެއްދޯ މި ހޮވުނީ .

    4
    2
  7. ކޮނޑުގައި އޮތް ފުރޯ

    ގާނޫނު ހަދާ މަޖލީހުގެ ނަން ވެލްފެއަރ މަޖިލިސް ވެފްފެއަރ އޮފިސަރުންނަށް ބަދަލުކުރަންޖެހޭ

    10
  8. އޮމަދޫ އުއްމީދު

    އަވަސް ތަފާތު ކަން ކުރިންވެސް ފާހަގަ ކުރެވުނު. ތި މަޤާމްއަށް ނުހޮވެނިސް މީގެ 03 ވަރަކަށް އަހަރު ކުރިން ފެށިގެން ރައްޔަތުން އެކު މަސަކަތުގައި އުޅެނިކޮއް ދިމާވި. އޭރު ވެސް ވަރަށް ހިންގާފަ އުޅެނީ. ޖަވާބު ދާރީވެ، ޚަބަރުވޭ، ވާނެ ކަމެއް ވާނޭ އަދި ނުވާނެ ކަމެއް ނުވާނެ ސީދަލަށް ބުނޭ. ވަރަށް މަދުން ނޫނީ ސިޔާސީ މީހެއް ކައިރިން ފެނުނު ކަމެއްނޫން. އެހެން މީހުން ފޮލާ ކަނޑާފަ ޚަބަރު ނުވާނެ. ބުނާ ބަސް އަޅިއަށް ގޮސް ހުރީ. މަޤާމް އާދެވެނީމަ ރައްޔަތުން މަތިން ހަދާން ނެތިފަ ހުރީ. އަވަސް ކައިރިން އުއްމީދު ކުރަން ކުރިއަށް އޮތް ތާގައިވެސް ކުރިއެކޭ އެއެގޮތަށް އެމެންނާ ގުޅިގެން އަދި ދައިރާ އަށް އަހިސް އުޅޭނެ ކަމަށް.

    6
    1
  9. ދިގުރަށު ހަސަން

    ސިޔާސީ މީހުން އާމު ކޮއް ދަކާ ގޮތަށް ވުރެ ޑިރެކްޓު ކޮއް ޖަވާބު ދޭ ސޮރެއް މީއީ. އެކަމަކު ބުނި ކަންތަކަށް މަސަކަތް ކޮއްދިން. ސިޔާސީ ގޮތުން ދެ ފަޅި އެއްގައި ހުރި ނަމަވެސް މީނައަށް ގުޅީމަ ޕާޓީ ކުލައަށް ނުބަލާ ކޮއްދިން. މި ސޮރު ފަހުން ހިއެއް ނުކުރަން އެމްޑީޕީން ކެނޑޭނެ ކަމަށް. އެމްޑީޕީ ހުރި އިރު މިސޮރު ތުރޫ ކޮއް ރަށު މީހުން ވަރަށް ކަން ކުރި. ރިޔާސީ އިންތިހާބް ކުޑަދުވަސް ކޮޅެއް ވެފައި ހުއްޓާ ދިޔައީ ޖުމްހޫރީ އަށް. ދެން އައީ ޖުމްހުރީ ކެމްޕެއިންއަށް. އޭރު ބުނިން ރަންޑިއެއް ހެނޭ ތިއުޅެނީ ނުހޮވޭނޭ. ރިޔާސީ އިންތިހާބް ނިމުނުއިރު މީނަ މިއޮތީ އަނެއްކާ ޕާޓީ ބަދަލު ކޮއް ޕީއެންސީގައި. އޭގެ ފަހުން ވަރަށް ހާޑް ކޮއް މިސޮރު މަސަކަތް ކޮއް ހިންގާ ޕީއެންސީ މީހުން ވެއްދި ތަން ބެލިން. ހިންގާ ރަންޑިއެއް. ޕީއެންސީ ރިޔާސީ އިންތިހަބް ނަގައި މިހާރު މަޖްލިސް އެނެގީ. ކޮންމެއަކަސް މިރަންޑިއަކީ ވަރަށް ބުރަ މަސަކަތް ކޮއްގެން ވަރަށް ދުވަހުގެ މަސަކަތުން ތި ގޮނޑި ހާސިލުް ކޮއްފަ އިން ސޮރެއް. މި ސޮރަށް ރެސްޕެކްޓް، ހަމަ އެކަނި ކަޑައީ ޕާޓީ ދެއިރު ދެދަޅައަށް ބަދަލު ކުރީމަ. ދެން ވާގޮތެއް ބަލަން މިހުރީ، ދައިރާ މީހުން އެހެން ސިޔާސީ މިހުން ހެން ކިހާ ދުވަހަކު ތޯ ހަދާން ހުންނާނީ. ހީކުރަން ކުރިއެކޭ އެއްގޮތަށް ވަކި ފިކުރަކަށް ނުލާ ރައްޔަތުން އަޑު އުފުލާނެ ކަމަށް.

    4
    4
  10. ޗާލޭ

    އެމް.ޕީ ގެ ވިސަންއެއް އެބައޮތް
    އަހަރުމެންގެ އުމްމީދެއްވެސް އެބައޮތް އެމް.ޕީ އާ ދޭތެރޭ

    4
    4
  11. ނުފިލާނަން

    އަޅުގަނޑަށް ގަބޫލް ކުރެވޭ އެމް.ޕީ އަވަސް ނުފިލާނެކަން
    އަޅުގަނޑުމެން ކައިރީ އަބަދުވެސް ހުންނާނެކަން އެކަން ސާބިތު ކޮއްދީފި މިހާރު.

    3
    3
  12. އަލޮމް މިއާ

    އިންތިހާބީ މެމްބަރުން ތަފާތުކަން ފެންނާނީ މަޖިލިސް މެމްބަރުކަމުގެ ހުވާކުރުމަށްފަހު، ރައްޔިތުން ގާތަށް ދާންފެށީމަ
    19 ވަނަ މަޖިލީހުގަވެސް އެބަތިބި އިންތިހާބުވިތަނާ ރިހާކުރު ފުޅިއަށް އަޅަން ދިޔަ މީހުންވެސް
    މިހާރު ދާއިރާ ރައްޔިތުން ތިބީ އެ މެމްބަރު ނައިސްގެން މި ފަސް އަހަރު ދިޔައިރުވެސް

    4
    2
  13. ދިއްދޫ ޢަބްދުﷲ

    މިއީ އަވަސް ވަރު ނެތޭ ބުނޭވޭ ކަހަލެ ކަންތައް. އެންމެންނާ ގުޅޭ ކަނެކްޓުވާ މީހެއްް. ކުރިން ވެސް ސިޔާސީ މީހުން އަހިސް ގޮސް ހުރީ. އަދި އަވަސް ފިޔަވައި ނެތް އެއް ވަރެއްގައި ހިފައްޓަލެވިފަ ހުރި މީހެއް. އުއްމީދު ކުރަން ކުރިއަށް އޮތް ތަނުގައި ވެސް ރައްޔަތުން ނާ ގުޅިގެން އުޅޭނޭ ކަމަށް އަދި ދައިރާ އަށް ގިނަގިނައިން އަހިސް ޙަބަރު ވާނެ ކަމަށް

    3
    2
  14. ހަސަނުގ

    ފޮޓޯ ނެގިއްޖެދޯ. ދެން ވައްސަލާމް. މާލެ އަރާގޮތަށް، ފުލެޓް ގަނެގެން ދެން އެހިސާބުން އެ މާލެ މީހާވީ. ގުބޯ ހެއްދޭނީ ހެއްދޭވަރު މޮޔައިން.

    5
    4
    • ބުލް ބުލް

      ބުރޯ އަވަސް އަކީ ދަނގެތި މީހަކަށް ވިޔަސް މާލޭ އަމިއްލަ ގެދޮރު ހުންނަ މީހެއް އެހެންވީމަ މީގެ ކުރިން ނޫޅުނު ގޮތަކަށް ފަހުންވެސް ނޫޅޭނެ.

      1
      2
  15. ދަންނަމީހުން

    އަބުޅޯ އަވަސް ވާނެ ކޮންމެ ކަމެއްގަވެސް. ދޯ އަބުޅޯ. ކާމިޔާބަށް އެދެން

    3
    3
  16. ބޮއްޗު

    މެންބަރުންގެ މަސައްކަތަކީ ގޭގެއަށްގޮސް ހުނިގާނައިދީ، މުގުރިހަ ކައްކައިދީ މުސްކުޅި އަންހެނުންނާ ސަމާސާ ކުރުމެއްނޫން....ދާއިރާޔާއި ގައުމާ ގުޅޭ މުހިއްމު ކަންތައްތައް މަޖިލީސް ތެރެއިން ކުރުވުން.....އޭގެ ބަދަލުގަ މިހެން ނާޗަރަނގީ ކުޅެންމިއުޅެނީ....ދެން ރަށްރަށު މީހުން ތިބޭނެ ނިކަން ހެވިފަ....

    6
    5
  17. އަހުމަދު މީމު

    ތީ ރަނގަޅުކަމެއް އެކަމު މަޖިލިސް ތިޔަކީ އެބައިމީހުންގެ އަމިއްލަ މުސާރަ އާއި އިނާޔަތް ބޮޑުކުރުން މިމަޖިލިސް އެހެން ނުވެއްޖިއްޔާ ވަރަށް ރަނގަޅު

    4
    2
  18. ޢަހުމަދު އިޤުބާލް

    ތިކަމުގެ ވެސް ލާމަސީލު ބޭފުޅަކީ ހަމަ ބާރަށު ދާއިރާގެ އެމް ޕީ ސުޖާއެވެ

    1
    5
    • ބުލް ބުލް

      ބުރޯ ސުޖާ އައް ވުރެ އަވަސް މާ ބޮޑައްވެސް ތަފާތު އަދި ޓަފް

      1
      1
    • ޥަގު

      ސުޖާއާއި ޑުރަގާއި ގުޅުވައިގެން ކީއްވެބާ ވާހަކަ މީހުންދައްކަނީ....

  19. ބުލް ބުލް

    ބުރޯ އަވަސް އަކީ ދަނގެތި މީހަކަށް ވިޔަސް މާލޭ އަމިއްލަ ގެދޮރު ހުންނަ މީހެއް އެހެންވީމަ މީގެ ކުރިން ނޫޅުނު ގޮތަކަށް ފަހުންވެސް ނޫޅޭނެ.