މި އަހަރުގެ ބައިނަލްއަގުވާމީޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ކުރެހުމުގެ މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ވަނީ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ކުރެހުމުގެ މުބާރާތުގެ 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާއިން:

1 ވަނައަށް ހޮވިފައިވަނީ އައިޝަތު އީޝާލް އަލީ ހުށަހެޅި ކުރެހުން
2 ވަނައަށް ހޮވިފައިވަނީ އަހުމަދު އަތޫފް އަލީ ހުށަހެޅި ކުރެހުން
3 ވަނައަށް ހޮވިފައިވަނީ ރާހީ އަހްމަދު ސައީދު ހުށަހެޅި ކުރެހުން

ކުރެހުމުގެ މުބާރާތުގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއިން:

1 ވަނައަށް ހޮވިފައިވަނީ އައިޝަތު އަމްނާ އަލީ ހުށަހެޅި ކުރެހުން
2 ވަނައަށް ހޮވިފައިވަނީ އިބްރާހީމް މިމްޝަލް މުޙައްމަދު ހުށަހެޅި ކުރެހުން
3 ވަނައަށް ހޮވިފައިވަނީ އާފިޔާ މުހައްމަދު ހުށަހެޅި ކުރެހުން

ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ އަށް ހޮވިފައި ވަނީ އީޝަލްގެ ކުރެހުމެވެ. ދެވަނަ އަށް އަތޫފްގެ ކުރެހުން ދިޔަ އިރު، ތިން ވަނަ އަށް ދިޔައީ ރާހީގެ ކުރެހުމެވެ.

މަޖިލިހުން ބުނީ ކޮންމެ އުމުރުފުރާއަކުން އެއް ވަނަ ދިޔަ ފަރާތަށް 3،000ރ. އަދި ދެވަނަ އަށް 2،000ރ. އަދި ތިން ވަނަ އަށް 1،500ރ. ދީފައިވާ ކަމަށެވެ. އަދި މުޅި މުބާރާތުން އެއްވަނަ އަށް ދިޔަ ފަރާތަށް 7،000ރ. އަދި ދެވަނަ އަށް 5،500ރ.، ތިން ވަނަ އަށް 4،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ މުބާރާތުގެ ތީމްއަކީ "ޑިމޮކްރަސީއަށް – ދިވެހިންގެ ދަތުރު" މިއެވެ. މި އަހަރުގެ މުބާރާތުގައި 70 ފަރާތަކުން ކުރެހުން ހުށަހެޅި ކަމަށް މަޖިލިހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައުޒީ

    އެއްވަނައަށް ހޮވާފައިވާ ކުރެހުމުން އެނގެނީ މިހާރު ފަލަސްތީނުގައި ހިނގަމުންދާ ގަތުލުއާމަށް ބިނާކޮށް ދިވެހި ޒުވާނުންނަށް ޑިމޮކުރަސީއޭ ކިޔަގެން ހުޅަނގުން ދައްކާ ދަޅައިގެ ހަގީގަތް އަދި ނުވިސްނޭކަމާ، އަދިވެސް ގުރައެއްހެން މާނައެއް ހަގީގަތެއް ނެތް ހިޔާލީ ވާހަކަތަކެއް ތަކުރާރުކުރާކަން. މިކަން އިސްލާހުކުރަން ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތަކެއް ހިންގަންޖެހެ.

  2. ޣގގހހހ

    ތި ޑިމޮކުރަސީ އަކީ މިގައުމައްޖެހިފަވާ ބަލާމުސީބާތެއް
    ތިދުވަހުގެނަން ބަލާވެރިކަމުގެދުވަހައް ބަދަލްކުރަން ފެއްނަނީ

    11
  3. އަޙްމަދު

    ހުރިހާވެސް ނުބަޔަކީ ޑިމޮކްރަސީގެ ފިތުނަ.... އިސްލާމީ ގައުމުތައް ހަލާކުކޮއްފި....

  4. އަޙްމަދު

    ހުރިހާވެސް ނުބަޔަކީ ދިމުކުރާތީ ސިސްޓަމްގެ ފިތުނަ.... އިސްލާމީ ގައުމުތައް ހަލާކުކޮއްފި....