އަރަބިން ތިބީ ކައިގެން ބޮއިގެން ކަމަށާއި ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ވަނީ އިސްރާއީލްގެ އަނިޔާގެ ޝިކާރައަކަށް ވެފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރަބިން ކައިބޮއެގެން ތިބި ނަމަވެސް ފަލަސްތީންގެ ރައްޔިތުން ބޯނެ ފެންފޮދެއް، ކާނެ އެއްޗެއް، ބޭސްފަރުވާ ކުރެވޭނެ ގޮތެއް، ނިދާނެ ގޮތެއް، ބޯހިޔާވަހިކަން ހޯދާނެ ގޮތެއް، ފާހާނާ ކުރެވޭނެ ގޮތެއް ނެތިފަ ތިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

"ރައްކާތެރިކަން ހޯދުމަށް ދާނެ ތަނެއް ނެތެވެ. ބޯމަތިން ވާރޭ ވެހޭ ފަދައިން އިސްރާއީލުގެ އަނިޔާވެރި ބޮންތަކުގެ ޝިކާރަޔަކަށް ވެފައި ވަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ކުޑަކުދިންނާއި ބަލިމީހުންނާއި މުސްކުޅިން. ފަލަސްތީނުގެ މުޖާހިދުންނާއި ރައްޔިތުން އެ ކުރަމުންދާ ޖިހާދަށް ނަސްރު ދެއްވުން އެދި ދުއާކުރަން." ސައުދު ވިދާޅުވެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ހަމާސް އިން އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއަށްފަހު ދެ ގައުމުގެ ދެމެދުގައި ބޮޑެތި ހަމަލާ ބަދަލު ކުރުންތައް ދަނީ ކުރެވެމުންނެވެ.

އިސްރާއީލުން ރޭ ވައިގެ މަގުން ހޮސްޕިޓަލަށް ދިން ހަމަލާގައި ޝަހީދުވި މީހުންނާ އިސްރާއީލްގެ އަނިޔާވެރިކަމުގެ ދަށުން ޝަހީދުވި މީހުންގެ އަދަދު 4،000 އާ ގާތް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް 13،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

އދ އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިންޒާރުތައް ދެމުން ދާތީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ފަލަސްތީނުގެ އެހެން ހިސާބުތަކަށް ދަނީ ދަތުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖުހާ

    މޮޅުވާހަކަ ދައްކަން އެގޭނީ، ތިޔަތަނުގަ ހުރެގެން މިޤައުމަށް ފައިދާވާކަހަލަ ކަމެއްކޮށްބަލަ.
    ތިޔަހާ ކަންބޮޱުވާނަމަ މުސާރައިން ޚަރަދުކުރޭ.

    17
    0
  2. ކޮމެންޓޭ

    ފަލަސްތީން ކާޑު ކުޅެގެން ކުރިއަށް ފަސް އަހަރަށްވެސް މަޖުލިސް ގޮނޑި ދަމައިގަނެވޭތޯ އުޅޭ މީހެއް

    14
    0
  3. ދިވެހިން

    އަރަބިންނޭ ކިޔަނީ ކީވެ ؟ ދިވެހިންނާ އެހެން މުސްލިމް ގައުމުތައް ވަކި ކީއް ކުރަނީ؟

    12
  4. Anonymous

    ދިވެހިންނަށް މީހާރުން މިހާރަށްފަލަސްތީނަށްޓަކައި ކުރެވިދާނެ ކަންކަން :
    1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
    2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
    3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
    4/ ފަސްނަމާދުގައި ޤުނޫތު ކިޔަން ހަމަޖެއްސުން .

    17
    1
    • ސައްޕު

      5 ވަގުތު ޖަމާޢަތުގެ ނަމާދަށް ދާ މީހުންނަށް އެނގޭނެ މިހާރުވެސް ގުނޫތު ކިޔާކަން.

  5. މުހައްމަދު

    މި މަކަރުވެރިޔީ އުޅެނީ މީހުންގެ ސަމާލުކަން ހޯދަން. ކުރިޔަށް އޮތީ އިންތިޚާބުވީމަ

  6. އަމަލު

    ހަމަ އަރަބިން ގޮތައް މެންބަރުންވެސް ތިޔާތިބެނީ ..ރައްޔަތުން ހަމަ ހަނާވަނީ

  7. ހަބިބާ

    ބަލަ ޑޮކުޓަރް ސަހިމް ކެންޕެއިންގް ބުނީ އަރަބިން ކެއްޔާދިވެހިން ޠިބޭނި ކައިގެނނޭ މޮޔަނުވެބަލަ

  8. ޞުލުސީ

    އަރަބީންނަަށް މިދަނޑިވަޅު ބޭނުންވަނީ ރޮނާލްޑޯގަންނަން 300 މިލިއަން ޑޮލަރަށްގަތުން