ރައްޔިތުންގެ މަޖިލީޙުގައި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަދުން ވޯޓް ލިބުނު ކެންޑިޑޭޓަކަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ފުޓްބޯޅަ ލެޖެންޑް އާދަމް އަބްދުލް ލަތީފް (ލައްޗޭ) ވެއްޖެއެވެ.

ލައްޗޭ ވާދަކުރެއްވީ ކެޔޮދޫ ދާއިރާއަށެވެ. ލައްޗޭއަށް އިންތިހާބުގައި އެންމެ ވޯޓެއް ލިބިފައިވާއިރު އިންތިޅާބުގައި ދަ ޑިމޮކްރެޓްސް އިން ނެރުނު 37 ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބުވާ ގޮތެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

އޭގެ ތެރޭގައި މިހާރު މަޖިލީސްގައި ހިމެނޭ މެންބަރުންވެސް ހިމެނިވަޑައިގައިގަންނަވައެވެ.

ކުރީގެ އެއް ވަނަ ފޯވާޑްގެ ގޮތުގައި ފާހަގަކޮށްލެވޭ ލައްޗޭ އަކީ މިހާރު ފުޓްބޯޅަ ކޯޗެކެެވެ.

މި އިންތިޚާބުގައި އެންމެ މަދުން ވޯޓް ލިބުނު ކެންޑިޑޭޓުންނަކީ:

  • އަހްމަދު އިބްރާހިމް - އަމިއްލަގޮތުން | 2 ވޯޓް (ކުޑަހުވަދޫ ދާއިރާ)
  • އަބްދުﷲ ޖަމީއު - އަމިއްލަގޮތުން | 4 ވޯޓް (މަޑުއްވަރީ ދާއިރާ)
  • އަހްމަދު ތަހްލީމް - އަމިއްލަގޮތުން | 4 ވޯޓް (ތުޅާދޫ ދާއިރާ)
  • ފާތިމަތު ޒިލްމާ - ދަ ޑިމޮކްރެޓްސް | 4 ވޯޓް (ތިމަރަފުށީ ދާއިރާ)
  • އައިމިނަތު ޝާކިރާ - އަމިއްލަގޮތުން | 4 ވޯޓް (ފޮނަދޫ ދާއިރާ)
  • ހިޝާމް އަހްމަދު | އަމިއްލަ ގޮތުުން | 4 ވޯޓް (އައްޑޫ މީދޫ ދާއިރާ)
  • މުހައްމަދު ވަހީދު އިބްރާހިމް - އަމިއްލަގޮތުން | 5 ވޯޓް (ތުލުސްދޫ ދާއިރާ)
  • ރިލްވާން އަބްދުﷲ - އަމިއްލަގޮތުން | 5 ވޯޓް (ތިމަރަފުށީ ދާއިރާ)
  • ހަސަން ފައިހަތު ގުދުރަތުﷲ - އަމިއްލަގޮތުން | 5 ވޯޓް (ތިނަދޫ ދެކުނު ދާއިރާ)

އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ޕީއެންސީން ހޯދާފައިވާއިރު އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއަށް ގޮނޑި އެއް އަދި އެމްޑީއޭއަށް ދެ ގޮނޑި ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕެލޭ

    ދަޑިޕާޓީ މީހުންވެސް ވޯޓެއް ނުލާ ހާދަ ހަރާންކޯރޭ އަންނިބެ ބެލީ ކަޝިކެޔޮގަޑު ރޫޅާލެވޭތޯ ވިއްޔާ މިހާރު ހުންނާނެ އިބުރާހީމަށް ގުޅާފަ ހިނިފުޅުވަޑުވަން

    22
    4
    • ދާއިރާ

      މިދާއިރާގައި އެޕާޓީގެ އެއްވެސް ރައްޔިތަކު ނޫޅޭ. އެހެންވީމާ އޭނާއަށް ވޯޓް ނުލިބުނީ

  2. Anonymous

    ހެޔޮނުވާނެދޯ އެހާ ދެރަ ކުރާކަށް

    21
    2
    • ސަގަރު

      ތި ދެވަނަ ވޯޓު ދޯ؟

      10
  3. ސަންޕާ

    ރިލުވާނު ކަލެއަށް ކުރިމަތި ލެވުނުތަ...

    13
    1
  4. ާަމަރީ

    އެކުވެރިޔެއްވެސް ރަށަކުނެތީތަ އަވަހަށް ރަށުޓީމަށް ކޯޗްކޮއްދެން ފައްޓާ

    10
    2
  5. Anonymous

    މީ އެކުވެރިޔެއްވެސް ، ރައްޓެއްސެއްވެސް ނެތް ފަގީރެއްތަ!؟

    4
    1