23:41

23:25

22:56

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަށް އައުމަށް އިސްރާއީލުގެ އަސީރުންގެ އާއިލާތަކުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލައިފި.

21:25

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މިދިޔަ ހަފުތާގައި އިސްރާއީލަށް ދަތުރުކުރި އެމެރިކާއިން އުފެއްދި ހަތިޔާރުގެ ޝިޕްމަންޓެއް ހުއްޓުވާފައިވާ ކަމަށް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ މީޑިއާ އައުޓްލެޓް އެކްސިއޯސް އިން ބުނެފި.

އަކްސިއޯސް ބުނިި މިއީ މިދިޔަ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާއިން އިސްރާއީލުގެ އަސްކަރިއްޔާއަށް ހަތިޔާރު ގެނައުމަށް ހުރަސް އެޅި ފުރަތަމަ ފަހަރު.

21:24

އިސްރާއީލުގައި އަލްޖަޒީރާ މަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް ތާއީދުކުރާ އެންމެން ވެސް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އިސްރާއީލާއި ހިފާފައިވާ ފަލަސްތީނުގެ ބިމުގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ މީޑިއާތައް ތަމްސީލުކުރާ ފޮރިން ޕްރެސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފި.

21:23

ފަލަސްތީނަށް ތާއީދުކުރާ އެމެރިކާގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ތާއީދުކޮށް އިރާގުގެ ދަރިވަރުން މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓާސް
ފަލަސްތީނަށް ތާއީދުކުރާ އެމެރިކާގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ތާއީދުކޮށް އިރާގުގެ ދަރިވަރުން މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓާސް
ފަލަސްތީނަށް ތާއީދުކުރާ އެމެރިކާގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ތާއީދުކޮށް އިރާގުގެ ދަރިވަރުން މުޒާހަރާކުރަނީ - ފޮޓޯ: ރޮއިޓާސް

20:57

އިސްރާއީލުގައި އަލްޖަޒީރާ މަނާނުކުރުން ފަސްކޮށްދިނުމަށް އިސްރާއީލުގެ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން އެ ގައުމުގެ ހައިކޯޓުގައި އެދިއްޖެ

20:10

އަލްޖަޒީރާއަށް ސެޓެލައިޓް ފޯރުކޮށްދޭ "ޔެސް" އާއި "ހޮޓް" ފަދަ އިސްރާއީލުގެ ގިނަ ކުންފުނިތަކަކުން ބްރޯޑްކާސްޓް ކުރުމުގެ ބަދަލުގައި މެސެޖުތައް ފޮނުވަން ފަށައިފި.

"ސަރުކާރުގެ ނިންމުމާ އެއްގޮތަށް އަލްޖަޒީރާ ސްޓޭޝަންގެ ބްރޯޑްކާސްޓްތައް އިސްރާއީލުގައި ހުއްޓާލައިފިން" ޔެސް އިން ދެއްކި މެސެޖުގައި ވޭ.

 

19:27

އަލްޖަޒީރާގެ އިސްރާއީލު އޮފީސް ބަންދުކުރުމަށް އިސްރާއީލުން ނިންމި ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޓިމް ޑޯސަން ވިދާޅުވެއްޖެ.

19:08

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލުގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް ވަދެ ތަކެތި ހިފަހައްޓައިފި

19:01

ހަނގުރާމަ ފެށުނު ފަހުން ދިން އެންމެ ބޮޑު އެއް ހަމަލާގައި ލުބުނާނުން 65 ރޮކެޓް ފޮނުވާލާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކާ ހަވާލާދީ އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފި.

18:59

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްގައި ގަތުލު އާންމެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު އިސްރާއީލުގެ ދިފާއީ ވަޒީރު ދީފި.

18:18

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްއަށް އަރައިގަތުމަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫގެ އަރިހުން އެދިއްޖެ.

18:02

ބޭރުގެ ފަރާތްތަކުގެ އެއްވެސް ޕްރެޝަރެއް ގަތަރުން ބަލައިނުގަންނާނެ ކަމަށާއި ހަމާސް އާއި އިސްރާއިލާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ގަތަރުން މަސައްކަތް ކުރާނެ ކަމަށް ޑިޕްލޮމެޓިކް މަސްދަރުތަކުން އަލްޖަޒީރާ އަރަބިކްއަށް މައުލޫމާތު ދެމުން ބުނެފި.

17:32

ޣައްޒާއާއި އިސްރާއީލާ ދެމެދު އޮންނަ ކެރެމް ޝަލޯމް ކްރޮސިން ކައިރީގައި ދިން ރޮކެޓް ހަމަލާ އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފި.

އަސްކަރިއްޔާއިން "ކެރެމް ޝަލޯމް ކްރޮސިން މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ އިރު، ރޮކެޓް ހަމަލާދެނީ ހަމަ އެ ސަރަހައްދަށް،" އެކްސްގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނޭ.

17:16

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަލްޖަޒީރާގެ ނޫސްވެރިންނާ ދެކޮޅަށް 50 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް ގުދުސްގައި ހުންނަ އަލްޖަޒީރާގެ ބިއުރޯ ޗީފް ވަލީދު އޮމަރީ ވިދާޅުވެއްޖެ.

 

17:10

ފަލަސްތީނުގެ ޣައްޒާގެ ރަފަހް ސަރަހައްދުން އިސްރާއީލަށް ދިން 10 ރޮކެޓް ހަމަލާއެއްގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިސްރާައީލުގެ ނޫސްތަކުން ރިޕޯޓްކޮށްފި.

16:53

އަލްޖަޒީރާ ބަންދުކުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް އިސްރާއީލުގެ ނޭޝަނަލް ޔުނިޓީ ޕާޓީން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން އެގޮތަށް ނިންމި ވަގުތަށް ވަރަށް ބޮޑަށް ފާޑުކިޔައިފި.

 

16:34

ހަމާސް އިން ބޭނުންވަނީ އިސްރާއީލުގެ "ހަމަލާތައް" ނިމުމަކަށް ގެނެސް، ޣައްޒާއިން އިސްރާއީލު ފޭބުމުގެ ޔަގީންކަން ދީ، ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓާލުމަށް ކަމަށް ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެ.

16:32

ލުބުނާނުގެ ދެކުނުގައި އިސްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރު އަށް އަރާފައި.

16:31

އިސްރާއީލުގެ އަސްކަރިއްޔާއިން ރިޕޯޓްކުރާ ގޮތުގައި ކިރިޔަތު ޝްމޯނާ އާއި އިސްރާއީލުގެ އުތުރުގެ އެހެން ހިސާބުތަކުގައި ވެސް ސައިރަންގެ އަޑު ދަނީ ގަދަވަމުން.

 

16:31

އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ރިޕޯޓްކުރާ ގޮތުގައި އަލްޖަޒީރާގެ އަރަބި ބަހާއި އިނގިރޭސި ބަހުގެ ޗެނަލްގެ ބްރޯޑްކާސްޓްތައް އިސްރާއީލުގައި ބްރޯޑްކާސްޓްކުރުން ހުއްޓާލުމަށް އެންގުމުގެ ބާރު ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީއަށް ސަރުކާރުން ވަނީ ދީފައި. އެގޮތުން އިސްރާއީލުގައި ހުންނަ އެޤައުމުގެ އޮފީސްތައް ބަންދުކުރުމަށާއި، ޓެލެފޯނާއި ކޮމްޕިއުޓަރު ފިޔަވައި އެތަނުގެ މުވައްޒަފުން ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމާއި، އަދި އިސްރާއީލުން އެ ނެޓްވޯކްގެ ވެބްސައިޓަށް ވަނުން ލިމިޓް ކުރުމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓަރަށް ވަނީ އަންގާފައި.

 

15:37

އަލްޖަޒީރާ ބަންދު ކުރަން ފާސްކުރުމާއި އެކީ އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްރާއީލުގެ ކޮމިއުނިކޭޝަންސް މިނިސްޓަރ ބުނެފި.

15:16

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލުގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދު ކުރުން އިސްރާއީލުގެ ސަރުކާރުން ފާސްކޮށްފި.

 

15:16

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 34،600 އަށްވުރެ މައްޗަށް އަރައިފި.

 

14:59

ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވަނީ ހަމާސް އިން ބޭނުންވަނީ އެއްބަސްވުމެއް ކަމަށާއި ނަމަވެސް ކޮންމެ އަގެއްގައި ނޫން ކަމަށް.

ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސުލްހަވެރިކުރަން މެދުވެރިކަމުގެ މަސައްކަތާ ގާތް ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ ހަމާސްގެ ވަފުދު ގާހިރާއަށް އައީ އެއްބަސްވުމަކަށް އައުމުގެ އަޒުމަކާއެކު ކަމަށާއި ނަމަވެސް ކޮންމެ ކޮންމެ އަގަކަށް ނޫން ކަމަށް

"އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ ނިމުމަކަށް ގެނެސް އިސްރާއީލު ސިފައިން ޣައްޒާއިން ނެރެން ޖެހޭ ކަމަށާއި އިސްރާއީލުން އަދި ވެސް އެކަން ކުރަން ތައްޔާރަށް އޮތް ކަމަށް ވައުދުވެފައި ނުވާކަމަށް ރޮއިޓާސް ނިއުސް އެޖެންސީއަށް ނަން ނުޖެހުމަށް އެދި އޮފިޝަލް ވިދާޅުވި

ފަލަސްތީނުގެ އެހެން އޮފިޝަލަކާ ހަވާލާދީ އެ އެޖެންސީން ބުނީ މަޝްވަރާތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާތީ ކަމަށާއި ނަމަވެސް ހަމާސްގެ ވަފުދު އަދިވެސް ގާހިރާގައި ތިބީ މި މަޝްވަރާތަކުގައި ބައިވެރިވާ މެދުވެރިޔަކު އިސްރާއީލުގެ ސިޔާސަތު ބަދަލުކުރުމަށް ބާރު އަޅާނެ ކަމުގެ އުއްމީދުގައި ކަމަށް

13:46

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އިތުރު 25 މީހަކު ހައްޔަރު ކޮށްފި

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އިތުރުން ކުރިން ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ ފަލަސްތީނުގެ ޤައިދީން ހިމެނޭ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އިން ބުނޭ.

ޔަހޫދީން ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފައިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ތުލްކަރަމް، ނަބްލުސް ،ހެބްރޮން ، ޖެނިން ، ޖެރިކޯ، ގަލްޤިލްޔާ އަދި ރާމުއްﷲ އިން.

13:20

ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ޑޮކްޓަރުގެ އާއިލާއިން އިންސާފު ބޭނުންވާ ކަމަށް ބުނެފި.

އުމުރުން 50 އަހަރުގެ އަދްނާން އަލް-ބާޝް ޝަހީދުކޮށްލާފައިވަނީ އިސްރާއީލުގެ ޖަލެއްގައި ބަންދުގައި ހުއްޓާ

12:42

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޒަހަމްވާ ފަރާތްތަކަށް ފަރުވާދެމުން އަައި އެގައުމުގެ ޑޮކްޓަރަކު ފްރާންސަށް އެތެރެވުން މަނާކޮށްފި.

 

11:42

އާޓް އިންސްޓިޓިއުޓް އޮފް ޗިކާގޯގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރި 68 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި:

އެމެރިކާގެ އާޓް އިންސްޓިޓިއުޓް އޮފް ޗިކާގޯގައި ދަރިވަރުން ކުރި މުޒާހަރާގެ އިތުރު މައުލޫމާތު އެމެރިކާގެ މީޑިއާތަކުން ދަނީ ހާމަކުރަމުން.

ކޮލަމްބިއާ ކޮލެޖާއި ސްކޫލް އޮފް ދަ އާޓް އިންސްޓިޓިއުޓް އޮފް ޗިކާގޯގެ ދަރިވަރުން ބަހައްޓާފައި ހުރި ކޭމްޕްތައް ރޫޅާލުމުގެ ތެރޭގައި ފުލުހުން 68 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭބީސީ7 ބްރޯޑްކާސްޓަރު ވަނީ ރިޕޯޓް ކޮށްފަ.

އެ ޓީވީ ސްޓޭޝަނުން ބުނީ "މިއީ ފަލަސްތީނަށް ތާއީދުކުރާ މީހުންގެ މުޒާހަރާ ކޭމްޕްތައް ފެށުނު ފަހުން ޝިކާގޯ ޕޮލިސް ޑިޕާޓްމަންޓުން މިހާ ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރި ފުރަތަމަ ފަހަރު" ކަމަށް

އަދި ޔުނިވާސިޓީ އޮފް ޗިކާގޯގެ ވަކި ކޭމްޕެއްގައި ހަ ދުވަސް ވައްދެން ދަރިވަރުން މުޒާހަރާގައި ތިބި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކުރޭ

11:00

އިސްރާއީލުގެ އުތުރުގައި ރޮކެޓް ސައިރަން ތައް އެކްޓިވޭޓްކޮށްފި

އިސްރާއީލުގެ މީޑިއާތަކުން ދަނީ ލުބްނާނުގެ ބޯޑަރު ސަރަހައްދުގައި ސައިރަންގެ އަޑެއް އިވެމުން ކަމަށް ބުނެފަ. އޭގެ ތެރޭގައި ރަމޯޓް ނަފްތާލީ، ޔިފްތާހް އަދި ކްފަރު ގިލާދީ ހިމެނޭ

އިސްރާއީލުން އާންމުކޮށް އެލާމް ސިސްޓަމް އެކްޓިވޭޓް ކުރަނީ އެގައުމުގެ ސަރަހައްދަށް އަންނަ ރޮކެޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެގައުމުގެ ރައްޔިތުންނަށް ދިނުމަށް

މީގެ ކުރިން ލުބުނާނުގެ މީޑިއާތަކުން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ގިނަ ހަމަލާތަކެއްގެ ތެރޭގައި ހިޖުރައިންދާހިރާ، އައިތާ އަލް ޝާބް، ތައިރް ހައިފާ، އަލްމާ އަޝް ޝާބް އަދި ކަފްރް ކިލާ އަށް ހަމަލާދީފަ ކަމަށް ބުނެފަ

އިސްރާއީލުގެ އަސްކަރިއްޔާ އާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ބޯޑަރު ސަރަހައްދުގައި ނުރައްކާތެރި ބަޑީގެ ހަމަލާތައް ބަދަލުކުރާތާ އެތައް މަހެއް ވެއްޖެ. ނަމަވެސް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ހަމަލާތަކާއި ކައުންޓާސްޓްރިކްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ

10:29

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހަމަނުޖެހުން އުފައްދަމުން އެބަދެ

 

10:06

ހަމާސް އާއި އިސްރާއީލުން އެމީހުންގެ މައިގަނޑު ޑިމާންޑްތަކާ ދުރަށް ދާން ދެކޮޅު ހެދުމުން މިސްރުގައި ހިނގަމުންދާ ނާޒުކު ހަނގުރާމައާއި ގައިދީން ބަދަލުކުރުމުގެ ސުލްހައިގެ މަޝްވަރާތަކަށް ކުރިއެރުމެއް ލިބޭނެ ކަމުގެ ނިޝާނެއް ނުފެނޭ

ހަމާސް އިން ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ހަމަލާ ދޭނެ ކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނަމުންދާތީ، ދެކުނު ރަފާހުގައި އިސްރާއީލުން އަސްކަރީ ގޮތުން އެއްގަމު މަގުން ނާރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދޭން ބޭނުންވާ ކަމަށް.

09:54

ޣައްޒާގައި އިޒްރާއީލުން ހިނަގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޖަޕާނުގެ ޔުނިވާސިޓީ ދަަރިވަރުންވެސް މުޒާހަރާ ކުރަން ފަށައިފި.

 

09:52

އިސްރާއީލުގެ ވެރިރަށް، ތެލް އަވީވްގައި ސަރުކާރާއި ދެކޮޅު އެއްވުމުގައި އިސްރާއީލުގެ އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ.

09:50

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މެދު ތެރެއަށް ބޮމުގެ ހަމަލާ ދީފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފި. އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން މި ހަމަލާ ދީފައިވަނީ ޣައްޒާގެ ނުސީރަތް ރެފިއުޖީ ކޭމްޕުގެ އިތުރުން އަވަށެއް ކަމަށްވާ އަޒް-ޒަވައިދާއަށް.

މީގެ އިތުރުން ވެސް ރަފާހަށް ދިން ހަމަލާއެއް ފަލަސްތީނުގެ ތިން މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ވެފަ.

09:48

ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ ދެކުނަށް ފުލު ފުލުން ހަމަލާތަކެއް ފޮނުވާލައިފި.

ނިރުބަވެރިން މި ހަމަލާތައް ފޮނުވާލާފައިވަނީ އަލް ދާހިރާ، އައިތާ އަލް-ޝާބް، ތައީރް ހައިފާ، އަލްމާ އަޝް-ޝާބްގެ އިތުރު ކަފްރު ކިލާއަށް.

09:23

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި މަންމަ އާއި ދެ ކުދިން ޝަހީދުވެއްޖެ

އަލްޖަޒީރާ އަރަބިކަށް ލިބިފައިވާ އެކްސްކްލޫސިވް ފުޓޭޖްތަކުން ފެންނަ ގޮތުގައި ޣައްޒާ ސިޓީގެ ޒީތޫން އަވަށަށް އިސްރާއީލުން ދިން ހަމަލާގައި ޝަހީދުވި އެތައް ބައެއްގެ ހަށިތައް ހޯދަމުން ދަނިކޮށް ފަލަސްތީނުގެ ބައެއް ފިރިހެނުން ރޮމުން ދިޔަ

އަލްޖަޒީރާގެ ޣައްޒާގައި ތިބި ނޫސްވެރިން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާގައި ޝަހީދުވެފައިވަނީ މަންމައަކާއި އޭނާގެ ދެ ދަރިންނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޮން ޖެހުނީ އާއިލާއަށް ކެއުމެއް ތައްޔާރުކުރަމުން ދަނިކޮށް

މި ހާދިސާގައި ޝަހީދުވި މީހުންގެ ވަނަވަރެއް އަދި ނޭނގެ

ޣައްޒާގެ ރަފަހް ސަރަހައްދަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން އެރުން ހުއްޓުވުމުގައި އަލިމަގެއް އަދި ފެނިފައި ނުވާއިރު ނިރުބަވެރިން ދަނީ އަދިވެސް ރަފަހްއަށް އާޓިލަރީ ހަމަލާތައް ދެމުން. އެގޮތުން، ޣައްޒާގެ އިރު ދެކުނު ސަރަހައްދަށް ދިން އާޓިލަރީ ހަމަލާއެއްގައި ތިން މީހަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފައިވޭ. އެ ހަމަލާ އަމާޒުކޮށްފައި ވަނީ އެއް އާއިލާއެއްގެ ބަޔަކު ދިރިއުޅޭ ސަލާމް ނެއިބާހުޑްގެ ގެއަކަށް.

އޭގެ އިތުރުން ނުސައިރަތު ރެފިއުޖީ ކޭމްޕުގެ އުތުރުގައި އޮންނަ ސަރަހައްދަކަށް ވެސް އިސްރާއީލުން ދަނީ އާޓިލަރީ ހަމަލާ ދެމުން. އަދި އައްޒަވީދާ ނަމަކަށް ކިޔާ ޓައުންއަަކަށް ވަންނަ ސަރަހައްދަށް ވެސް ހަމަލާތަކެއް ފޮނުވާލާފައިވޭ. އެ ހަމަލާތަކުގައި އެއްވެސް މީހަކު ޝަހީދުވި ކަމަށް އަދި އެނގިފައި ނުވޭ.

އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުން ތަސައްލީއެއް ލިބި އެނބުރި ކުރިން އުޅުނު ސަރަހައްދުތަކަށް ދެވޭނެ ކަމުގެ އުންމީދު ފަލަސްތީނުގެ އާންމުން ދަނީ ކުރަމުން. އެހެންނަމަވެސް، އިއްޔެ ވެސް ބައްދަލުވުންތައް ނިއްމާލާފައި ވަނީ އެއްބަސްވުމަކާ ހިސާބަށް ނުދެވި.

ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުން ތިބީ ރަފަހްއަށް ކޮންމެ ހާލަތެއްގައި ވެސް ސިފައިން ފޮނުވާ ގޮތަށް. އެހެންނަމަވެސް، ސުލްހައިގެ ވާހަކަތަކުގައި ހަމާސްއިން ބުނެފައި ވަނީ ރަފަހްއަށް ނަރާނެ ކަމުގެ ޔަގީންކަން ނުލިބެނީސް ހަމަލާ ބަދަލުކުރުން ނުހުއްޓާނެ ކަމަށް. އަދި އިސްރާއީލުން އެކަން ނުކުރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދިނުމަށް ވަނީ އެދިފައި. އެހެންނަމަވެސް، ރަފަހްއަށް އަރާނެ ކަމަށް ނަތަންޔާހޫ ބުނަމުންދާއިރު ސުލްހަ ގާއިމް ނުކުރެވޭނެ ކަމަށް ހަމާސްގެ އޮފިޝަލަކު އިއްޔެ ވަނީ ވިދާޅުވެފައި.

ކިޔުންތެރިންގެ ހިޔާލު