23:50

އިސްރާއީލް އޮތީ ފަލަސްތީނުގެ ރަފާހު ހިމެނޭހެން ހަނގުރާމަ ކުރުމުގައި ދެމިއޮންނަން ކަމަށް އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓް މިނިސްޓަރ، ބެނީ ގެންޓްޒް ބުނެފި

 

23:47

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 35،800 އަށްވުރެ މައްޗަށް އަރައިފި

 

22:21

ޣައްޒާގެި އުތުރުގައި ހިނގަމުން އަންނަ ހަނގުރާމުގެ ތެރެއިން ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާގެ މީހަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް އިސްރާއީލުން ބުނެފި.

21:17

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަރުކާރުގެ ލީގަލް އެޑްވައިޒަރާއި ޚާރިޖީ ވަޒީރާއެކު ކުއްލި ބައްދަލުވުމެއް ބާއްވާފަ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފި

އެ ބައްދަލުވުންތައް މިހާރު ނުފެށުނު ނަމަވެސް ވަރަށް އަވަހަށް އެ ބައްދަލުވުންތައް އޮންނާނެ ކަމަށާއި ރަފާގެ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ބައިނަލްއަގުވާމީ ކޯޓުން ހުކުމްކުރުމާއި އެކު އިސްރާއީލުން މިވަގުތު ސީދާ އެމެރިކާއާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނޭ

އިސްރާއީލުގެ ވަޒީރުންނަށް ވެސް އަންގާފައި ވަނީ ދައްކާ ކޮންމެ ވާހަކައެއްގައި ވެސް ގާނޫނީ ލަފުޒުތައް ކޮމްބް ކުރަން ޖެހޭތީ އާއި އެ މީހުން ދައްކާ ކޮންމެ ވާހަކައަކަށް މީހުން ޒިންމާ ވާން ނުޖެހޭނެ ކަން ކަށަވަރު ކުރަން ބޭނުންވާތީ ކަމަށް އިސްރާއީލްގެ މީޑިއާ ތަކުން ބުނޭ

20:00

ޣައްޒާގެ ރަފާހަށް ހަމަލާދިނުން ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން ކުރި އަމުރަށް ގޮންޖަހައި، ހަމަލާތައް ހުއްޓާނުލާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ މިނިސްޓަރަކު ބުނެފި

 

19:44

ނިރުބަވެރިން ރަފާހުގައި ހިންގަމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން ކުރި އަމުރަށް ހަމާސް ޖަމާއަތުން މަރުހަބާ ކިޔައިފި. ނަމަވެސް އެ ޖަމާއަތުން ބުނީ، މުޅި ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓުވަން ޖެހޭ ކަމަށް.

19:43

އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން ކުރި އަމުރަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރ މަރުހަބާ ދަންނަވައިފި.

ބެލްޖިއަމްގެ ފޮރިން މިނިސްޓަރ، ޙާޖާ ލަހްބިބް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ކަންކަން ވަގުތުން ހުއްޓުވަން ޖެހޭ ކަމަށް.

19:31

ނިރުބަވެރި އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރު ކުރުމާއި އެކީ އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ އެގައުމުގެ ބައެއް މިނިސްޓަރުންނާއި އެކީ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ، އިސްރާއީލް ކެޓްޒް، ހަނގުރާންމަތީ ކެބިނެޓް މިނިސްޓަރ، ބެނީ ގެންޓްޒް އަދި ސަރުކާރުގެ އެޑްވައިޒަރު ބައިވެރިވާނެ ކަމަށް ބެލެވޭ.

19:23

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ސަރުކާރުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިތިބި ކުށެއް ނެތް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށާއި އެކަށީގެންވާ މަސައްކަތެއް އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް ކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ދުނިޔޭގެ ކޯޓުގެ މައި ފަނޑިޔާރު ވިދާޅުވެއްޖެ

 

19:10

ދުނިޔޭގެ ކޯޓުން ނިރުބަވެރި އިސްރާއީލުން ރަފާހުގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކާއި ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރު ކުރި ނަމަވެސް، ޣައްޒާގައި ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރު ކޮށްފައެއް ނުވޭ.

18:46

ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލް ޣައްޒާގެ އެތައް ބަޔަކު ދިރިއުޅެމުން އައި ރަފާހަށް ހަމަލާދިނުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުން ބުނެފި.

 

18:36

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އަމުރު ކޮށްފި

 

18:33

ދުނިޔޭގެ ކޯޓް: އިސްރާއީލުން ޣައްޒާއިން މީހުން ނެރެން ކުރާ މަސައްކަތަކީ އެކަށީގެންވާ މަސައްކަތެއް ކަމަށް ގަބޫލެއް ނުކުރެވޭ.

18:30

ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެމެދު ހަނގުރާމަ ފެށުނު ދުވަހު މަރާލި، ޔަހޫދީ ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ބުނެފި

 

18:17

ދުނިޔޭގެ ކޯޓް: ރަފާހުގެ އިންސާނީ ހާލަތު އޮތީ ނުރައްކާ ފައްތަރެއްގައި.

ދުނިޔޭގެ ކޯޓުގެ ވެރިޔާ، ނަވާފް ސަލާމް ވިދާޅުވީ، މިދިޔަ މާޗް މަހު އެކޯޓުން ނެރުނު އަމުރަށްފަހު ރަފާހުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް.

18:05

ދެކުނު އެފްރިކާއިން އިސްރާއީލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ހުކުމް ކުރުން ފަށައިފި.

17:51

އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނަނީ ކީކޭ؟

ދެކުނު އެފްރިކާއިން އެދިފައިވަނީ ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އަސްކަރީ އޮޕަރޭޝަންތަކާއި އެމީހުން ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓުވުމަށް. އެގައުމުން ވަނީ އެކަން ހުއްޓުވައި، ޣައްޒާއަށް އިންސާނީ އެހީ ވަގުތުން ފޯރުކޮށްދިނުމަށް ގޮވާލާފަ.

ދެކުނު އެފްރިކާއިން ބުނަނީ ދާދި ފަހުން ނިރުބަވެރި އިސްރާއީލުން ރަފާހުގައި ހިންގި އޮޕަރޭޝަންގެ ސަބަބުން ހާލަތު އިތުރަށް ބަދަލުވެގެން ގޮސްފައިވާ ކަމަށް.

17:11

ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ޣައްޒާގެ ހޮސްޕިޓަލެއްގައި ތިބި އަލަށް ވިހެއި 20 ކުއްޖަކަށް ބޭނުންވާ ފަރުވާ ނުލިބި މަރާއި ހަނގުރާމަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި

 

17:08

ކުރިއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތަކުން ބުނެފި.

16:21

ޣައްޒާގެ ދެ ސަރަހައްދެއްގައި އިސްރާއީލް އަސްކަރިއްޔާގެ ޓޭންކަރުތަކަށް ހަމަލާތަކެއް ދީފައިވާ ކަމަށް ހަމާސް ޖަމާއަތުގެ ޤައްސާމް ބްރިގޭޑްސް އިން ބުނެފި.

15:26

އެމެރިކާގެ ޕްރެޝަރުގެ ސަބަބުން އިސްރާއީލުގެ ލީޑަރުން ހައްޔަރުކުރަން އައިސީސީން ނެރުނު އަމުރަށް ބުރޫ އަރާނެ ކަމަށް އަލްޖަޒީރާއިން ބުނެފި.

15:25

މީޑިއާ ފްރީޑަމް ކޯލިޝަންގެ 27 މެމްބަރުން އަލްޖަޒީރާއިން އިސްރާއީލުގައި ހިންގަމުންދާ އޮޕަރޭޝަންތައް މެދުކަނޑާލުމާ ގުޅިގެން ފާޑުކިޔައި ބަޔާނެއް ޝާއިއުކޮށްފި

15:24

ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ރޮއިޓާސް
ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ރޮއިޓާސް
ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ރޮއިޓާސް
ގުދުސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ރޮއިޓާސް

14:13

ތެލާއި ކަރަންޓު ނުލިބި ފަލަސްތީނުގެ ޣައްޒާގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލައި ފަރުވާދެމުންދާ ބަލި މީހުން މަރުވެދާނެ ކަމުގެ ކަމުގެ އިންޒާރު އެ ހޮސްޕިޓަލުން ދީފި.

13:50

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާގައި ޣައްޒާއަށް ގެންދިޔަ ކަމަށް ބުނާ ތިން މީހުންގެ ހަށިގަނޑު ފެނިފައިވަނީ ޖަބާލިއާގައި ރޭގަނޑުގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ މިޝަނެއްގެ ތެރެއިން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

13:26

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މެދުތެރޭގައި އޮންނަ އަޒް ޒަވައިދާއަށް ދިން ހަމަލާއެއްގައި މަދުވެގެން ދެ މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފި.

13:23

ޣައްޒާގެ އުތުރުގައި ވާ "ޖަބާލިއާގެ މެދުގައި" އިޒްރޭލުގެ 98 ވަނަ ޑިވިޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

 

13:22

އިސްރާއީލުގެ އަސްކަރީ ވެހިކަލްތައް މިހާރު އިރުމަތީ ރަފާއިން މެދުތެރެއަށް ދަތުރުކުރަމުން ދަނީ ޝަބޫރާ ރެފިއުޖީ ކޭމްޕްގެ ބޭރުފަރާތަށް ކަމަށާއި އެތަނުގައި ރޮކެޓާއި އާޓިލަރީ ބަޑީގެ އަޑު އިވޭ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

13:21

ޣައްޒާގެ އުތުރުގައި ވާ ހޮސްޕިޓަލްތަަކަށް އިސްރާއީގެ އާޓިލަރީގެ ސަބަބުން ދެ ފަހަރެއްގެ މަތިން ރޭ ގެއްލުން ލިބުނު ކަމާލް އަދްވާން ހޮސްޕިޓަލްގެ އިތުރުން އަލްއަވްދާ ހޮސްޕިޓަލަށް ވެސް ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

13:19

ފަލަސްތީނުގެ ހަނގުރާމަވެރިން ޣައްޒާގެ އުތުރުގެ ބެއިޓް ހަނޫން ސިޓީގައި ހަރަކާތްތެރިވަމުން އަންނަ އިރު، އިސްރާއީލު ސިފައިން ފަހަކަށް އައިސް އޮޕަރޭޝަންތައް ފަށާފައިވާއިރު، އެ ސިޓީއަށް އަމާޒުކޮށް ހަމަލާތައް ދެމުން ދަނީ ކުދި ހަތިޔާރާއި، ސިފައިންނާ ދެކޮޅު މައިންތަކާއި، ގްރެނޭޑްތަކާއި، "އެކްސްޕްލޯސިވްކޮށް އުފައްދާފައިވާ ޕެނެޓްރޭޓަރުން" ކަމަށް ހަނގުރާމައިގެ މޮނިޓަރުން ބުނެފި.

11:33

އިސްރާއީލުން އެ ސަރަހައްދުގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވޖ މީހުން ދަނީ ދީރް އަލް ބާލާހްގެ އަލް އަޤްސާ ޝަހީދުސް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން.

11:25

11:24

ޣައްޒާގެ މުޒާހަރާގެ ބައިވެރިންނާއެކު ހާވަޑަގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުން "ހިނގާލުން" ފަށާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް.

 

11:22

އިސްރާއީލުގެ ޖެޓްތަކުން ޣައްޒާގެ އުތުރުގެ ބައެއް ގެތަކަށް ހަމަލާދީ ހަތް މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފި.

11:20

ފަލަސްތީނާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގިނަ ގައުމުތަކަކުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި.

11:06

ފަލަސްތީނުގެ ޣައްޒާގައި އެމެރިކާއިން އެހީ ފޯރުކޮށްދިނުމަށް އެޅި ވަގުތީ ޖެޓީ މަތީގައި އެމެރިކާ ސިފައިންގެ މީހަކަށް އަނިޔާވެ ހާލު ސީރިއަސް ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

10:35

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުގައި "ސަމާލުކަމެއް ނެތް" ހަނގުރާމައެއް ހިނގަމުންދާ ކަމަށާއި އެ ސަރަހައްދުގައި އިސްރާއީލު ސިފައިން ގެތައް ހަލާކުކޮށް، މަގުތައް ހަލާކުކޮށްލާ، ފެނާއި ކަރަންޓު ފަދަ "އަސާސީ އިންފްރާސްޓްރަކްޗާ" ނައްތާލުމަށް ގަވާއިދުން އޮޕަރޭޝަންތައް ހިންގަމުން ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރުޑަބްލިއުއޭ)ގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވިދާޅުވެއްޖެ.

10:21

ބުދަ ދުވަހު އެއްގަމާއި ކަނޑު ހުރަސްތަކުން ޣައްޒާއަށް އެތެރެވި 70 ޓްރަކްގެ ތެރެއިން 27 ޓްރަކް އައިސްފައިވަނީ ޕިއަރ މެދުވެރިކޮށް ކަމަށް އެމެރިކާގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފި.

09:36

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް އެހީގެ ސާމާނުތައް ވެއްދުން ހުއްޓުމަކަށް ގެނެސްފައިވާތީ ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ އަލް އަޤްސާ ހޮސްޕިޓަލްގެ ޑިޕާޓްމެންޓްތައް ހުއްޓުމަކަށް އަންނަން ފަށައިފި

09:14

ޣައްޒާގެ ސޮލިޑަރިޓީ ކޭމްޕްމަންޓްގައި ބައިވެރިވި 13 ދަރިވަރަކު އެކުދިންގެ ކްލާސްކުދިންނާއެކު ދަސްވެނި ނުވާނެ ކަމަށް އެ ސްކޫލުން އިއުލާނުކުރިތާ އެއް ދުވަސް ފަހުން، ގްރެޖުއޭޝަން ހަފްލާގައި ތިބި އެތައް ސަތޭކަ ދަރިވަރުންނެއް "ފްރީ، ފްރީ ފަލަސްތީން" އޭ ކިޔައި އެ ހަރަކާތުން ނުކުމެއްޖެ.

09:12

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ ހުޅަނގުން އޮންނަ ބެއިޓޫނިއާ އަވަށުގެ ގެތަކަށް ވަނުމަށްފަހު ދެ މީހަކު ހައްޔަރުކޮށްފައި ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

ވަފާއިން ރިޕޯޓް ކުރާ ގޮތުގައި އިސްރާއީލު ސިފައިން ވަނީ ކައިރީގައި އޮންނަ އަލްބީރެހް ސިޓީއަށް ވެސް ވަދެފައި.

09:09

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި އެންމެ ފަހުން ދިން ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން 20 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފި.

09:02

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރަށް އަވަހަށް އެމެރިކާގައި ބާއްވާ ކޮންގްރެސްގެ ޖޮއިންޓް ސެޝަންގައި ތަގުރީރު ކުރާނެ ކަމަށް ރިޕަބްލިކަން ހައުސްގެ ރައީސް މައިކް ޖޯންސަން ބުނެފި.

09:01

މީގެ ދެ ހަފުތާ ކުރިން އިސްރާއީލުން މިސްރާއެކު އޮންނަ ރަފާ ކްރޮސިން ހިފެހެއްޓުމާ އެކު އެ ސަރަހައްދަށް އެތެރެވާ އިންސާނީ ސާމާނު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވިދާޅުވެ ޣައްޒާއަށް އެހީގެ ހާލަތު ގޯސްވެފައިވާތީ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ)ގެ ޕްލޭނިން ޑިރެކްޓަރު ސޭމް ރޯޒް ކަންބޮޑުވުން ފާޅުކުރައްވައިފި.

09:00

ޣައްޒާގައި ބަހާފައިވާ ނުވަތަ ބެހުމުގެ މަރުހަލާގައި ހުރި ކާބޯތަކެތީގެ އަދަދަކީ 506 މެޓްރިކް ޓަނުގެ ކާބޯތަކެތި ކަމަށާއި އެއީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕިއާ ހުޅުވި ފަހުގެ އަދަދުތައް ކަމަށް ޕެންޓަގަންގެ ތަރުޖަމާނު ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ރަފަހުގެ އިރުމަތީ ތިން އަވަށެއްގައި ހަމަލާތައް ދެމުން އަންނައިރު، އިސްރާއީލުގެ ޓޭންކްތައް ރަފަހްގެ އިރުދެކުނުން ކުރިއަށް ގޮސް، އެ ސިޓީގެ އާބާދީ ބޮޑު ހުޅަނގު ޑިސްޓްރިކްޓް ކަމަށްވާ ޔަބްނާއާ ހަމައަށް ގޮސްފައިވާ ކަމަށް ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.

"ބޮން ގޮއްވާލާ އަޑު އެބަ އޮވޭ، އަސްކަރިއްޔާއިން އަރައިގަތް ސަރަހައްދުތަކުން ކަޅު ދުން އަރަމުންދާ މަންޒަރު ފެނޭ. އެއީ ވަރަށް އުނދަގޫ އެހެން ރެއެއް،" ޗެޓް އެޕްލިކޭޝަނެއް މެދުވެރިކޮށް އޭނާ ބުންޏެވެ.

ޣައްޒާގައި ހުންނަ ނޯވޭގެ ރެފިއުޖީ ކައުންސިލްގެ އިމަޖެންސީ ރެސްޕޮންސް ލީޑަރު ސުޒޭ ވެން މީގަން ވިދާޅުވީ އާންމުންގެ ގިނަ ބަޔަކު އަދިވެސް ތިބީ ރަފަހް ހަނގުރާމައިގެ ސަރަހައްދުގައި ތާށިވެފައި ކަމަށެވެ.

"ރަފާހް ސިޓީ މިހާރު އެކުލެވިގެންވަނީ މުޅިން ތަފާތު ތިން ދުނިޔެއެއް ގޮތަށް. އިރުމަތީ ސަރަހައްދަކީ އާކިޓެޕިކަލް ވޯ ޒޯނެއް، މެދުތެރެއަކީ ގޯސްޓް ޓައުންއެއް، އަދި ހުޅަނގަކީ ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ ތޮއްޖެހިފައިވާ މީހުން،" އެކަމަނާ ވިދާޅުވެފައިވެއެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތެވެ.