ޗައިނާއަށް ޒިއާއޯޔޫ ނަމަކަށް ކިޔާ ޗައިނާގައި އުމުރުން 18 އަހަރުގެ އަންހެނަކު އޭނާގެ ލޯބިވެރިޔާއާ މެދު ކަންތައް ކުރި ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނި ގޮތުގައި އޭނާ އަކީ ބޯޑްލައިން ޕާސަނަލިޓީ ޑިސްއޯޑާއެއް ހުންނަ މީހެއް ކަމަށް ޑޮކްޓަރުން ގަބޫލުކުރެއެވެ.

ޒިއާއޯޔޫގެ އަމަލުތައް ފެށުނީ ޔުނިވާސިޓީގެ ފުރަތަމަ އަހަރުގެ ތެރޭގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ލޯބިވެރިޔާއަށް ވަރަށް ބޮޑަށް ބަރޯސާވެ، އޭނާ އުޅޭ ތަނެއްގެ އަޕްޑޭޓްތައް އަބަދުވެސް ހޯދާން އޭނާ އެދެއެވެ. އަދި އެ އަމަލުގެ ސަބަބުން އެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް، ފިރިހެން މީހާއަށް އުނދަގޫވާ ވަރު ވެއެވެ.

ހާލަތު އިތުރަށް ގޯސްވީ ޒިއާއޯޔޫ އޭނާގެ ލޯބިވެރިޔާއަށް އެއް ދުވަހެއްގެ ތެރޭގައި 100 އަށް ވުރެ ގިނަ ފަހަރު ގުޅައި، އޭނާ ޖަވާބެއް ނުދިން ހިސާބުންނެވެ. އެކަމާ ދެރަވެގެން އޭނާ ގޭތެރޭގެ އެއްޗެހިތަކަށް ގެއްލުން ދިންއިިރު، އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް ބިރުން ލޯބިވެރިޔާ ފުލުހުންނަށް ގުޅިއެވެ.

އޮފިސަރުން އައީ ޒިއާއޯޔޫ ބެލްކަނީން ފުންމާލާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިއުމުން ބޯޑަލައިން ޕާސަނަލިޓީ ޑިސްއޯޑާ ޖެހިފައިވާ ކަން އެނގުނެވެ.

ޒިއާއޯޔޫއަށް ފަރުވާ ދިން ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑޫ ނާ ވިދާޅުވީ ބޯޑަލައިން ޕާސަނަލިޓީ ޑިސްއޯޑާ އަކީ ބައެއް ފަހަރު އެންޒައިޓީ، ޑިޕްރެޝަން އަދި ބައިޕޯލާ ޑިސްއޯޑާ ފަދަ އެހެން ހާލަތްތަކާ ގުޅިގެން ދިމާވެދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ހާލަތްތަކަކީ ކުޑައިރު ދިމާވެފައިވާ ހާލަތްތަކާއި ގުޅޭ ކަަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝަފަަޤު

    މަށަށްވެސް ކުރިން ހުންނަނީ ތިބަލި ތޯއްޗެ ޖެހިފަ. ޙަހަހަ އެކަމު މިހާރު އޯކޭ ކޮންމެ ގޮތެއްވިޔަސް ވެފަ ހުންނަނީ. އެެެއީ ކޮންކަހަލަ ކަން ކަމެއްތަ އަނެއްކާ؟

    10
    1