ނަފްސާނީ ހާލަތު ދެނެގަތުމަށް އެތައް ސަތޭކަ އުކުޅަކާއި، ގޭމް ފަދަ އެއްޗެހި ބޭނުންކޮށްގެން މީހުންގެ ނަފްސާނީ ހާލަތު ވަޒަން ކުރެއެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެއްތޯ ބަލާނީ ކިހިނެތްތޯ މިއީ އުފެދިދާނެ ސުވާލެކެވެ. އެންމެ ގިނައިން ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުންގެ ފެންނަ ސިފަތަކަކީ ކޮބާތޯ ހިތަށް އަަރާފާނެއެވެ.

ސޯޝަލް ސައިކޮލޮޖީ އާއި މީހުންގެ ނަފްސާނީ ދުޅަހެޔޮކަމާއި މެދު ކެލިފޯނިއާގައި ކުރި ދިރާސާއަކުން ދައްކާގޮތުން ނަފްސާނީ ދުޅަހެޔޮކަން ހުންނަ މީހުންގެ ކިބައިން ފެންނަ ސިފަތަކެއް ހުރެެއެވެ. ރީސާޗަރ ބްލެއިއޮޑޯން ވަނީ 137 އާއްމުންނާއި ތަޖުރިބާކަރުންނާއިއެކު ނަފްސާނީ ދުޅަހެޔޮކަން ހުންނަ މީހުންގެ ކިބައިން ފެންނަ 30 ސިފައެއް ދިރާސާކޮށްފައެވެ.

އެފަދަ މީހުންގެ ފަރާތުން ފެންނަ ނިޝާންތަކުގެ ތެރޭގައި، ފައްސި ވިސްނުން ހުރުން، ކަންކަމާއި ވިސްނާގޮތް ރަނގަޅުވުން، އެހެން މީހުންގެންގެ އިހުސާސްތައް އެނގުން، ސީދާ ސުވާލުކުރުމާއި ސުވާލަށް ރަނގަޅަށް ޖަވާބު ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ހުންނަ މީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރެވެ. އަދި އަމިއްލަ އިހުސާސްތައް ދަތިކަމަކާއި ނުލާ ބޭރުކޮށްލުމުގެ ފުރުސަތު އެ މީހުންނަށް ފަހިވެއެވެ. ސަބަބަކީ މީހުން ރުއްސަން އަމިއްލަ ނަފްސު ދަށްކޮށްލައިގެން އުޅުމުގެ ވިސްނުމެއް އެފަދަ މީހުންގެ ނުހުންނާނެއެވެ.

އަދި ތޮބީއީގޮތުން ކުރެވޭ އިހުސާސްތައް ހިފެހެއްޓުމުގެ ކުޅަދާނަކަން އެ މީހުންގެ ކިބައިގައި ވަރަށް ބޮޑަށް ހުންނަކަން ފާހަގަކުރެވެއެވެ. މިގެ އިތުރުން މީހުންނައި މުއާމަލާތުކުރުމުގައި ފަސޭހަވުމާއި، ތިމާއަށް ކުރެވޭ އިހުސާސްތަކަކީ ކޮން ސަބަބަކާއި ހުރެ ކުރެވޭކަންކަން ކަަން ދެނެގަންނަން ފަސޭހަވާނެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ހުންނަ މީހުންގެ ފުށުން ފެންނަ އަނެއް ސިފައަކީ އެހެން މީހުންނާއި މެދު ހަމްދަރުދުވުމެވެ. ރުންކުރު އެހެން މީހުންގެ އިހުސަސްތައް ނުދަންނަ، އަމިއްލަ އެދުން ބޮޑު މީހުންނަކީ ނަފްސާނީ ދުޅަހެޔޮކަން ހުންނަ ބައެއް ނޫން ކަމަށް ވެސް އެދިރާސައިން ދައްކައެވެ.