ނިދީގައި ހަޅޭލެވުމާއި ފައި އުކުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވޭ ކަމެކެވެ. މިއީ އެކަންކަމާމެދު މާ ބޮޑަށް ސަމާލުކަން ދޭ ކަންކަމެއްވެސް ނޫނެވެ. އަދި އެއީ މައްސަލައެއްގެ ގޮތުގައިވެސް ބަލާ ކަމެއް ނޫނެވެ.

އެހެންނަމަވެސް، ކަމުގެ ތަޖުރިބާކާރުން ދަނީ މިކަމާ ގުޅިގެން އެތައް ދިރާސާތަކެއް ކުރަމުންނެވެ. އެގޮތުން، ވަރަށް ފަހުން ސައިންސްވެރިންނާއި ތަޖުރިބާކާރުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ނިދީގައި މިފަދައިން ކަންކަން ކުރެވޭ އެއް ސަބަބަކީ ޕޯސްޓް ޓްރޯމަޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ އެންޒައިޓީގެ ސަބަބުންނެވެ.

"އެމެރިކަން އެކެޑަމީ އޮފް ނިއުރޯލޮޖީ" އިން ޖާނަލް އެއްގައި އާއްމު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި މިކަން އާއްމުކޮށްފައިވާއިރު މިކަމަށް މަގުފަހި ކުރުވާ ސަބަބުތައްވެސް އާއްމުކޮށްފައިވެއެވެ.

ނިދީގައި ކުރެވޭ މިފަދަ ކަންކަމަށް މަގުފަހިކުރުވާ ސަބަބުތަކުގެ ތެރޭގައި ގޭތެރޭގެ ކަންކަން ހުންނަ ގޮތާއި، ޒާތީ ކަންކަން އަދި މަސައްކަތުގެ މާހައުލުގައި ކަންކަން ހުންނަ ގޮތްވެސް ހިމެނެއެވެ.

ދިރާސާގައި ބަޔާން ކޮށްފައިވާ ގޮތުން ނިދީގައި ހަޅޭލެވުމަށާއި ފައި އުކުމަށް އެންމެ ބޮޑަށް މަގުފަހިވާ ސްޓްރެސް އާއި އެންޒައިޓީ ކުރިމަތިވަނީ އެފަދަ ހުރިހާ ކަމެއްގެ ތެރެއިންވެސް މަސައްކަތުގެ މާހައުލުގައި ކަންކަން ހުންނަ ގޮތުގެ ސަބަބުންނެވެ.

މި ނޫނަސް އެހެން ކަމެއްގެ ސަބަބުންވެސް ނިދީގައި ހަޅޭލެވުމަށް ނުވަތަ ފައި އުކުމަށް މަގުފަހިވެދާނެއެވެ.

ދިރާސާ ކުރުމުގައި ބައިވެރިވި ސައިންސްވެރިންގެ ލަފަ އަކީ އެފަދަ ކަންކަން ނިދީގައި ކުރެވޭނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމެވެ. އެއީ ނަފްސާނީ މައްސަލައެއް ދިގު މުއްދަތެއްގައި ތަޖުރިބާ ކުރަން ޖެހުމަކީ ހާލަތު ގޯސްވެ ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    ބިރުގަންނަ ހުވަފެން ފެންނާތީ

  2. އަހަންމަދު

    ޝަހާދަތް ނުކިޔާ ނިދާތީ ވާކަމެއް.

  3. ހުސޭނުބޭ

    ކެކެކެ! މެސީ ކަޓުވާލާފައި އެޖެހީ ލަނޑެއް!

    1
    3
  4. Anonymous

    ނިދީގައި ހަޅޭއްލަވާ އިރު ދަތްވެސް ކޭރުވޭ.
    މިގޮތަށް ދިމާވީމަ ގޭގައި އުޅުނު ކުއްޖަކަށް. ފަހުން ޑައިގްނޯސްވީ ީީސިޒޮފްރޭނިއާ ކިޔާ ބައްޔަށް. މިހާރު އެބަލީގެ ބޭސްކައިގެން އުޅެވެނީ