ބޭނުންވާ ތަކެތި

2 އާފަލު
2 ޖޯޑު ކިރު
ކުޑަ ފޮނިތޮށި ކޮޅެއް (މުގުރާފައި)
ހަކުރު (ރަހަލާވަރަށް)
12 އަލްމަންޑް ނޫނީ ކެޝޫނަޓް

ތައްޔާރު ކުރާނެގޮތް

އާފަލުތައް މަށާލުމަށްފަހު ކުދިކޮށް ކޮށާ ބްލެންޑަރަށް އަޅާލާށެވެ. އެއްޖޯޑު ކުރު، ހަކުރު އަދި ނަޓްކޮޅުތައް އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އާފަލުތައް ހިމުންވަންދެން ގިރާލުމަށްފަހު ބާކީ ހުރި ކިރު ފޮދުވެސް އެއްކޮށްލައިގެން ގިރާލާށެވެ. ތައްޓަށް އެޅުމަށްފަހު މައްޗަށް ފޮނިތޮށު ކުނޑިކޮޅެއް ބުރުވާލާށެވެ.