އިންނާނެ މީހާކު ނުވާނެ ކަމަށް ހީކޮށްގެން ހުއްޓާ އޮންލައިން ޑޭޓިން އެޕްލިކޭޝަނަކުން އުންމީދު ކުރި ކަހަލަ ހަޔާތުގެ ބައިވެރިޔަކު ހޯދި ކަން އަންހެނަކު އިއުލާންކޮށްފިއެވެ.

އެމެރިކާގައި ސްޓޭޓެއްގައި އެކައުންޓިން ޑައިރެކްޓަރަކަށް މަސައްކަތް ކުރާ ޓިފަނީ ޓެއިލާ ހީކޮށްގެން ހުރީ އޭނާގެ ހަންގަނޑަށް ވެފައިވާ ގޮތުގެ ސަބަބުން ދުވަހަކުވެސް ހަޔާތުގެ ބައިވެރިއަކު ނުލިބޭނެ ކަމަށެވެ. އުމުރުން އެންމެ 14 އަހަރުގައި ޓިފަނީގެ ގައިން ފާހަގަ ވާން ފެށި މި ހާލަތަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.

ހަމުގެ ބައްޔެއް ކަމަށްވާ ވިޓިކްގޯގެ ސަބަބުން ޓިފަނީ ހާސްވެ ކަންބޮޑުވެ ހަމުގެ ކުލަ ފޮރުވަން މޭކަޕް ވެސް ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފޮޓޯ: ގޫގުލް

ރައްޓެހިންނާއި އެހެން އެންމެންނަށް ލަދުން ހަމުގެ ކުލަ ފޮރުވައިގެން ހުރި ޓިފަނީގެ ހަޔާތަށް އުފާވެރި ކުލައެއް ޖެހުނީ ލިބުނު ހިތްވަރާ އެކީގައެވެ.

އުމުރު ދުވަހަށް މޭކަޕުން ފޮރުވައިގެން ހުރި ހަމުގެ އަސްލު ކުލަ ޓިފަނީ ފާޅުކޮށް ފޮޓޯތައަށް މީސްމީޑިއާއަށް ލުމުގެ ނަތީޖާ އަށް ވީ މީހުންގެ ލޯތްބާއި ތައުރީފު ލިބިގެން ދިޔަކަމުގެ އަސްލަށެވެ. މީހުން އޭނާ ތަފާތު ނުކުރާ ކަމަށާއި އޭނާ އާއި ދޭތެރޭ ތަފާތު ނަޒަރަކުން ނުބަލާ ކަމަށް ޓިފަނީ އަށް ވިސްނުނެވެ.

އަދި ޓިފަނީ ގެ ހަޔާތަށް ދުވަހަކުވެސް އުންމީދު ނުކުރާ ކަހަލަ ބައިވެރިޔެއް ލިބިގެން ދިޔައެވެ. ރެންޑޯލްފް ޖެކުއިސް އާއި ޓިފަނީ ފުރަތަމަ ބައްދަލުވީ 2018 ވަނަ އަހަރުގައި ޑޭޓިން އެޕްލިކޭޝަކުންނެވެ. ހަމުގެ ކުލަ ތަފާތުކަމުގައި ވިޔަސް ލޯތްބަކީ ކުލައަކަށް ބަލައިގެން ވާ އެއްޗެއް ނޫންކަން ހާމަވީ އެހިސާބުންނެވެ.

ރެންޑޯލްފް އާއި ޓިފަނީ ލޯބީގެ ގޮތުން ގުޅި އަހަރެއް ފަހުން ކައިވެނި ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު