ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުރި ބިލް ގޭޓްސްއަށް ވުރެ ބިލިއަނަރު އެލޮން މަސްކްގެ މުއްސަނދިކަން އިތުރު ވެއްޖެއެވެ.

ދާދިފަހުން މާކް ޒުކަބާކްގެ މައްޗަށް މުއްސަނދިންގެ ރޭހުގައި ކުރި ހޯދި އެލޮން މަސްކް ބިލް ގޭޓްސްގެ މައްޗަށް ކުރި ހޯދުމާއިއެކު އޭނާ ވެފައި ވަނީ މިހާރު ދުނިޔޭގައި ހުރި ދެވަނަ އަށް އެންމެ މުއްސަނދި މީހާއަށެވެ. ބުލޫމްބާގް އިންޑެކްސް ބުނާ ގޮތުގައި އެމެޒަންގެ ވެރިޔާ ޖެފް ބެޒޮސް ފިޔަވައި މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހަކީ އެލޮން މަކްސް ކަމަށެވެ.

އެލޮން މަސްކްގެ މުއްސަނދިކަން އިތުރުވެފައި ވަނީ އޭނާގެ ކާރު ކުންފުނި ޓެސްލާގެ ހިއްސާގެ އަގުތައް ހިއްސާގެ ބާޒާރުގައި ވަރަށް ބޮޑަށް މައްޗަށް ދިއުމުންނެވެ. އުމުރުން 49 އަހަރުގެ ބިލިއަނަރު އެލޮން މަސްކްގެ މިލްކިއްޔާތައް 7.2 ބިލިއަން ޑޮލަރު އިތުރުވެ، އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު މިހާރު ވަނީ 127.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.

ދެކުނު އެފްރިކާއަށް އުފަން ނަމަވެސް އެމެރިކާގައި ދިރިއުޅޭ އެލޮން މަސްކްގެ ޓެސްލާ ކުންފުނީގެ އަގުތައް ހިއްސާގެ ބާޒާރުގައި އުފުލެމުން ދާއިރު އޭނާގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސްގެ ފައިދާ ވެސް މިހާރު ދަނީ "ރޮކެޓް ސްޕީޑްގައި" އިތުރުވަމުންނެވެ.

ބިލް ގޭޓްސްގެ މުއްސަނދިންގެ ލިސްޓްގެ ދެވަނަ އަށް ގޮސްފައި ވާއިރު ބިލް ގޭޓްސް އަކީ މިހާރު އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާގެ ކުންފުނި މައިކްރޯސޮފްޓްގެ ހިންގުމުގެ އެންމެ އިސް ބޭފުޅާގެ މަގާމުން ބިލް ގޭޓްސް އިސްތިއުފާ ދެއްވިތާ ވެސް މިހާރު އަހަރުތަކެއް ވެއްޖެއެވެ. ބިލް ގޭޓްސް މިހާރު ހައިރާތުގެ ގޮތުގައި ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެރެން ބަފެޓް

    ކޮންގްރެޓްސް 👏👏👏 ޖެފް ބަލިކޮށްގެން 1ވަނަ ލިބޭތޯ މަސައްކަތްކުރާތި. ގްޑުލަކް އިލޮން....

    10
    1
    • އިލޮން

      އޯކޭ ބްރޯ. ތޭންކްސް

  2. ބަފެޓް ގެ ބުފޭ

    ކިހާ ވަރެއް ޑޮނޭޓް ކުރޭ؟ ބިލްގޭޓްސް އަކީ ވަރަށް ގިނަ އަދަދެއް ޑޮނޭޓް ކުރާމީހެއް.