އިންޑިއަން ޓެލެވިޜަން އިންޑަސްޓްރީގެ ފާހަގަ ކޮށްލެވޭ އެކްޓަރ އަޝީޝް ރޯއީ މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

އަޝީޝް މަރުވީ ކިޑްނީ ފެއިލްވުމުގެ ސަބަބުންނެވެ.

އޭނާގެ މުވައްޒަފަކު ބުނެފައިވާގޮތުން، ކިޑްނީ ފެއިލްވުމުގެ ސަބަބުން ޑައިލިސިސްގައި އޮންނަތާ އެތައް މަހެއް ވެދާނެ އެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. އަޝީޝް މަރުވެފައި ވަނީ މިއަދު ފަތިހު 3:45 ހާކަށްހާއިރު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އަޝީޝް ވަޅުލުމުގެ ކަންތައް ކުރިއަށް ދާނީ އޭނާަގެ ދައްތަ ކޮލްކަތާއިން މިއަދު އައުމުން ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

މީގެ މަސްތަކެއް ކުރިން އަޝީޝް ވަނީ ޓްވިޓާގައި އޭނާގެ ހާލަތު ބަޔާން ކޮށްދީ ފައިސާގެ އެހީއަށް ވެސް އެދިފައެވެ.

''އަހަރެން މިއޮތީ އައިސީޔޫގައި. ވަރަށް ބަލި. . ވަރަށް އަވަހަށް ޑައިލިސިސްއަށް އެންމެންގެ ފަރާތުން ފައިސާގެ އެހީ ބޭނުންވޭ'' އަޝީޝްގެ ޓްވީޓުގައި ބުނެފައިވެއެވެ.

އަޝީޝްގެ މި ޓްވިޓާއަށް އިޖާބަދީ އޭނާއަށް ފައިސާގެ އެހީ ފޯރުކޮށްދިނީ ހަންސަލް މެހެތާއެވެ. ހަންސަލް ވަނީ އިންޑަސްޓްރީގެ އެސޯސިއޭޝަންތަކަށް ވެސް އަޝީޝްއަށް އެހީވުމަށް ގޮވައިލާފައެވެ.

ފައިސާގެ އެހީތެރިކަމަށް އެދެމުން އަޝީޝް ނޫސްވެރިއަކާއި ވާހަކަދައްކައި ބުނެފައިވަނީ އޭނާގެ އަތުގައި އޮތީ 2 ލައްކަ ރުޕީސް ކަމަށާއި ދެ ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގެ ބިލު ދެ ލައްކައަށްވުރެ ބޮޑުވެފައިވާ ކަމަށެވެ. ދެ ލައްކަ ރުފިޔާ ހޮސްޕިޓަލަށް ދެއްކުމުން ބާކީ ނުދެއްކި 90،000 ރުޕީސް އޮތް ކަމަށެވެ. ގިނަ ފަރާތްތަކަކުން ގުޅައި ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް ވެސް އަޝީޝް ބުނެފައިވެއެވެ.

އަޝީޝްގެ އިންޑަސްޓްރީގެ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ''ސަސުރާލް ސިމަރު''، ޖީނީ އޯރު ޖޫޖޫ'' ފަދަ އެތައް ޑުރާމާއެއްގައި މަސައްކަތް ކޮށްފައެެވެ.

 

ކިޔުންތެރިންގެ ހިޔާލު