ދެމަފިރިއަކު ކައިވެނި ކުރާނީ ވަރަށް ފޮނި އުންމީދުގައިކަން ޔަގީނެވެ. އަދި ކޮންމެ ދެމަފިރިއަކުވެސް ކައިވެންޏަކާ ހިސާބަށް ދާނީ އެކުގައި މުޅި ދިރިއުޅުން ހޭދަކުރުމުގެ އުންމީދާ އެކުގައިކަން ޔަގީނެވެ. ނަމަވެސް މިއީ ހުރިހާ ފަހަރަކު ލިބޭނެ ނަސީބެއް ނޫނެވެ. ވަރަށް ގިނަ ފަހަރު ދެމަފިރިންގެ ގުޅުން ހީނަރުވެ ކައިވެނި ރޫޅިގެން ދަނީ ދެމަފިރިން ބާއްވަން ޖެހޭ ގުޅުމާއި ގާތްކަން ނެތުމުނެވެ.

ދެމަފިރިންގެ ގުޅުން ރަނގަޅަށް ދެމެހެއްޓުމަށް ދެމަފިރިން ވެސް އެކަކު އަނެކަކާ އެކު ވަގުތު ހޭދަ ކުރުމާއި، ދެމަފިރިން އެކުގައި އާ ކަންކަން ތަޖުރިބާ ކުރުމަކީ ގުޅުން ފޮނިކޮށް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. އެކުގައި ފިލްމު ބެލުމަކީ ގުޅުން ބަދަހިކޮށްލަން ވަރަށް ރަނގަޅު ކަމެކެވެ.

ޚާއްސަކޮށް ކައިވެނީގެ ކުރީކޮޅު އަނބި މީހާ ނޫނީ ފިރި މީހާ އެހާ ރަނގަޅަށް ނޭނގޭ އިރު ފިލްމެއް ބަލަން ބުނުމުން އެ މީހަކަށް ކަމުދާ ފިލްމުތައް އެނގުމުން އެ މީހަކާއި މެދު ވަރަށް ގިނަ ކަންކަން އެނގޭނެއެވެ. މިސާލަކަށް އެ މީހަކު ލޯބި ކުރަނީ ބިރުވެރި ފިލްމަށް ނަމަ އެ މީހަކީ، ޖެހިލުން ކުޑަ މީހަކަށް ވުން ގާތެވެ.

އަދި އެ މީހަކީ ލޯބީގެ ފިލްމުތަކަށް ވަަރަށް ލޯބި ކުރާ މީހެއް ނަމަ ކުދި ކުދި ސަޕްރައިޒް ތަކާއި މަލާއި، ޗޮކްލެޓް ފަދަ ހަދިޔާތަކަށް އެ މީހަކު ލޯބި ކުރުން ގާތެވެ. އަދި އެކްޝަން ފިލްމުތަކަށް ލޯބި ކުރާ ނަމަ އެ މީހަކީ އާ ކަންކަމަށް ލޯބިކުރާ މީހަކަށް ވުން ގާތެވެ.

އަދި ފިލްމު ބަލާއިރު އެހާ ބޮޑަށް ވާހަކަ ނުދައްކާ ނަމަ ކަމަކާއި ވިސްނާ ނަމަ އެ މީހަކަށް މުއާމަލާތު ކުރަން އުނދަގޫވާނެއެވެ. އެއީ އެ މީހުންގެ ކޮންސެންޓްރޭޝަންގެ މިންވަރު ދަށް ވުމުންނެވެ.

އެކުގައި ފިލްމު ބަލާ އިރު އަދި ވިސްނަން ޖެހޭ އެއްކަންތައް އެބައޮތެވެ. އެއީ ފިލްމުގައި ހިނގާ ކަންކަމާއި މެދު އޭނާ ދައްކާ ވާހަކައެވެ. މިސާލަކަށް ފިލްމުގައި މީހަކު ބޭވަފާތެރިވުމުން އެއީ މާ ބޮޑު މައްސަލައެއް ކަމަށް ނުދެކޭ މީހަކު ނަމަ ބެވަފާތެރިވުން ގާތެވެ. ފިލްމުން ފެންނަ ކަންކަމާ މެދު ވިސްނާ ގޮތް އެނގުމުން އެ މީހެއްގެ ފިކުރު ހުންނަ ގޮސް ސާފުވެއެވެ.

ކިޔުންތެރިންގެ ހިޔާލު