ރޯމޭނިއާގެ ސިޓީއަކުން، މީގެ ކުރިން އެމެރިކާގެ އުޓާހްގެ ހަނަފަސް ސަހަރާއަކުން ފެނިގެން ދިޔަ ކަހަލަ ދަނގަނޑުގަޑެއް ފެނިއްެޖެ އެވެ.

މިހާރު ރޯމޭނިއާއިން ފެނުނު ކުރިން ފެނުނު ވައްތަރުގެ ދަގަނޑުގަނޑުގެ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ދަގަނޑުގަނޑު ފެނިފައި ވަނީ ރޯމޭނިއާގެ ސިޓީއެއް ކަމަށްވާ ޕިއަޓްރާ ނިއަމްޓުގެ ބަޓްކާ ޑޮއެމްނެއި ފަރުބަދަ މަތިންނެވެ.

ހަތަރު މީޓަރަށް އުސްކޮށް ހުރި އެ ދަގަނޑުގަނޑު ރޯމޭނިއާ އިން ފެނިގެން އޭގެ ފޮޓޯ އެ ގައުމުގެ ނޫސްތަކުން ހިއްސާކޮށްފައި ވެއެވެ. އަދި ދަ ޖާނަލް އެފްއެމް ރޭޑިއޯ ސްޓޭޝަންގެ ޓީމަކުން ވަނީ އެއީ ކޮން އެއްޗެއްކަން ބަލައި ތަހުގީގު ކުރުމަށް އެ ސަރަހައްދަށް ގޮސްފައެވެ.

"އަޅުގަނޑުމެންނަށް ވަނީ އެ މެޓަލިކް ސްޓްރަކްޗާ ފެނިފައި. މިއީ އަޅުގަނޑުމެންނަށް ލިބުނު ހައިރާންކަމެއ. އޭގެ ކޮންމެ ފަޅިއެއްގައި ސްޕައިރަލް ޑިޒައިން ހުރި". އއެ މީހުންގެ ވެބްސައިޓްގައި ލިޔއެފައި ވެއއވެ.

އެ ފަރުބަދައިގެ މައްޗަށް ގޮސް އޭތީގެ ވީޑިއޯ ނެގި މީހެއްގެ ވީޑިއޯ އެ ގައުމުގެ ނޫހަކުން ހިއްސާކޮށްފައި ވެއެވެ. އެ ވީޑިއޯގައި އެ މީހާ ބުނެފައި ވަނީ އެ ދަގަނޑުގަނޑަކީ މީހަކު އެތާ ބަހައްޓާފައިވާ އެއްޗެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރިހާކުރުކުޑޭ

  މިފަހަރު ތިތާކަ އިރީގަ ކެމެރާހަރުކުރަންވީނު

  22
 2. ހުސޭނުބޭ

  ބިންމަތި ބަލާލުމުން އެބައެނގޭ ބަޔަކު ގުދުބިދޭދެން މަސައްކަތްކޮށްގެން ވަޅުލާފައި ހުރި އެއްޗެއްކަން!

  28
 3. އައްޑޫ

  ތަންދޮރު ނޭނގޭ ނޫސްވެރިންގެ ހާލަތު